ބޮޑުތިލަދުންމަތިން ރައީސް ޔާމީނަށް ރަސްކަލުންނަށް އަރުވާފަދަ މަރުހަބާއެއް!

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޮޑުތިލަދުންމައްޗަށް މިއަދު ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ހަނިމާދުއަށެވެ. ހަނިމާދޫ އެއާޕޯޓުގައިވެސް ޕީޕީއެމްގެ ބައެއް އިސްވެރިންނާއި އެޕާޓީގެ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
ހަނިމާދުއަށް ފަހު ރައީސް ޔާމީން ވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި އިހަވަންދުއަށް ވަޑައިގެންފައެވެ. އިހަވަންދުއިން ރައީސް ޔާމީނަށް ވަނީ ރަތްދޫލައިގެ މަރުހަބާއަކާއެކު ރަސްކޮއިލުގެ މަރުހަބާއެއް އަރުވައިފައެވެ.
އިހަވަންދޫގައި މިރޭ ބާއްވާ ޕީޕީއެމްގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވެޑައިގަންނަވާނެއެެވެ.
އިހަވަންދޫގެ އިތުރުން ރައީސް ޔާމީން ދެން ވަޑައިގަންނަވާނީ ކެލާ, ބާރަށް, ދިއްދޫ އަދި ތުރާކުނަށެވެ.
ޕީޕީއެމުން ބުނި ގޮތުގައި ރައީސް ޔާމީންގެ މި ދަތުރުފުޅުގައި 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް މައުލޫމާތުތައް އެއްކުރެއްވާނއެވެ. އެގޮތުން ޒުވާނުންގެ މެނިފެސްޓޯއާއި މަސްވެރިންގެެ މެނިފެސްޓޯއާއި އަންހެނުންގެ މެނިފެސްޓޯ އަދި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯއްދަވާނެއެވެ.
ބޮޑުތިލަދުންމަތީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް ޔާމީން މާލެ ވަޑައިގަންނަވާނީ އަންނަ އަންގާރަ ދުވަހުއެވެ.
![]()
Comments are reviewed before publication. You can write in English or Dhivehi.




One Response