ތިގޭގެ ނަންބޯޑު ކޮބާ؟

Loading

Facebook
Twitter
WhatsApp

މިއަދު މިއޮތީ ބޯހިމެނުމުގެ މޫސުމް ފެށިފައެވެ. މި މޫސުމާ ބައްދަލުމިވީ ގިނަ ދުވަސްތަކަށްފަހުއެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފަވަނީ 2014 ވަނަ އަހަރުއެވެ. މިކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް އިން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

މިގޮތުން 2022 ވަނަ އަހަރު ބޯހިމެނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަދާއި މާދަން ބޯހިމެނުމުގެ މަސައްކަތަށް ލިސްޓްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރާނެއެވެ. އަދި 17 ވަނަ ދުވަހުން ފެށިގެން ގޭގެއަށްގޮސް މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތްތައް ކުރާނެއެވެ.

އާބާދީ ދެނެގަނެ، ކުރިމަގުގައި ކަންކަން ރޭވުމުގައި ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދ މުހިންމު މަސައްކަތަކަށް ބޯހިމެނުން ވީހިނދު ބޯހިމެނުމަށް ފަސޭހަކޮށްދޭން ފަރުދީ ޒިންމާވެސް ނަގަން އެބަޖެހއެވެ. އޭގެ ތެރޭގައި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި ފަސޭހައިން މައުލޫމާތު ނެގޭނެ އިންތިޒާމްތައްވެސް ހިމެނެން އެބަޖެހެއެވެ. އޭގެ ތެރެއިން އެއްކަމަކީ ގޭގެ ނަންބޯޑެވެ.

ގޭގެ ނަންބޯޑު ހަރުނުކޮށް ހުރުމަކީ ރާއްޖޭގައި ވަރަށް އާންމުކަމެކެވެ. ބޯހިމެނުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވާން ފެށުމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުން ހެން  އެ ރަށްރަށުގެ ރަށްޔިތުންނަށް ގޭގޭގައި ނަންބޯޑު ހަރުކުރުމަށް އެދެމުން ދިޔައެވެ. މިހާރުވެސް ބައެއް ކައުންސިލްތަކުން ރައްޔިތުންގެ ކިބައިން އެކަމަށް ދަނީ އެދެމުންނެވެ. ނަމަވެސް އަދިވެސް އެންމެ އެދެވޭ ނަތީޖާ އެއް ފެންނަވަރެއް ނުވެއެވެ. ބައެއް ރަށްތަކުގެ ކައުންސިލް ތަކުން އަންނަނީ މިކަން ހައްލުކުރުމަށް އާންމު ސަރަހައްދުތަކުގައި ނޯޓިސްވެސް ހަރުކުރުމުންނެވެ.

ނަންބޯޑު ހަރުކުރުމަކީ އެހާ އުދަގޫ ކަމެއް ހެއްޔެވެ. ނަންބޯޑު ހަދައި ދިނުމުގެ ހިދުމަތް ދޭ ގިނަ ތަންތަން މާލޭގައި ހުރިއިރު ރަށުގައި ތިބެގެން އޯޑަރު ދިނުމުން ބޯޓްތަކަށް ޑެލިވާވެސް ކޮށްދެއެވެ. ބައެއް ރަށްރަށުގައި ވެސް މި ހިދުމަތް މިހާރުވެސް ދަނީ ދެމުންނެވެ. ނަން ބޯޑު ތަނަކަށް ދީގެން ހަދަން ދަތިވާނަމަ އަމިއްލައަށްވެސް ނަންބޯޑެއް މޮޅު ޑިޒައިނަކަށް ހަދާލެވިދާނެއެވެ. ސްކޫލް ކުދިންނަކީ ތަނަވަސް އާ ހިޔާލުތަކަކުން މުއްސަތިވެފައިވާ ކުދިންނެވެ. ގޭގެ ނަންބޯޑު އެކުދިންގެ ހިޔާލަށް އެކުދިން ލައްވާ ވެސް ހަދަންވެސް ދޫކޮށްލެވިދާނެއެވެ.

އަވަހަށް ނަންބޯޑް ޗެކކުރާށެވެ. ނަންބޯޑު ރަގަޅަށް ކިޔަން އެގޭހެން ފަސޭހައި ފެންނަ ހިސާބުގައި އެބަހުރިހެއްޔެވެ. ނެތިއްޔާ އަވަސްވެގަންނާށެވެ. ފަސޭހައިން ފެންނަން ހުންނާނެހެން ކިޔަން އެގޭނެ ގޮތަކަށް ނަންބޯޑު ހަދާށެވެ. މީގެ ސަބަބުން ބޯހިމެނުގެ މަސައްކަތަށް ނުކުންނަ މީހުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް