ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 09 ގައި

ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު 09 ވަނަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަން ކޮމިޝަނުން ހަމަޖައްސަވައިފިއެވެ. އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު 09 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި ބާއްވަން ހަމަޖައްސަވާފައިވާ ކަމަށް […]
ޞާލިޙާއި ނަޝީދު ކެމްޕޭން ކުރައްވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުން ކުރައްވައިގެން: ޝިޔާމް

އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުން ކުރައްވައިގެންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް މިރޭ ތުހުމަތު ކުރައްވައިފިއެވެ. މި މަހުގެ 28 ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން ރައީސް ނަޝީދާއި ރައީސް ޞާލިޙް މިހާރު ގެންދަވަނީ ރަށްރަށަށް ދަތުރުފުޅުތައް […]
ޔޫއެންއިން ތާލިބާނަށް އިންޒާރެއް

ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލުން އިއްޔެގް ވަގުތެއްގައި ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު އަފްޣާނިސްތާނުގެ އަންހެނުންގެ ހައްގުތައް އަނބުރައި ދިނުމަށް ތާލިބާނުންނަށް ގޮވާލައިފިއެވެ. ”އަފްޣާނިސްތާނުގެ އަންހެނުންނާ ދެކޮޅަށް ތާލިބާނުން ގާއިމްކޮށްފައިވާ ހަރުކަށި ގަވައިދުތައް މިހާރުން މިހާރަށް އުވާލުމަށް ގޮވާލަން“ ޖާޕާނުގެ ސަފީރު އިޝިކާނޭ ކިމިހިރޯ ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވުނު ބައްދަލުވުމަށް ފަހު ޔޫއެންއެސްސީގެ ފަރަތުން ރަސްމީކޮށް ވާހަކަފުޅުދައްކަވަމުންނެވެ. ޔޫއެންއެސްސީގައި ހިމެނެނީ 15 ގައުމެވެ. މިތަނުން މިކަމަށް ތާއިދުކޮށްފައިވަނީ 11 ގައުމަކުންނެވެ. 2021 ވަނަ […]
އަޅުގަނޑުގެ ސަރުކާރެއްގައި ވިލިފުށީގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކޮށްދޭނަން: ނަޝީދު

ތ.ވިލިފުށީގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވަޢުދުވެވަޑައިގެންފިއެވެ. އެ މަނިކުފާނު އެ ގޮތަށް ވަޢުދުވެވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ތ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ވިލިފުށީގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. “އަޅުގަނޑު ވެސް މިރޭ ވަޢުދެއްވާނަން. ވިލިފުށީގައި އެއާޕޯޓު ހެދުމަށް ކްރޮސް ސަބްސިޑީގެ އުސޫލުން އަޅުގަނޑުމެންގެ ސަރުކާރުގައި އިރާދަކުރެއްވިއްޔާ މަސައްކަތް ކުރިއަށް ގެންދާނަން.“ އެ މަސައްކަތް […]
އިންޑިއާއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ފައިސާގެ މުޢާމަލާތު ކުރަން ލުއިގޮތެއް

އިންޑިއާގެ ނޭޝަނަލް ޕޭމެންޓްސް ކޯޕަރޭޝަނުން އެގައުމުގެ ޔުނިފައިޑް ޕޭމެންޓް އިންޓަރފޭސްގެ ( ޔޫ. ޕީ. އައި. ) ޒަރީއާއިން 10 ގައުމެއްގެ އިންޓަރނޭޝަނަލް މޯބައިލް ފޯނު ބޭނުންކޮށްގެން އިންޑިއާއިން ބޭރުގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް އިންޑިއާއަށް ފައިސާ ފޮނުވުމާއި ވިޔަފާރީގެ މުޢާމަލާތު ހިންގޭނެގޮތް މިހާރު ތަނަވަސް ކޮށްދެވިފައިވާނެކަމަށް އިއްޔެ ހާމަކޮށްފިއެވެ. އެން. ޕީ. ސީ. އައި. ގެ ބަޔާނުގައި ބުނެފައިވަނީ މި އިންތިޒާމުތައް ހަމަޖެއްސީ އެކަމަށް އެދި ޔޫ. ޕީ. އައި، އީކޯސިސްޓަމުން އެދުމުގެ މަތިންނެވެ. އިންޑިއާއިން ބޭރުގައި ދިރިއުޅޭ އެ ގައުމުގެ ވަރަށްގިނަ ރައްޔިތުންނާއި […]
ދެން އެކުލަވައިލާ އެމްޑީޕީގެ ސަރުކާރެއްގައި އައްޑޫގެ ހިއްސާ ބޮޑުކޮށް ފެންނާނެ: ރައީސް

ރާއްޖޭގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ތާއީދު ވަަރަށް މުހިންމު ކަމަށާއި ދެން އެކުލަވައިލާ އެމްޑީޕީގެ ސަރުކާރެއްގައި އައްޑޫގެ ބޮޑު ހިއްސާއެއް އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ ހިތަދޫ އުސްގަނޑަ ބީޗުގައި ސަޕޯޓަރުންނާ މުޚާަތަބު ކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން އައްޑޫ ރައްޔިތުންނާމެދު އިހުމާލުވެފައިވާ […]
މި ސަރުކާރުން އެމްބަސީތަކުގެ ޑިޕްލޮމެޓިކް ހުރުމަތް ކަނޑާލައިފި: ދުންޔާ

މި ސަރުކާރުން އެމްބަސީތަކުގެ ޑިޕްލޮމެޓިކް ހުރުމަތް ކަނޑާލައިފައިވާކަމަށް ވިދާޅުވެ ކުރީގެ ޚާރިޖީ ވަޒީރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް ދުންޔާ މައުމޫން ފާޑުވިދާޅުވެއްޖެއެވެ. “ރައްޔިތުންގެ އުދާސް“ ގެ ނަމުގައި އެމްއެންޕީން ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ދުންޔާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން މިއަދު ވަނީ ބޭރުގެ ޤައުމަކަށް ހިލޭ އެހީއެއްގެ ގޮތުގައި ވެދުންކޮށްފައި ކަމަށެވެ. އަދި ބޭރުގެ ޤައުމެއްގެ ރުުހުން ހޯދައިގެން މެނުވީ ދިވެހި ސަރުކާރަށް ބޭރުގެ އެހެން ޤައުމަކަށް […]
މެލޭޝިޔާގެ މަރޑެކާ 118 އަށް ވަގަށްއެރި އެމެރިކާ ބަޔަކު ހައްޔަރު ކޮށްފި

ދުނިޔޭގައި ހުރި ދެވަނައަށް އެންމެ އުސް އިމާރާތް މެލޭޝިޔާގެ މަރޑެކާ 118 އަށް ވަގަށް އަރާއުޅުނު ބަޔަކު ހައްޔަރުކޮށް ދައުވާ އުފުލައިފިއެވެ. އެމީހުން އެތަނަށް އެރި މަންޒަރު އެމެރިކާގެ ސިފައިންގެ ތެރޭގައި ކުރިންއުޅުނު އަދި މިހާރު ދުނިޔޭގެ ބޮޑެތި ޝަހަރުތަކުގައި ހުރި ތަންތަން ދިރާސާކުރާ އައިސާކް ރައިޓް ކިޔާ މީހަކު ވީޑިއޯ ކޮށް އަދި އޭނާގެ ޔޫޓިއުބް ޗެނަލްއަށް މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަދުވަހު ވަނީ އަޕްލޯޑްކޮށްފައެވެ. މި ނުރައްކާތެރި ހަރާކާތް ހިންގާފައިވާ ދުވަހަކާ ބެހޭ ގޮތުން […]
ޕަންޖާބުގެ ވެރިކަން އަލުން އިމްރާން ޚާން އަށް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާނު ޚާން ގެ ސިޔާސީ ޕާރޓީއިން އަނެއްކާވެސް ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑުޕަންޖާބު އަތުލައިފިއެވެ. ބަންޖާބުގެ ޗީފް މިނިސްޓަރުގެ ގޮނޑި އިންތިޚާބުގައި ކާމިޔާބު ކުރެއްވުމުންނެވެ. ޕަރްވޭޒް އިލާހީ އެގޮނޑި ކާމިޔާބު ކުރެއްވީ 371 ގޮނޑީގެ ތެރެއިން 186 ގޮނޑި ހޯއްދަވައި ގެންނެވެ. އިތުބާރުނެތް ކަމުގެ ވޯޓު ކާމިޔާބު ނުކުރެވުމުގެ ސަބަބުންކަމަށްބުނެ 2022 ޑިސެމްބަރ 23 ވަނަދުވަހު ޕަންޖާބުގެ ގަވަރނަރު ބާލިޣުއްރަޙްމާނު ވަނީ ޗީފް މިނިސްޓަރު އިލާހީ މަގާމުން ދުރުކުރައްވައި ފައެވެ. […]
ޒުވާނުން މަސްތުވާ ތަކެތީގެ މަޅީގައި ޖެހެނީ ކީއްވެ!

ޒުވާނުން މަސްތުވާތަކެތީގެ މަޅީގައި ޖެހެނީ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެދޯހަޅި ކަމުންނެވެ. މަސްތުވާތަކެތި ބޭނުންކުރާ ގިނަ ޒުވާނުންނަކީ ނަފުސާނީ ބަލި ހުންނަ ޒުވާނުން ކަމުގައި މިވަނީ ވެފައެވެ. މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގައި ޖަލަށް ލެވޭ ޒުވާނުން މިނިވަންވެ މުޖުތަމަޢަށް ނުކުތުމަށްފަހު ވަޒީފާ ހޯދުމުގެ މަސައްކަތް ކުރަމުންދެއެވެ. އެހެނަސް ޕޮލިސް ރިޕޯޓު ހޯދަން ޖެހުމާއި އަދި އެރިޕޯޓު ލިބޭއިރު އޭގައި ލިޔެފައިވާ ގޮތަކުން އެއްވެސް ތަނަކުން ވަޒީފާއެއް ނުދެއެވެ. ކުރިންވެސް ދެންނެވިފައި ވާފަދައިން ގިނަ ޒުވާނުންގެ ކިބައިގާ ނަފުސާނީ ނިކަމެތިކަން ހުރުމާއެކު ވަޒީފާ […]