މާފަރު އެއާޕޯޓުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދީފި : މިނިސްޓަރު ޝާހިދު

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަބޫދާބީ ފަންޑް ފޯ ޑިވެވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ދީފި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. ޔޫއޭއީ ގައި މިވަގުތު ހުންނެވި މިނިސްޓަރު ޝާހިދު އޭޑީއެފްޑީގެ ޑިރެކްޓަރާ ޖެނަރަލް މުހައްމަދު ސާއިފް އަލް ސުވައިދާއާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވީ މާފަރުގެ އެއާޕޯޓްގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން އޭޑީއެފްޑީގެ ފަރާތުން ދީފައިވާ ކަމަށެވެ. މާފަރުގައި އެއާޕޯޓެއް އަޅަން އެންމެ ފުރަތަމަ […]
ދެވަނަ ބޮޑުހަނގުރާމައިގެ ފުރޭތަ ފެންމަތިވެއްޖެ

ދެވަނަ ބޮޑުހަނގުރާމައިގާ ފުރޭތައިގެ ނަންދެވުނު (ދަ ގޯސްޓް) ބޯޓު ކެލިފޯނިޔާގެ ޝަސްތުރާ ކޯރުން ފެންމަތި ވުމުން ސިޔާސީ ބޭފުޅުންނަށްވެސް ޖަވާބު ދޭން ނޭންގޭ ބޮޑެތި ސުވާލު ތަކެއް އުފެދިއްޖެއެވެ. އަދި ކެލިފޯނިޔާ ސަރަޙައްދަށް މެދުވެރިވަމުންމިދާ ހަނަފަސްކަމުގައި އިތުރު ޙައިރާންކަމެއް ގެނުވައިފިއެވެ. ދެވަނަބޮޑު ހަނގުރާމައިގެ ދުވަސްވަރު ހަނގުރާމައިގެ މައިދާނުގައި ޔޫ. އެސް. އެސް. މޮންރޯވިއާއަށް ސިފައިން އުފަލަން ބޭނުންކުރި ފުރޭތައިގެ ނަމުން ނަންދެވުނު ހިގިންސް ބޯޓުގެ ދަބަރު ޖަހާފައިވާ އޮނިގަނޑު މި ދައްކާލީ އެކޯރުގެ […]
ފެން ހޮޅިއަކަށް ގެއްލުންވެ، ހިޔާގެ ބައެއް ޓަވަރުތަކުން ފެން ކެނޑިއްޖެ

ހިޔާ ފްލެޓު ސަރަހައްދުގައި މަސައްކަތް ކުރަމުން ދަނިކޮށް ފެން ހޮޅިއަކަށް ގެއްލުންވެ، ހިޔާގެ ބައެއް ޓަވަރުތަކުން ފެނުގެ ހިދުމަތް މެދުކެނޑިއްޖެއެވެ. މިއަދު ހަވީރުން ފެށިގެން ހިޔާގެ ހަތަރު ޓަވަރަކުން ވަނީ ފެނުގެ ހިދުމަތް ކެނޑިފަ އެވެ. ފެނުގެ ހިދުމަތް މެދުކެނޑިފައިވަނީ އެޗް-3، އެޗް-4، އެޗް-7 އަދި އެޗް-8 އިންނެވެ. އެމްޑަބްލިޔުއެސްސީން ބުނީ، ހިޔާގެ ބައެއް ޓަވަރުތަކުން ފެނުގެ ހިދުމަތް މެދުކެނޑުނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންއެ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް، ފެން ހޮޅިއަކަށް […]
ސީއެޗްއެސްސީން ޖާގަ ނުލިބޭ ދަރިވަރުން ޕްރައިވެޓް ސްކޫލުތަކުން ކިޔަވަން ސަރުކާރުން އެހީވަނީ

ންޓާ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ)އިން އޭ ލެވެލް ކިޔަވަން ޖާގަ ނުލިބޭ ދަރިވަރުންނަށް ޕްރައިވެޓް ސްކޫލްތަކުން ކިޔަވަން ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ފައިސާގެ އެހީވާން ނިންމައިފި އެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މާލެ ސަރަހައްދުގެ ސްކޫލުތަކުން ސާނަވީ ނިންމާ އިމްތިހާނުތައް ފުރިހަމަކޮށް ފަސް މާއްދާ ނުވަތަ އެއަށްވުރެ ގިނަ މާއްދާއިން ފާސްވެގެން މަތީ ސާނަވީ ކިޔެވުމުގެ ޝަރުތު ހަމަވާ ބައެއް ދަރިވަރުންނަށް ސީއެޗްއެސްއީން ޖާގަ ނުލިބޭ ކަމަށެވެ. އެހެންވެ، ސީއެޗްއެސްއީން ޖާގަ ނުލިބޭ ދަރިވަރުންނަށް އަމިއްލަ […]
ސްކައުޓް ހަރަކާތުން ލިބޭ އެންމެ ބޮޑު ފައިދާއަކީ ދިރިއުޅުމުގެ ހުނަރު ދަސްވުން: ނައިބު ރައީސް

ސްކައުޓު ހަރަކާތުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ސްކައުޓް ހަރަކާތުގެ ތެރެއިން ދަސްވާ ދިރިއުޅުމުގެ ހުނަރުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ޖަމްބަރީ އޮން ދަ އެއަރ-ޖަމްބަރީ އޮން ދަ އިންޓަރނެޓް (ޖޮޓާޖޮޓީ) 2022، ރާއްޖޭގައި ރަސްމީ ގޮތުން މިއަދު ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު މެންދުރުފަހު ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްކައުޓް ހަރަކާތަކީ މިއަދާ ހަމައަށް ފަނޑުވުމެއް ނެތި ކުރިއަރަމުން އަންނަ […]
ދިގުރަށަށް އެރި އުދައިގައި ހަ ގެއަކަށް އެކި ވަރުގެ ގެއްލުން

އދ. ދިގުރަށަށް މިދިޔަ ބުދަ ދުވަހުގެ ރޭ އެރި އުދައިގައި އެ ރަށުގައި މީހުން ދިރިއުޅޭ ހަ ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ. އެންޑީއެމްއޭ އިން މިއަދު ބުނީ އެ ރަށުގެ މީހުން ދިރިއުޅޭ ހަ ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި ނަމަވެސް ބަދަލުދޭން ޖެހޭ ވަރަށް އެއްވެސް ގެއަކަށް ގެއްލުންވެފައި ނުވާ ކަމަށެވެ. އެންޑީއެމްއޭއިން ބުނީ، ދިގުރަށަށް އެރި އުދައިގައި އެންމެ […]
ބޮޑުތިލަދުންމަތިން ރައީސް ޔާމީނަށް ރަސްކަލުންނަށް އަރުވާފަދަ މަރުހަބާއެއް!

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޮޑުތިލަދުންމައްޗަށް މިއަދު ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ހަނިމާދުއަށެވެ. ހަނިމާދޫ އެއާޕޯޓުގައިވެސް ޕީޕީއެމްގެ ބައެއް އިސްވެރިންނާއި އެޕާޓީގެ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ހަނިމާދުއަށް ފަހު ރައީސް ޔާމީން ވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި އިހަވަންދުއަށް ވަޑައިގެންފައެވެ. އިހަވަންދުއިން ރައީސް ޔާމީނަށް ވަނީ ރަތްދޫލައިގެ މަރުހަބާއަކާއެކު ރަސްކޮއިލުގެ މަރުހަބާއެއް އަރުވައިފައެވެ. އިހަވަންދޫގައި މިރޭ ބާއްވާ ޕީޕީއެމްގެ […]
”ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު“ އިފްތިތާހުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވާލި ”ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު“ އިފްތިތާހްކޮށް މީޑިއާތަކުން ސޮއިކޮށްފިއެވެ. ދިވެހި މީޑިއާއިން އަމަލުކުރުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން، އެކުލަވައިލާފައިވާ ”ދިވެހި މީޑިއާގެ އަހްލާގީ މިންގަނޑު“ އިފްތިތާހު ކުރުމަށް 60 ވުރެ ގިނަ އޮންލައިން، ޕްރިންޓް އަދި ބްރޯޑްކާސްޓިން މީޑިއާތަކުން ބައިވެރިވިއެވެ. ދިވެހި މީޑިއާ ފަންނުގެ ހުރިހާ މަސައްކަތެއްގައި އަބަދުވެސް ހިފަހައްޓާނެ މައިގަނޑު ހަމަތައް: އިސްލާމް ދީނާއި ދިވެހި ޖުމްހޫއްރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން.އާންމުންނަށް ހަގީގަތް އެނގުމުގެ ހައްގަށް […]
ޝާހިލްގެ މައްޗަށް މަރުގެ ދައުވާ ސާބިތުކުރެވޭ ވަރަށް ހެކި އެބަހުރި، މޯޓިވް އަދިވެސް ނުހޯދޭ: ފުލުހުން

މިދިޔަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހު ހ. ސީރީންވިލާގެ އެޕާޓްމަންޓެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރި އަލީ ޝާހިލްގެ މައްޗަށް މަރުގެ ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރެއިންނެވެ. ޝިއާއުގެ […]
އަހަރެމެން އެމެރިކާއަށް އިތުބާރެއް ނުކުރަން : ފަލަސްތީނު

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ރަޝިޔާގެ ރައީސް ޕޫޓިންއާއި ބައްދަލު ކުރައްވައިފިއެވެ. ބައްދަލު ކުރެއްވުމުގެ ބޭނުންފުޅަކަށްވީ ފަލަސްތީނާއި އިޒްރޭލްގެ މައްސަލައަށް ޙައްލެއްހޯދުމަށް ރަޝީޔާގެ ސަޕޯޓް ހޯއްދެވުމެވެ. ބައްދަލުވުމުގައި ދެއްކެވި ވާހަކަ ފުޅުގައި ފަލަސްތީނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ހަމަނުޖެހުން އެމެރިކާ މެދުވެރިވެގެން ޙައްލު ކޮށްދޭނެ ކަމަށް މިހާރު އިތުބާރު ނުކުރައްވާކަމަށް ތަކުރާރު ކުރައްވައި ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް ރަޝިޔާއިން ކުޅެމުންގެންދާ ރޯލާ މެދު ވަރަށް ހިތްހަމަޖެހިވަޑައި ގަންނަވާކަމަށް ވިދާޅުވިއެވެ. ވިދާޅުވީ، ފަލަސްތީނުގެމައްސަލާގައި ރަޝިޔާއިން އަޅަމުންގެންދާ ފިޔަވަޅުތައް އަހަރެމެން ހިތްހަމަޖެހުމާއެކު ބަލައިގަންނަމެވެ. ބައިނަލް އަގްވާމީ ނިންމުންތައް އެއީ އިންސާފު ކަމުގައި ރަޝިޔާއިން ދުށުން އެއީ އަހަރެމެން އުފާކުރާ ކަމެކެވެ. އަދި އެއީ ރަޝިޔާ ގަބޫލުކުރާގޮތް […]