އިންޑިއާގެ ނޭޝަނަލް ޕޭމެންޓްސް ކޯޕަރޭޝަނުން އެގައުމުގެ ޔުނިފައިޑް ޕޭމެންޓް އިންޓަރފޭސްގެ ( ޔޫ. ޕީ. އައި. ) ޒަރީއާއިން 10 ގައުމެއްގެ އިންޓަރނޭޝަނަލް މޯބައިލް ފޯނު ބޭނުންކޮށްގެން އިންޑިއާއިން ބޭރުގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް އިންޑިއާއަށް ފައިސާ ފޮނުވުމާއި ވިޔަފާރީގެ މުޢާމަލާތު ހިންގޭނެގޮތް މިހާރު ތަނަވަސް ކޮށްދެވިފައިވާނެކަމަށް އިއްޔެ ހާމަކޮށްފިއެވެ.
އެން. ޕީ. ސީ. އައި. ގެ ބަޔާނުގައި ބުނެފައިވަނީ މި އިންތިޒާމުތައް ހަމަޖެއްސީ އެކަމަށް އެދި ޔޫ. ޕީ. އައި، އީކޯސިސްޓަމުން އެދުމުގެ މަތިންނެވެ. އިންޑިއާއިން ބޭރުގައި ދިރިއުޅޭ އެ ގައުމުގެ ވަރަށްގިނަ ރައްޔިތުންނާއި އަދި އެނޫނަސް ހުއްދަ ކުރެވިދާނެ ބައިނަލް އަގްވާމީ މޯބައިލް ނަންބަރުތަކުން މިނިޒާމް ގާއިމްކޮށްދޭތޯ ޔޫ. ޕީ. އައި. ގައިވަރަށް ގިނައިން އެދެމުންދާ ކަށްވެސް އެ ބަޔާނުގައި ބުނެފާ ވެއެވެ.

އަދި އެން. ޕީ. ސީ. އައި. އާއި ގުޅިފައިވާ 382 ބޭންކުން މިއަންނަ އޭޕްރިލް މަހުގެ 30 ވަނަދުވަހުގެ ކުރިން މިކަމާބެހޭ ހުރިހާ އިންތިޒާމުތައް ކަށަވަރު ކުރަން ވަނީ އަންގާ ފައެވެ.
އިންޑިއާގެ 32 މިލިއަން މީހުން އިންޑިއާއިން ބޭރުގައި މަސައްކަތްކުރެއެވެ. އަދި އެމީހުންގެ ފަރާތުން އަހަރަކު 100 ބިލިއަން އެމެރިކާޑޮލަރ ގައުމަށް ފޮނުވަމުން ގެންދެއެވެ.
2016 ވަނައަހަރު ތަޢާރުފް ކުރި ޔޫ. ޕީ. އައި. ނިޒާމަށް އިންޑިއާގައި ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. ޚާއްސަކޮށް މި ނިޒާމްގެ ބޭނުންތެރިކަން ކޯވިޑް 19 ގެ ދުވަސްވަރު ވަކިންބޮޑަށް ވަނީފާހަގަ ކުރެވިފައެވެ.
ނޭޝަނަލް ޕޭމެންޓްސް ކޯޕަރޭޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު 74 ބިލިއަން ޓްރާންސެކްޝަން މިނިޒާމުގެ ތެރެއިން ހަދާފައިވެއެވެ. މި ޓްރާންސެކްޝަން ތަކުގެ ޖުމުލަ 1.53 ޓްރިލިއަން އެމެރިކާ ޑޮލާރަށް އަރައެވެ.
ސިންގަޕޯރާއި ނޭޕާލް އަދި ބޫޓާންވެސް މިހާރު ވަނީ އިންޑިއާގެ ނޭޝަނަލް ޕޭމެންޓްސް ކޯޕަރޭޝަންއާއި ގުޅިފައެވެ.
One Response
ގައުމުގެ ރައްޔިތުންނަށް ލުއިފަސޭހަގޮތްތައް ހޯދާދިނުމަކީ ވަރަށް ރަނގަޅުކަމެކެވެ. އަޅުގަނޑުމެންގެ ވިސްނުން މިހުންނަނީ އިތުރު ޓެކްސް ނެގީމާ ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ކަމަށެވެ. މިވިސްނުމާދޭތެރޭ ވިސްނާނެ އިތުރު ކޮމިޓީއެއް ހަދަން މިހާރު ބޭނުންވެއެވެ.