Skip to content
ރާއްޖެ

ދިގުރަށަށް އެރި އުދައިގައި ހަ ގެއަކަށް އެކި ވަރުގެ ގެއްލުން

މޫސާ ފަތުޙީމޫސާ ފަތުޙީ

އދ. ދިގުރަށަށް މިދިޔަ ބުދަ ދުވަހުގެ ރޭ އެރި އުދައިގައި އެ ރަށުގައި މީހުން ދިރިއުޅޭ ހަ ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.

އެންޑީއެމްއޭ އިން މިއަދު ބުނީ އެ ރަށުގެ މީހުން ދިރިއުޅޭ ހަ ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި ނަމަވެސް ބަދަލުދޭން ޖެހޭ ވަރަށް އެއްވެސް ގެއަކަށް ގެއްލުންވެފައި ނުވާ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ، ދިގުރަށަށް އެރި އުދައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެރަށުގެ ބަނދަރު މައްޗަށް ކަމަށާއި ލިބުނު ގެއްލުމުގެ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ.

ދިގުރަށަށް މިފަހަރު އެރި އުދައަކީ 2004ގެ ސުނާމީއަށް ފަހު އެރަށަށް އެންމެ ބޮޑަށް އުނދައެރި ފަހަރެވެ.

ދިގުރަށަކީ ގެސްޓްހައުސް ވިޔަފާރިއަށް މަޝްހޫރު ރަށެކެވެ. އެރަށުގެ އަތިރިމައްޗަށް ވަނީ ދުނިޔޭގެ އެވޯޑްތައް ލިބިފައެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply