ފުށް އެކްސްޕޯޓް ކުރުން އިންޑިއާއިން މަނާ ކުރިއަސް ރާއްޖެއަށް ލިބޭނެ

Loading

Facebook
Twitter
WhatsApp

އިންޑިއާއިން ގޮދަންފުށް އެކްސްޕޯޓްކުރުން މަނާކުރިޔަސް އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ފުށް ލިބޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރާއްޖެއަށް ފުށްއެތެރކުރާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން މިއަދު ބުނީ ރާއްޖެއަށް ފުށްލިބުމުގައި ދަތިކަމެއް ނޫޅޭނެ ކަމަށާ ރާއްޖެއަށް ބޭނުންވާ ވަރަށް ފުށް އެތެރެކުރެވޭނެކަމަށެވެ. އަދި މިހާރުވެސް އެސްޓީއޯގައި ފުށް ފުދޭވަރަކަށް ގުދަން ކުރެވިފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

އިންޑިއާއިން ބައެއް ބާވަތުގެ މުދާ އެކްސްޕޯޓްކުރުން މަނާކުރި ނަމަވެސް، މީގެ ކުރިން ވެސް ރާއްޖެ އަށް ހާއްސަ ހުއްދައެއްގެ ދަށުން އެ ބާވަތްތައް ގެނެވެ އެވެ.

އިންޑިއާއިން ފުށް އެކްސްޕޯޓްކުރުން ހުއްޓާލީ އެގައުމުގައި މޫސުމީ ބަދަލުތަކާހުރެ ފުށް އުފެއްދޭ މިންވަރު މަދުވެ ތަކެތީގެ އަގުބޮޑުވުމާއި އަދި ޔޫކުރެއިން ހަނގުރާމައާއި ގުޅިގެން ކަމަށް ބުނެ މިދިޔަ ހުކުރުދުވަހުއެވެ.  އިންޑިއާއިން ހާމަކުރި ގޮތުގައި އެގައުމުން ފުށް ބޭރުކުރުން ހުއްޓާލި ނަމަވެސް އެހީތެރިވުމުގެ ގޮތުން ބައެއް ގައުމުތަކަށް ފުށް އެކްސްޕޯޓް ކުރާނެއެވެ.

އެސްޓީ އޯއިން ބުނީ އިންޑިއާއިން ރާއްޖެ އަށް ފުށް އެތެރެނުކުރެވޭނެ ހާލަތެއް އަޔަސް އެހެން ބައެއް ގައުމުތަކުން ރާއްޖެއަށް އެތެރެކުރާ މިންވަރު އިތުރުކުރެވޭނެ ކަމަށެވެ.

Loading

One Response

  1. ޢާހ! އެހެންތާވާންޖެހޭނީ. މަލިކަށްވެސް ލިބެންޏާ އަދި ސްކިމްއަށްވެސް ދެންޏާ މިހާރު ރާއްޖެއަށް ދޭންޖެހޭނެތާ؟ ހަމަގައިމުވެސް ރާއްޖެއަށް އެހެންދިމާލަކު ންނަމަވެސް ފުށް ގެންނާނަކަން ޔަގީނެވެ. އަގުގެ ކުޑަ ތަފާތެއް އަތުވެދާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް