ދެކުނު އެފްރިކާއިން ރަޝިޔާއާއި ޗައިނާއާއިއެކު އަސްކަރީ ތަމްރީނު

Facebook
Twitter
WhatsApp
1636717A-8F76-4380-84E6-0C65AF0EE458


ދެކުނު އެފްރިކާއިން ހަނދުބަލާމަހުގެ ތެރޭގައި ރަޝިޔާއާއި ޗައިނާއާއިއެކު އެ ގައުމުގެ އިރުމަތީ ކަނޑުގެ ސަރަޙައްދުގައި އަސްކަރީ ތަމްރީނުތަކެއް ހިންގަން ނިންމައިފިއެވެ. މިއީ ދެކުނު އެފްރިކާއާއެކު ބައިނަލް އަގްވާމީ ބޮޑެތި ވިޔަފާރިތައް ކުރަމުން ގެންދާ ބައެއް ގައުމުތަކުން ބަލަން ބޭނުންވާނެ މަންޒަރެއް ނޫނެވެ. ދެކުނު އެފްރިކާގެ އެންމެބޮޑު އިދިކޮޅު ސިޔާސީ ޕާރޓީންވެސް ވަނީ މި އަސްކަރީ ތަމްރީނުތައް ބޭއްވުމުގެ ހިކުމަތަކީ ކޮބައިތޯ ސުވާލު އުފައްދާފައެވެ.

އެ ޕާރޓީން ދެކޭގޮތުގައި މިކަމުން ދޭހަކޮށްދެނީ ދެކުނު އެފްރިކާއިން ގެންގުޅޭ ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތު ބަދަލު ވަމުންދާ ކަމުގައެވެ.އިދިކޮޅު ޑިމޮކްރެޓިކް އެލަޔަންސުގެ ހިޔަނި ދިފާޢީ ވަޒީރު ކޯބަސް މަރައިސް ވިދާޅުވަނީ މި ތަމްރީނު ތަކުގެ ސަބަބުން ހުޅަނގުގެ މުހިންމު ވިޔަފާރި ބައިވެރިން ތަކަކާއިއެކު އޮންނަ ގުޅުން ގޯސްވެގެންދާނެކަމަށެވެ. އަދި މިއީ ކަނޑައެޅިގެން ރަޝިޔާގެ ފައިދާއަށް ކުރެވޭ ވަރަށް ނުރަނގަޅު ނިންމުމެއްކަމަށާއި އަދި ފަހުން ހިތާމަކުރަންވެސް ޖެހޭނެކަމަށެވެ.

ކޯބަސް މަރައިސް ވެސް އެއްބަސްވެ ވަޑާއިގަންނަވާގޮތުގައި އެފްރިކާގެ ގައުމުތަކަށް މިނިވަންކަން ހޯދާ ދިނުމުގައި އަދި ޚާއްސަކޮށް ދެކުނު އެފްރިކާއަށް މިނިވަންކަން ހޯދާދިނުމަށް ރަޝިޔާއިންކުރި މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރަން ޖެހެއެވެ. އަދި ބްރިކްސްގެ މެމްބަރުކަންވެސް ފާހަގަކުރަންޖެހެއެވެ.                                       

އޮޕަރޭޝަން މޯސީގެ ނަންދެވިފައިވާ މި އަސްކަރީ ތަމްރީނުތަކަށް މިހާރު އޮތީ ތާރީޚުވެސް ކަނޑައެޅިފައެވެ. އެއީ ފެބްރުއަރީ މަހުގެ 17 އިން  26 އަށެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތް މައްސަލާގައި ދެކުނު އެފްރިކާއިން ރަޝިޔާ ކުށްވެރި ނުކުރުމާއި އަދި ރަޝިޔާއާއި ދެކޮޅަށް ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަމުންގެންދާއިރު ރަޝިޔާގެ ބޯޓުފަހަރު ދެކުނު އެފްރިކާ ބަނދަރުތަކަށް ވަނުން މަނާ ނުކުރާތީވެ  މިހާރުވެސް ހުޅަނގުގެ ގައުމުތަކާއެކު ގުޅުންއޮތީ ވަރަށް ގޯސްވެފައެވެ.

އެމެރިކާއާއި ޖަޕާނާއި ޖަރުމަނާއި އަދި އިނގިރޭސި ވިލާތަކީ ދެކުނު އެފްރިކާ އެންމެ ބޮޑެތި ވިޔަފާއި ޕާރޓްނަރުންނެވެ. ވިޔަފާރީގެ ބައިވެރިންގެ އެންމެ ބޮޑެތި 15 ގައުމުގެ ތެރޭގައިވެސް ރަޝިޔާ ނުހިމެނެއެވެ.                                                

މި ތަމްރީނުތަކާބެހޭގޮތުން ދެކުނު އެފްރިކާގެ ދިފާއީ ވުޒާރާގެ މިހާތަނަކަށް ނުލިބޭ ކަމަށް ބްލޫމްބާރގުން ބުނެފައިވެއެވެ.   

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް