ކުޑައިރުއްސުރެ އެކުގައި އުޅުނު އެންމެގާތް އެކުވެރިޔާއަށް ބޮޑުތަނުން ޚިޔާނާތެރިވި މީހަކު ވެރިކަމަށް ގެންނަން އުޅުމަކީ އަމިއްލައަށް ދަންޖެހުން 

ގ.ކެނެރީގޭ މުޙައްމަދު ނަޝީދުގެ އެންމެގާތް ކުޑައިރުއްސެ އެކުގައި އުޅުއްވި ރަޙުމަތްތެރިޔާ ޅ.ހިންނަވަރު އިބްރާހިމް މުޙައްމަދު ޞާލިޙަކީ މަކަރާއިޙީލަތުންފުރިގެންވާ އަނިޔާވެރިއެކޭ ދެންނެވިދާނެއެވެ. އިބްރާހިމް މުޙައްމަދު ޞާލިހުގެ އަނބިކަބަލުން ނަކީ މުޙައްމަދު ނަޝީދުގެ ދެބެންގެ ދެދަރި ސިއްކަ ފަޒުނާއެވެ. އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) އަކީ މުޙައްމަދު ނަޝީދު (އަންނި) ގެ ޖިގްރީދޯސްތުއެވެ. ސިޔާސީ ދާއިރާއަށް ލޯހުޅުވާލަ ދެއްވި އެންމެ އިތުބާރުކުރި އިންސާނާއެވެ. އެއްތަށިން ކައި ބޮއި އުޅުނު ޅިޔަނުވެސް މެއެވެ. އެހެނަމަވެސް ވެރިކަމުގެ ލައްޒަތާއި ޖާހަތުގެ ދަހިވެތި ކަމުގައި ރައީސް އިބޫ އެވަނީ ކާންދިން އަތުގައި ދަތް އަޅާ އެމީހާގެ ކަރަށް ފައިންވެސް […]

އުފަންވާއިރު ބަރުދަން ލުއިވާ ސަބަބުތަކާއި އެކަމުގެ ގެއްލުން

އުފަންވާއިރު ބަރުދަން ލުއިވުން މާނަކުރެވެނީ އުފަންވާއިރު ބަރުދަން 2.5 ކިލޯގްރާމް އަށްވުރެ ލުއިވުމަށެވެ. އާންމު ގޮތެއްގައި ތުއްތު ކުއްޖަކު އުފަންވާއިރު ބަރުދަނުގައި އެވްރެޖްކޮށް 3.5 ކިލޯ ވަރު ހުންނާނެ އެވެ. ނަމަވެސް އުފަންވާއިރު ބަރުދަން ލުއިވުމަކީ ސިއްޙީ މައްސަލަތަކެއް އެ ކުއްޖަކަށް ކުރިމަތިކުރުވަފާނެ ކަމެކެވެ. އުފަންވާއިރު ބަރުދަން ލުއިވުމުގެ މައިގަނޑު ސަބަބަކީ ދުވަސްނުފުރާ އުފަންވުމެވެ. ދުވަސް ނުފުރާ އުފަންވާ ކުދިން ރަހިމުގައި ހޭދަކުރާ މުއްދަތު ނިސްބަތުން ކުޑަވާނެއެވެ. އާންމު ގޮތެއްގައި ކުއްޖާގެ ބަރުދަނުގެ ބޮޑުބައެއް އިތުރުވެގެން އަންނަނީ މާބަނޑު […]

އެމެރިކާމީހުން ދީނާ ދުރުވެ ފައްޅިތައް ބަންދުކުރަން ޖެހެނީ

އެމެރިކާގެ ސިޔާސީ މަސްރަޙުގައި ނަސާރާދީން މުހިންމު ދައުރެއް ކުޅެމުން ގެންދިޔަނަމަވެސް  ގައުމުގެ ޒުވާނުންގެ މެދުގައި ދީނުގެ އަހަންމިއްޔަތު ދަނީ ކުޑަވަމުންކަން ދިރާސާތަކުން ހާމަވެއްޖެއެވެ.                    އެމެރިކާއަށް މިއަދު ކުރިމަތިލާން ޖެހިފައިމިވަނީ ދީނެއް ގަބޫލުނުކުރާ ރައްޔިތެއް ގެންގުޅޭށެވެ. ދިރާސާތަކުން ހާމަވެގެންދާ ގޮތުން އެމެރިކާގައި ކޮންމެ އަހަރަކު އެތައް ހާސް ފައްޅިއެއް ބަންދުކުރަން އެބަޖެހެއެވެ.  ފައްޅިއަށް ދާނެ މީހަކު ނުވާތީއެވެ. ކޯވިޑް 19 ގެ ފަހުން މިއަދަދު އިތުރު ވެގެން ދާން ފަށައިފިކަމުގައި ބުނެއެވެ. 2019 ވަނަ […]

އައްޑޫ ސިޓީ ހިތަދޫން 500 ގޯތި ދޫކުރަން ނިންމައިފި

އައްޑޫސިޓީ ހިތަދޫން 500 ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް ކުރިމަތުލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އައްޑޫ ސިޓީ ކައުންސިލުން މިކަމަށް ފުރުސަތު ހުޅުވައިލީ ރޭ ވަރަށް ދަންވި ފަހުން ކުރި އިއުލާނެއްގައެވެ. އެ އިއުލާނުގައި ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫން 1500 އަކަފޫޓްގެ 500 ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް ކުރިމަތުލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. ކެޓަގަރީ A ޚާއްސަކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ އަވަށުގެ ރައްޔިތުންނަށެވެ. އެއީ 450 ގޯއްޗެވެ. ކެޓަގަރީ B ޚާއްސަކޮށްފައިވަނީ ހިތަދޫ ފިޔަވައި […]

ރަހުނަކާ ނުލައި 1.2 މިލިއަނާ ހަމައަށް ލޯނާއި ފައިނޭންސިންގ ދޫކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނަކާ ނުލައި ދޫކުރާ ލޯނާއި, ފައިނޭންސިންގ ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސްފިއެވެ. ރަހުނަކާއި ނުލައި 1.2 މިލިއަނާ ހަމަޔަށް ލިމިޓު އިތުރުކުރިކަން ބީއެމްއެލްއިން ހާމަކޮށްފައިވަނީ މިއަދުއެވެ. އެ ބޭންކުން ބުނީ މިއަދުން ފެށިގެން އަމިއްލަ އެކި ބޭނުންތަކަށް ނަގާ ލޯނުތައް އެއްކޮށްލެވި ލޯނު ދޫކުރަމުންދާނީ ’ބީއެމްއެލް ލުއި ލޯނު‘ ގެ ގޮތުގައި ކަމުގައެވެ. ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް 1.2 މިލިއަނާ ހަމަޔަށް މުދާ ގަތުމަށް ނުވަތަ ނަގުދު […]

ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ފާއިޒު އައްޔަން ކުރައްވައިފި

ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މ.މަނާގެ, ޢަލީ ފާއިޒު އައްޔަން ކުރައްވައި ފަތްކޮޅު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ފާއިޒު ޢައްޔަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވާފައިވާ ކަމަށެވެ. ފާއިޒް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ބ.އަތޮޅުގެ ޚާއްސަ މަޖިލީހުގެ މެންބަރުކަމާއި ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމު ހިމެނެއެވެ. މީގެއިތުރުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ […]

ޞާލިޙަކަށް ވެސް ނަޝީދަކަށް ވެސް ރައްޔިތުން އެދޭ ވެރިކަމެއް ނުކޮށްދެވޭނެ: އިބްރާ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިޔަސް, ރައީސް މުޙައްމަދު ނަޝީދު ވިޔަސް ރައްޔިތުން އެދޭފަދަ ވެރިކަމެއް ނުކޮށްދެވޭނެ ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިޙާއި, ރައީސް ނަޝީދު ކެމްޕޭން ކުރައްވަމުންދާއިރު ރައީސް ޞާލިޙް ވިދާޅުވަނީ ރައްޔިތުން އެދޭ ބަދަލު ގެނެސްދެވޭނީ އެމަނިކުފާނަށް އިތުރު ދައުރެއް ލިބިގެން ކަމަށެވެ. ނަޝީދު ވިދާޅުވަމުންދަނީ ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓް ލިބިއްޖެނަމަ ކަންކަން ގޯހުންގޯހަށް ދާނެ ކަމަށާއި […]

މާލޭގައި ގުރޫޕަކުން މީހެއްގެ ގަޔަށް ވަޅި ޖަހައިފި

މާލޭގައި ގުރޫޕަކުން މީހަކަށް ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު ފިލައިފިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ ޣިޔާސުއްދީން ސްކޫލު ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު 16:10 ހާއިރު ކަމަށެވެ. ފުލުހުން ވިދާޅުވި ގޮތުން މި މާރާމާރީގައި އަނިޔާވެފައިވަނީ ފިރިހެނަކަށެވެ. އަދި އައިޖީއެމްއެޗްގައި އެ މީހާއަށް ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އޭނާގެ ހާލަތު އަދި ސާފުވާ ގޮތެއް ނުވެއެވެ. ސަންދާނަށް މަޢުލޫމާތު ލިބޭ ގޮތުން ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހުން ވަޅިން […]

ޑީއާރްޕީ އުވައިލަން ނިންމި މައްސަލަ ހައިކޯޓަށް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވައިލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ އެ ޕާޓީން ހައިކޯޓަށް ހުށަހަޅައިިފިއެވެ. ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ ޢަދަދަކީ 3000 މެންބަރުންނެވެ. އެ ޢަދަދަށް މެންބަރުން ހަމަކުރުމަށް އީސީން ޑީއާރްޕީއަށް 03 މަސް ދުވަހުގެ މުއްދަތެއް ދިނީ މިދިޔަ އަހަރުގެ ޖުލައިނަހުގެ 25 ވަނަ ދުވަހުއެވެ. އެ މުއްދަތު ހަމަވީ މިދިޔަ އޮކްޓޫބަރު މަހުގެ 25 އަށެވެ. ނަމަވެސް ޤާނޫނުގައި ބުނާ ޢަދަދަށް މެންބަރުން ހަމަވެފައެއް […]

މާލެއަކީ އިންޑިއާގެ ރަށެއްކަމަށް ބުނުމުން ވެސް ދިވެހި ސަރުކާރުން “ހަނު“

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ މަހަރަޝްތުރާ އިންފޮމޭޝަން ސެންޓަރުން މާލޭގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި ހިއްސާކޮށް އެއީ އިންޑިއާގެ ރަށެއްކަމަށް ބުނެފިއެވެ. މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް މަހާ އިންފޯރ ސެންޓަރުން ކުރި ޓުވީޓެއްގައި ބުނީ ފޮޓޯއިން ފެންނަނީ މަހަރަޝްތުރާގައި އެއީ އޮންނަ ސަލްސެޓޭ އައިލެންޑް ކަމަށެވެ. އެ ޓުވީޓުގައި އިތުރަށް ބުނެފައިވަނީ އެ ރަށުގެ ކޯރުތަކާއި ފެންގަނޑުތަކާއި ފެން އާރުތައް ހުންނަ ކަމަށާއި އެ ރަށުން 109 ބުޑިސްޓު ހޮހޮޅަ ވެސް ފެންނަ ކަމަށެވެ. އަދި […]