ބޯހިމެނުމުގެ މަސައްކަތަށް އެއްބާލުން ދިނުމަށް ރައީސް އެދިވަޑަގެންފި
ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަދު އެފަށްޓަވަނީ ބުރަ އަދި މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރައްވައި، އެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު ރައްޔިތުންގެ ކިބައިން އެގޮތަށް އެދިވަޑައިގަތީ މިއަދު ހެނދުނު ބޯހިމެނުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ، އެކަމުގައި ހަރަކާތްތެރިވާ ބޭފުޅުން މަސައްކަތް ކުރައްވަން ހަމަޖެހިފައިވާތަންކަމުގައިވާ ދަރުބާރުގެއަށް ވަޑައިގެން، އެކަމުގައި އަމަލީގޮތުން މަސައްކަތްކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ. ބޯހިމެނުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވާފަރާތްތަކާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން […]
ތިގޭގެ ނަންބޯޑު ކޮބާ؟
މިއަދު މިއޮތީ ބޯހިމެނުމުގެ މޫސުމް ފެށިފައެވެ. މި މޫސުމާ ބައްދަލުމިވީ ގިނަ ދުވަސްތަކަށްފަހުއެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފަވަނީ 2014 ވަނަ އަހަރުއެވެ. މިކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް އިން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިގޮތުން 2022 ވަނަ އަހަރު ބޯހިމެނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަދާއި މާދަން ބޯހިމެނުމުގެ މަސައްކަތަށް ލިސްޓްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރާނެއެވެ. އަދި 17 ވަނަ ދުވަހުން ފެށިގެން ގޭގެއަށްގޮސް […]
މާރުކޭޓް ގޮޅިތައް ތިންވަނަ ފަރާތަކަށް ދޫކޮށްފައިވާނަމަ އެއްބަސްވުން އާނުކުރާނަން: އެޗްޑީސީ
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓު ގޮޅިތައް ގަވާއިދާ ހިލާފަށް ކުއްޔަށް ދީގެން ހިންގަމުންދާ މީހުންގެ އެއްބަސްވުން އާ ނުކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ. އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓު ގޮޅިތަކުގެ އެއްބަސްވުންތަކުގެ މުއްދަތު ހަމަވާތީ އެއްބަސްވުންތައް އާ ކުރުމުގެ ކުރިން އެ ކޯޕަރޭޝަނުން ބެލި ބެލުމުން އެ ތަންތަން ހިންގަން ހަވާލު ކުރި ބައެއް މީހުން ޔުނިޓުތައް ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ހިންގަމުންދާކަން […]
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރާނަން: ރައީސް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދޭ އިނާޔަތް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ލ. ގަމުގައި ބޭއްވި ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރަން އެދެމުން އަންނަކަމަށެވެ. ”ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރުމުގެ ވާހަކައަކީ، ހަމަ ދޭތެރެއަކުން އަޅުގަނޑާ އެބޭފުޅުން ބައްދަލުކުރައްވައި ހުށަހަޅުއްވާ ކަމެއް. މިހާރު ދަފްތަރެއް އެކުލަވައިލުމުގެ […]
އެމްޑީޕީއަކީ އަޅުގަނޑު އުފެއްދި ޕާޓީއެއް، ފުރަތަމަ ސޮއިވެސްކުރީ އަޅުގަނޑު: ގާސިމް
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަކީ އެބޭފުޅާ އުފެއްދެވި ޕާޓީއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، ”ރާއްޖެ ޓީވީގެ“ ޕްރޮގްރާމެއްގައެވެ. ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމްގެ މާދަމާގެ ބައިގެ، ޓްރެއިލާ މިހާރު އާއްމުކޮށްފައިވާއިރު، ޓްރެއިލާގައި ގާސިމް ވަނީ އެމްޑީޕީއަކީ އެބޭފުޅާ އުފެއްދެވި ޕާޓީއެއް ކަމުގައި ވިދާޅުވެފައެވެ. ”އެމްޑީޕީއަކީ އަޅުގަނޑު އުފެއްދި ޕާޓީއެއް. އެމްޑީޕީގައި ފުރަތަމަ ސޮއިކުރީވެސް އަޅުގަނޑު“ ގާސިމް […]
ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ފަށްޓަވައިދެއްވުމަށް، ލ. ގަމަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މިމަހުގެ 11-12 އަށް ކުރިޔަށްގެންދިޔަ މި ކޮންފަރެންސް ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކޮންފަރެންސްގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމަށް ގެންނެވި ބަދަލުތައް ތަންފީޒު ކުރެވެމުންދަނީ ރައްޔިތުން އެދޭގޮތަށްތޯ ދެނެގަނެ، ރައްޔިތުންގެ މަޝްވަރާއާ ހިޔާލު ހޯއްދަވައިގެން މުޅި ނިޒާމު ފުރިހަމަ ކުރެއްވުން ކަމުގައި ވިދާޅުވެފައެވެ. މި ކޮންފަރެންސް ފެށުމުގެ ކުރިން ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން […]
އައްޑޫބަހުން ޚުޠުބާދިން އިމާމް ސަސްޕެންޑް ކުރެވޭނެ އެއްވެސް ހަމައެއް ނެތް
އައްޑޫބަހުން ޙުޠުބާ ކިޔުމަކީ އެ ޚުޠުބާދިން އިމާމް ސަސްޕެންޑް ކުރަންޖެހޭ ވަރުގެ ކަމެއްކަމަށް ގަބޫލުކުރާ އެއްވެސް ދިވެހި ރައްޔިތަކާ އަދިއެއް ބައްދަލެއް ނުވެއެވެ. އައްޑޫ އިމާމް އެޚުޠުބާ ކިއުއްވީ އެޚުޠުބާ އައްޑޫބަހުން ޝަރަޙަ ކޮށް މިސްކިތުގައި ތިބިއެބްމެނަށް އެޚުތުބާގައި ބުނާ އެއްޗެއް އެނގޭގޮތަށެވެ.ޚުތުބާ އަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނޭކަމަށް ޚުޠުބާދެއްވި އިމާމް ވަނީ ވަރަށް ސަރީޙަކޮށް ވިދާޅުވެފައެވެ. މަލޭ ރަސްމީ ހުކުރުމިސްކިތުގައި އިނގިރޭސި ބަހުންނާ ޢަރަބި ބަހުންވެސް ޚުޠުބާ […]
އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އެންމެ ފަހުގެ އިންޒާރު އިންޑިއާއަށް
އިންޑިއާގެ ނޭޝަނަލް އޮލިމްޕިކް ކޮމިޓީ ހިންގުމަށް ދިމާވެފައިވާ މައްސަލަތައް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ޙައްލު ނުކޮށްފިނަމަ އިންޑިއާގެ ނަމުގައި ނުވަތަ އިންޑިއާގެ ދިދަ ބޭނުންކޮށްގެން ބައިނަލް އަގްވާމީ އެއްވެސް ކުޅިވަރު މުބާރާތެއްގައި އިންޑިއާގެ އެތުލެޓުންނަށް ބައިވެރިނުވެވޭނެކަމަށް އެ ކޮމިޓިން އިންޑިއާއަށް އިންޒާރު ދީފިއެވެ. އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އެގްޒެކެޓިވް ބޯޑުގެއެންމެ ފަހުގެ އިންޒާރު ބިނާކޮށްފައިވަނީ އިންޑިއާގެ ނޭޝަނަލް އޮލިމްޕިކް ކޮމިޓީއަށް ދިމާވެފައިވާ އެތެރޭގެ ފުށުން އެރުންތަކާއި ހިންގުމުގައި ދިމާވެފައިވާ އުނިކަމާއި އަދި ކުރިއަށްދާ ކޯޓުކޭސް ތަކުގެ މައްޗަށެވެ. […]
މިސްކިތްތަކުގެ އަޑު ކަނޑުވާލުމަކީ އިސްލާމްދީނުގެ އަޑު ކަނޑުވާލުމުގެ ފެށުން
ނަމާދަކީ އިސްލާމް ދީނުގެ ތަނބުކަމަށް ވާއިރު އިސްލާމީގައުމެއްގައި ދިރިއުޅޭ މުސްލިމުން ސިއްރިޔާތުގައި ނަމާދުކުރަން ޖެހުމަކީ އިސްލާމްދީނުގެ އަޑު ކަނޑުވާލުމުގެ ފެށުން ކަމުގައި މެނުވީ ނުވާނެއެވެ. މިއީ ގިނަ ދިވެހީން މިކަން ދެކޭގޮތެވެ. ދިވެހިރާއްޖެއަކީ ދިވެހީންގެ ނަސީބު ރަަނގަޅުކަމުން ސައްތައިން ސައެްތަ އިސްލާމީ ގައުމެކެވެ. މިސްކިތްތަކުގައި މުންނާރެއް ބިނާ ކުރެވިފައި ހުންނަނީ ބަންގި ގޮވާ އަޑު މީސްތަކުންނަށް އަޑުހަރުކޮށް އިއްވުމަށްޓަކައެވެ. ބަންގީގެ އަޑު އިވުމުން ކޮންމެ މުސްލިމަކުވެސް ނަމާދަށް ދިއުމަށްޓާކާ އެމީހަކު އެ ކުރަމުންދާ މަސައްކަތް ހުއްޓާލުމަށްފަހު ނަމާދަށް ތައްޔާރު ވުމަށެވެ. މުންނާރު ހެދިފައިވަނީ […]
ގަލްފު ސަރަހައްދުގެ ސިޔާސަތު ބަދަހިވަނީ!
ފާއިތުވެގެން މިދިޔަ ދުވަސްތަކުގެ ތެރޭގައި ސައޫދީ އެރޭބިޔާއާއި އީރާނާ ދެމެދު ފަސްފަހަރެއްގެ މަތިން ވަރަށް މަތީ ފެންވަރުގައި ބައްދަލުވުން ބޭއްވިފައިވީނަމަވެސް އެ ދެގައުމުގެ ޒަމާންވީސިޔާސީ ދެކޮޅުވެރިކަމާހުރެ ބައިނަލް އަގްވާމީ މީޑިއާއިން އެއްވެސް ސަމާލުކަމެއް ދީފައިނުވާތީ އެކަމާދޭތެރޭ އީރާނުގެ ރައީސް އިބްރާހިމް ރައީސީ ހައިރާންވެ ވަޑައިގަންނަވާކަމަށް ވިދާޅުވެއްޖެއެވެ. ހަމަ އެއާއެކު އެ ބައްދަލުވުންތައް އިންތިޒާމް ކޮށްދީފައިވާލެއް ފުރިހަމަކަމަށްޓަކައި އިރާގު ސަރުކާރަށް ތަޢުރީފް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. “ އިރާގު ސަރުކާރުގެ އިސްނެގުމާއެކުކުރެވެމުން މިދާ މަސައްކަތުން ގަލްފު ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމަށާއި ބޭރުގެ ނުފޫޒޫން އެއްކިބާވެ […]