ސީއެޗްއެސްސީން ޖާގަ ނުލިބޭ ދަރިވަރުން ޕްރައިވެޓް ސްކޫލުތަކުން ކިޔަވަން ސަރުކާރުން އެހީވަނީ

Loading

Facebook
Twitter
WhatsApp

ންޓާ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ)އިން އޭ ލެވެލް ކިޔަވަން ޖާގަ ނުލިބޭ ދަރިވަރުންނަށް ޕްރައިވެޓް ސްކޫލްތަކުން ކިޔަވަން ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ފައިސާގެ އެހީވާން ނިންމައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މާލެ ސަރަހައްދުގެ ސްކޫލުތަކުން ސާނަވީ ނިންމާ އިމްތިހާނުތައް ފުރިހަމަކޮށް ފަސް މާއްދާ ނުވަތަ އެއަށްވުރެ ގިނަ މާއްދާއިން ފާސްވެގެން މަތީ ސާނަވީ ކިޔެވުމުގެ ޝަރުތު ހަމަވާ ބައެއް ދަރިވަރުންނަށް ސީއެޗްއެސްއީން ޖާގަ ނުލިބޭ ކަމަށެވެ.

އެހެންވެ، ސީއެޗްއެސްއީން ޖާގަ ނުލިބޭ ދަރިވަރުންނަށް އަމިއްލަ ސްކޫލަކުން އޭލެވެލް ކިޔެވުމަށް ފީ ދެއްކުމަށްޓަކައި ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުންޏެވެ.

އެފައިސާ ސަރުކާރުން ފޯރުކޮށްދޭނީ އެކަމަށް އެދި ހުށަހަޅާ ދަރިވަރުންނަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، އެ އެހީއަށް ޝަރުތު ހަމަވާ ދަރިވަރުންނަށް މާލޭގައި މަތީ ސާނަވީއަށް ކިޔަވައިދޭ ކޮންމެ ސްކޫލަކުން/ ކޮލެޖަކުން ކިޔެވި ނަމަވެސް އެ އެހީދޭނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް