ޑީއާރްޕީ އުވައިލަން ނިންމި މައްސަލަ ހައިކޯޓަށް

Loading

Facebook
Twitter
WhatsApp

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވައިލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ އެ ޕާޓީން ހައިކޯޓަށް ހުށަހަޅައިިފިއެވެ.

ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ ޢަދަދަކީ 3000 މެންބަރުންނެވެ.

އެ ޢަދަދަށް މެންބަރުން ހަމަކުރުމަށް އީސީން ޑީއާރްޕީއަށް 03 މަސް ދުވަހުގެ މުއްދަތެއް ދިނީ މިދިޔަ އަހަރުގެ ޖުލައިނަހުގެ 25 ވަނަ ދުވަހުއެވެ. އެ މުއްދަތު ހަމަވީ މިދިޔަ އޮކްޓޫބަރު މަހުގެ 25 އަށެވެ. ނަމަވެސް ޤާނޫނުގައި ބުނާ ޢަދަދަށް މެންބަރުން ހަމަވެފައެއް ނުވެއެވެ.

’3000 މެންބަރުން އެ ޕާޓީއަށް ހަމަވެފައި ނުވާތީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޕާޓީ އުވައިލުމަށް ކޮމިޝަނުން ވަނީ ނިންމާފައި.“ އީސީން މިދިޔަ ޑިސެމްބަރު މަހުގައި ބުންޏެވެ.

ދި ޑީއާރްޕީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވައިލުމުގެ އިޖުރާއާތު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް ލިޔުމުން އަންގާފައިވާ ކަމަށް ވެސް އީސީން އޭރު ބުންޏެވެ.

ޑީއާރްޕީ އުވައިލަން ނިންމި މައްސަލަ ހައިކޯޓަށް ހުށަހެޅީ އިއްޔެގައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނުނިންމައެވެ.

ޑީއާރްޕީ އުވައިލަން ނިންމިއިރު އެ ޕާޓީން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި އެ ޕާޓީގެ ރިޔާސީ ޓިކެޓް ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރަށް ދޭން ވެސް ފާސްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް