ތައިލޭންޑްގެ ސަރުކާރުން އާންމުންނަށް ކެނަބިސް ބަހަނީ 

މަސްތުވާއެއްޗެއް ކަމުގައިވާ ކެނަބިސް ބޭނުންކުރުން މަނާ ކުރާ ގަވައިދު އުވާލަން ނިންމައި ތައިލޭންޑު ސަރުކާރުން އެ ގައުމުގެ އާންމުންނަށް އެއް މިލިއަން ކެނަބިސް ގަސް ބަހަން ގަސްތުކުރާކަން އަންގައި އިއުލާނުކޮށްފިއެވެ.އެގައުމުގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަރުކާރުން މިކަން ކުރާނެކަމަށް އިއުލާނުކޮށްފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ކެނަބިސް ބޭނުންކުރުން މަނާކޮށްފައިވީ ނަމަވެސް ބައެއް ގައުމުތަކުން މިހާރުވަނީ މިކަން މަނާކުރާ ގާނޫނުތައް އުވާލަން ފަށާފައެވެ. މިގޮތުން މިހާތަނަށް 40 ގައުމަކުން ކެނަބިސް ބޭނުންކުރުމުގެ ހުއްދަ […]

ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމައިން ޔޫކްރޭން މޮޅުވެދާނެ: ނޭޓޯ 

ރަޝިއާއިން ޔޫކްރޭނާ ކުރަމުންދާ ހަނގުރާމައިން ރަޝިއާ ބަލިކުރެވިދާނެކަމަށާއި ޔޫކްރޭން މޮޅުވެދާނެ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާރގް ވިދާޅުވެއްޖެއެވެ. ޔޫކްރޭނަށް އެހީތެރިވަމުން ގެންދާ ގައުމުތަކަށް އޭނާ ގޮވާލެއްވީ ޔޫކްރޭނަށް ހަތިޔާރު ފޮނުވަމުން ގެންދިއުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ހަނގުރާމަ ހިނަގަމުން ދަނީ ރަޝިޔާއިން ރޭވި ގޮތަކަށް ނޫނެވެ. އަދި ލަފާކުރި ގޮތަކަށް ވެސް ނޫނެވެ. ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސްޓޮލްޓެންބާރގްވިދާޅުވީ ކީވް ހިފަން ރަޝިއާއިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އަދި ކާރް ކީވްއާ ދެކޮޅަށް ހަމަލާތަކެއް ދިނުމަށް ފަހު ރަޝިއާ ސިފައިން މިހާރު ފަހަތަށްޖެހެން ފަށާފައިވާ ކަމަށާއި ޑޮންބަސްގައި ރަޝިއާއިން ވަރުގަދަ […]

އެމްޑީޕީ ޕްރައިމަރީގައި އިބޫ އަންނި ބަލިކޮށްފި 

އެމްޑީޕީ 2023 ގެ ޕްރައިމަރީގައި އިބޫ 7654 ވޯޓުން އަންނި ބަލިކޮށްފިއެވެ. ޕާޓިގެ ޗެއަރަމަން ޕްރައިމަރީގައި އިބު ސަޕޯޓް ކުރައްވާ ފައްޔާޒު މޮޅުވެ އަންނި ސަޕޯޓް ކުރެއްވި އިންތި ބޮޑުތަނުން ބަލިވުމުންނެވެ. ޒަމާންތަކެއްވަންދެން ރައީސް ނަޝީދު ޑިމޮކްރަސީގެ ނަމުގައި ޚުދުމުޚުތާރު އުޞޫލުން ހިންގަމުން ގެންދެވި އެމްޑީޕީ މިއަދުމިވަނީ މިނިވަންވެ ފުރިހަމަ ޑިމޮކްރަސީގެ އުޞޫލުން ހިންގުމަށްއިބްރާހީމް މުޙައްމަދު ޞޯލިޙު ފުރުސަތު ހޯއްދަވައިދެއްވާފައެވެ. މިއަދަކީ ޑިމޮކްރަސީއަށް ލޯބިކުރާ އެންމެހާ ރައްޔިތުންގެ ހިތުގެ އުފާވެރިކަން ފާޅުކުރާނެ ދުވަހެކެވެ.  ​ޑިމޮކްރަސީގެ ނަމުގައި ނުކުންނެވި އަންނި އަބަދުވެސް ވިދާޅުވަނީ އެމަނިކުފާނާއި ރާއްޖޭގެ ވެރިކަން ޙަވާލުކުރުމަށެވެ.އެހެން އެއްވެސް […]

ހެޔޮލަފާ ސާލީޙު މީހާ އާއި އަވަށްޓެރި ޔަހޫދީ މީހާ! 

ވަރަށް ހެޔޮލަފާ މުސްލިމް ޞާލިޙަކު އުޅުނެވެ. އޭނާގެ އަވަށްޓެރިއެއްގެ ގޮތުގައި ޔަހޫދީ އަކު އުޅުނެވެ. ދެ މީހުން ވަރަށް ގިނައިން އެއްމަޖްލިސްކޮށް ހަދައެވެ. މި ހެޔޮލަފާ މީހާ ކޮންމެ ކަމެއް ވެސް ކުރަން ފެށުމުގެ ކުރިން ކީރިތި މާތް ނަބިއްޔާ صلى اللهعليه وسلم އަށް ޞަލަވާތް ކިޔަވައެވެ. މިކަލިމަ އޭނާ އާއި ވައްކެތް ނުވެއެވެ. ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ކިޔަވައެވެ. މިކަމައި ޔަހޫދީ މިހާ އަޖާޢިބުވެ ސުވާލު ކުރި އެވެ. ތިބާގެ ނަބިއްޔާ އަށް ތިހާ […]

ރަތް ހަނދުކޭތަ މިރޭ ހިފާނެ

މިއަހަރުގައި ފުރަތަމަ ހިފާ ފުރިހަމަ ރަތް ހަނދުކޭތަ، މަޝްހޫރު ނަމުން ނަމަ ”ބްލަޑް މޫން“ މިރޭ ހިފާނެ ކަމަށް އެމެރިކާގެ ޖައްވީ ކަންތައްތަކާ ބެހޭ އިދާރާ ”ނާސާ“ އިން ބުނެފިއެވެ. މި ކޭތަ އެއްގަޑިއިރަށް ވުރެ ދިގުދެމިގެންދާނެކަމަށް ނާސާއިން ބުނެއެވެ. މި ކޭތަ ހަނދުކޭތަ އެމެރިކާއާއި އެފްރިކާ އަދި ހުޅަނގު ޔޫރަޕްގެ ގިނަ ގައުމުތަކަށް ފެންނާނެ ކަމަށް އެމެރިކާގެ ސްޕޭސް އެޖެންސީން ބުނެފައި ވެއެވެ. ނަމަވެސް  ރާއްޖެއަށް މިރީތި ހަނދުކޭތަ ނުފެންނާނެކަމަށް ފަލަކީ އިލްމުވެރިން ބުނެއެވެ. އަދި […]

ފުށް އެކްސްޕޯޓް ކުރުން އިންޑިއާއިން މަނާ ކުރިއަސް ރާއްޖެއަށް ލިބޭނެ

އިންޑިއާއިން ގޮދަންފުށް އެކްސްޕޯޓްކުރުން މަނާކުރިޔަސް އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ފުށް ލިބޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ. ރާއްޖެއަށް ފުށްއެތެރކުރާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން މިއަދު ބުނީ ރާއްޖެއަށް ފުށްލިބުމުގައި ދަތިކަމެއް ނޫޅޭނެ ކަމަށާ ރާއްޖެއަށް ބޭނުންވާ ވަރަށް ފުށް އެތެރެކުރެވޭނެކަމަށެވެ. އަދި މިހާރުވެސް އެސްޓީއޯގައި ފުށް ފުދޭވަރަކަށް ގުދަން ކުރެވިފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ. އިންޑިއާއިން ބައެއް ބާވަތުގެ މުދާ އެކްސްޕޯޓްކުރުން މަނާކުރި ނަމަވެސް، މީގެ ކުރިން ވެސް ރާއްޖެ އަށް ހާއްސަ […]

ރައީސް ޔޫއޭއީގެ ރައީސްގެ އާއިލާގެ ހިތާމައިގައި ބައިވެރިވުމަށް އެގައުމަށް ފުރާވަޑައިގެންފި

ރައީސް ހަލީފާ ބިން ޒައިދު އާލް ނަހްޔާން އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ އާއިލާގެ ހިތާމައިގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް  ރަސްމީ ދަތުރުފުޅެއްގައި މިއަދު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގަންނަވައިފި އެވެ. ރައީސް އޮފީހުން ބުނީ ރައީސް ސާލިހުގމި ދަތުރުފުޅަކީ ޔޫއޭއީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރު އައްޝައިޚް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން އެ މަރުހޫމުގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށާއި، […]

އިންޑިޔާގެ ވެރިރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބޮޑުވަޒީރު ހިތާމަފާޅުކުރައްވައިފި 

އިންޑިޔާގެ ވެރިރަށް ނިއުދެއްލީގައި އިއްޔެ މެންދުރުގެ ވަގުތެއްގައި ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގަފައެވެ. އަދި މިކަމާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު، ނަރެންދްރާ މޯދީ ވަނީ ހިތާމަ ފާޅުކުރައްވާފަ އެވެ. މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގައި ހުރި ހަތަރު ބުރީގެ ކޮމާޝަލް އިމާރާތެއްގައެވެ. އަލިފާނުގެ ހާދިސާ ކުރިމަތިވާން މެދުވެރިވި ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް މިހާތަނަށް މިހާދިސާގައި މަރުވެފައިވާ މީހުންގެ އަދަދު 27 އަށް އަރާފައިވާކަމަށް އެ ގައުމުގެ މީޑިޔާތަކުންވަނީ ރިޕޯޓުކޮށްފައިވެއެވެ. […]

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުން ދެރައީސުންގެ ތާއީދު އަޅާކިރާލެވޭނެ

      އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް މިފަހަރު ބާއްވާ އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަކީ ރައީސް އިބޫގެ ފަރާތުން ނެރޭ ކެންޑިޑޭޓަކާއި ރައީސް އަންނިގެ ފަރާތުން ނެރޭ ކެންޑިޑޭޓެކެވެ.  މިއީ އެމްޑީޕީގެ ބައެއްމެންބަރުން ބުނެދޭ ގޮތެވެ. ރައީސް އިބޫގެގެ ފަރާތުން ވާދަކުރަނީ ރާއްޖޭގެ އެކޮނަމިކް މިނިސްޓަރ އަލްއުސްތާޒު ފައްޔާޒު އިސްމާޢީލެވެ. ފައްޔާޒު އިސްމާޢީލަކީ މއ. ބޯގަންވިލާ އިބްރާހިމް އިސްމާޢީލުގެ ކޮށްކޮއެވެ. ބުނެވޭގޮތުގައި ރައީސް އަންނިގެ ފަރާތުން ވާދަ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރުދާއިރާގެ އެމްޑީޕީގެ […]

އާންމު ތަނެއްގައި ޖިންސީ ގުނަވަން ދެއްކުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި

އާންމު ތަނެއްގައި ހުރެ ޖިންސީ ގުނަވަން ދެއްކި ކަމަށް ތުހުމަތުކުރވޭ އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. އެ މީހާގެ ވީޑީއޯ ސޯޝަން މީޑިއާގައި ދައުރުވަމުން އަންނައިރު އޭގެއިން ފެންނަގޮތުގައި އެ މީހާ އެ އަމަލު ހިންގީ އާޓިފިޝަލް ބީޗްގައެވެ. ފުލހުން އެ މީހާ ހައްޔަރުކުރީ އާންމުން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުންނެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ރިޕޯޓު ރޭ 21:57 ހާއިރު ފުލުހުންނަށް ހުށަހެޅުމުން އެމީހާ ހައްޔަރުކޮށްފައިވާ ކަމަށާ އެ މީހާ ޖިންސީ ގުނަވަން ދެއްކި […]