Skip to content
ރާއްޖެ

”ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު“ އިފްތިތާހުކޮށްފި

މޫސާ ފަތުޙީމޫސާ ފަތުޙީ

މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވާލި ”ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު“ އިފްތިތާހްކޮށް މީޑިއާތަކުން ސޮއިކޮށްފިއެވެ.

ދިވެހި މީޑިއާއިން އަމަލުކުރުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން، އެކުލަވައިލާފައިވާ ”ދިވެހި މީޑިއާގެ އަހްލާގީ މިންގަނޑު“ އިފްތިތާހު ކުރުމަށް 60 ވުރެ ގިނަ އޮންލައިން، ޕްރިންޓް އަދި ބްރޯޑްކާސްޓިން މީޑިއާތަކުން ބައިވެރިވިއެވެ.

ދިވެހި މީޑިއާ ފަންނުގެ ހުރިހާ މަސައްކަތެއްގައި އަބަދުވެސް ހިފަހައްޓާނެ މައިގަނޑު ހަމަތައް:

އިސްލާމް ދީނާއި ދިވެހި ޖުމްހޫއްރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން.
އާންމުންނަށް ހަގީގަތް އެނގުމުގެ ހައްގަށް އިހުތިރާމް ކުރުން.
އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި އިޖުތިމާއީ އަހުލާގު ހިފެހެއްޓުން
ނޫސްވެރިކަމަށް ނުރަނގަޅު އަސަރު ފޯރާނެފަދަ މަންފާތަކާއި ނުފޫޒުތަކުން އެއްކިބާވުން
ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައި އެއްވެސް ބިރަކަށް ޖެހިލުންނުވުން

”ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު“ އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސެއިން ޝަފާއު ހަސަން ވަނީ ހުރިހާ މީޑިއާއަކުން ވެސް މިންގަނޑާއި އެއްގޮތަށް އަމަލުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply