​ކޮވިޑް ނަންބަރުތައް 2000 އިން މައްޗަށް!

​އިއްޔެ ރާއްޖެއިން ކޯވިޑް19 އަށް 2137 މީހުން ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 547 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 89 މީހަކާއި ސަފާރީތަކުން 4 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 1219 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 108,732 އަށް އަރައިފައެވެ. އޭގެ ތެރޭގައި 9,574 އެކްޓިވް ކޭސް ހިމެނޭއިރު 43 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ […]

​މަރަށް މަރު ހިފާކަށް ބޭނުމެއް ނޫން، ބޭނުންވަނީ މަރުގެ ދިޔަ: ޔާމީން ރަޝީދުގެ މަންމަ

​ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ޝާމިލުވާ މީހުންގެ ކިބައިން މަރަށް މަރު ހިފުމަށް ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ މަރުގެ ދިޔަ ކަމަށް އޭނާގެ މަންމަ މަރިޔަމް ޝަފީގާ ކްރިމިނަލް ކޯޓްގައި ބުނެފި އެވެ. ​ޔާމީންގެ މަންމަ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ ޔާމީނަކީ އިންސާކަށްވީތީ ދިރި ހުރުމުގެ ހައްގު ލިބެންވާނެ ކަމަށް ދެކި އެކަމަށް ވަކާލާތުގެ ކުރި މީހެއް ކަމަށެވެ. އެހެން ކަމުން މި މައްސަލައިގައި ގިސާސް ހިފަން ބޭނުން ނުވާ […]

ނޭޕާލްގައި އެއްދުވަހުގެ ތެރޭގައި ކޮވިޑްގެ އެގާރަހާސް މަރު

ނޭޕާލްގައިވެސް ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އަންގާރަ ދުވަހު އެކަނިވެސް 10,258 އައު ކޭސް ރިކޯޑް ކުރެވިފައިވާ ކަމަށް އެގަމުގެ ރަސްމީ ހިސާބު ތަކުން ދައްކައިފި އެވެ. އަދި މި އަދަދު ޖަނަވަރީ މަސްނިމޭއިރު ދެގުނަ އަށް އިތުރުވާނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައި ވެއެވެ. ދިހަހާހަށްވުރެ ގިނަ މީހުންނަށް އަލަށް ކޮވިޑް ޖެހިފައިވާއިރު ކޮވިޑްބަލީގައި އަންގާރަ ދުވަހު އެކަނި 11,624 މީހުން މަރުވެފައިވެސް ވެއެވެ. ނޭޕާލްގައި ކުރިން އެއްދުވަހު އެންމެ ގިނައިން ކޮވިޑްބަލީގައި މީހުން […]

ފައިވް ޖީގެ ޚިދުމަތާއެކު މަތިންދާ ބޯޓު ދަތުރު ތަކަށް ނުރައްކަލެއް އެބައޮތްތަ؟

މޯބައިލް ފޯނުގެ ފައިވް ޖީގެ ޚިދުމަތް ދޭން ފެށުމާއެކު މަތިންދާބޯޓު ދަތުރުތަކަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ބުނެ އެމެރިކާގެ އެންމެ ބޮޑު ދިހަ އެއާލައިނަކުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ފައިވް ޖީގެ ޚިދުމަތާއެކު އެތައް ހާސް ބޯޓެއްގެ ދަތުރު ލަސްކުރަން ޖެހި އަދި ގިނަ އަދަދެއްގެ ބޯޓުތަކަށް އުދުހުމުގެ ފުރުސަތު ނުލިބި ދިއުން ގާތެވެ. ފައިވް ޖީގެ ޚިދުމަތަކީ މައިގަޑު ގޮތެއްގައި ރޭޑިއޯ ސިގްނަލްއަށް ބިނާވެގެންވާ ޚިދުމަތަކަށް […]

އިނގިރޭސިވިލާތާއި ކެނެޑާއިން ޔޫކްރޭނަށް އެހީ ފޯރުކޮށްދެނީ

އިނގިރޭސިވިލާތުން ޔޫކްރޭނަށް އެންޓި ޓޭންކް ހަތިޔާރު ފޯރުކޮށްދިނުމުގެ އިތުރުން ކެނެޑާއިން ޔޫކްރޭނަށް މަދު އަދަދެއްގެ ސްޕެޝަލް ފޯސަސްގެ ސިފައިން ފޮނުވައިފިއެވެ. ކެނެޑާ އަދި އިނގިރޭސިވިލާތުން މި ފިޔަވަޅުތައް އަޅާފައި ވަނީ ރަޝިއާއިން ޔޫކްރޭނަށް އަރާނެ ކަމުގެ ބިރުބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ރަޝިއާއިން ޔޫކްރޭނަށް އަރާނެ ބަހަނާއެއް ހޯދަމުން ދާކަމަށް ބުނެ އެމެރިކާއިން ދެއްކި ވާހަކަތަކާމެދު ފާއިތުވި ހަފްތާގައި ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖޭ ލަވްރޮވް ވަނީ ނުރުހުން ފާޅުކުރައްވައި އެ ވާހަކަތައް ދޮގުކުރައްވާފައެވެ. ރަޝިއާއިން ވަނީ ޔޫކްރޭނުގެ ބޯޑަރު […]

ހޫތީން ދިން ހަމަލާގައި 3 މީހުން މަރުވުމާ ގުޅިގެން ބަދަލު ހިފާނެކަމަށް ޔޫއޭއީން ބުނެފި

ހޫތީން ޑްރޯން މެދުވެރިކޮށް ދިން ހަމަލާއެއްގައި ތެޔޮ ޓޭންކެއް ގޮވުމުގެ ސަބަބުން 3 މީހަކު ވަނީ މަރުވެފައެވެ. ޔޫއޭއީން ވަނީ މިކަމާ ގުޅިގެން ބަދަލު ހިފާނެކަމަށް ވައުދުވެފައެވެ. ޔުނައިޓެޑް އަރަބް އެމައިރޭޓްސްއަކީ ހޫތީންނާއި ދެކޮޅަށް ޔަމަނުގެ ސަރުކާރުން ކުރަމުންދާ ހަނގުރާމައިގައި އެހީވުމުގެ ގޮތުން ސައުދީ އިސްވެގެން އުފައްދާފައިވާ އެލައަންސްގެ ބައިވެރިއެކެވެ. މި އެލައަންސްގައި 5 ގައުމު ހިމެނެއެވެ. މިހަނގުރާމާގައި ހޫތީންވަނީ އެކި ފަހަރު މަތިން ބޯޑަރު ހުރަސްކޮށް އަރަބި ގައުމުތަކަށް ހަމަލާދިނުމަށް މަސައްކަތް ކޮށްފައެވެ. ޔޫއޭއީން ބުނެފައިވާ […]

ކޮވިޑްގެ ހާލަތު ވަރަށް ގޯސް: އިތުރު 1594 މީހުން ބައްޔަށް ފައްސިވެއްޖެ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ކޮވިޑް 19 އަށް ފައްސިވެފައި ވަނީ 1594 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 857 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 438 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 118 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. ކަނޑު އުޅަނދު ފަހަރުން ދެމީހުން މި ބައްޔަށް އިއްޔެ ފައްސިވެފައި ވެއެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 106،595 އަށް […]

އިންޑޮނީޝިޔާގެ ވެރިރަށް ބަދަލު ކޮށްފި

އިންޑޮނީޝިޔާގެ ވެރިރަށް ބަދަލުކޮށްފައިވާކަމަށާއި އައު ވެރިރަށުގެ ނަމަކީ ނުސަންތަރާ ކަމަށް އެގަމުން އަންގާރަ ދުވަހު އިއުލާން ކޮށްފިއެވެ. މިކަން ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވެސް ފާސް ކޮށްފައެވެ. މިފަދަ ބަދަލެއް ގެންނަން އެގައުމުން ނިންމާފައި ވަނީ ކުރިން ވެރިކަން ކުރަމުން އައި ރަށް ޖަކާޓާގެ ބިންގަޑު ވަރަށް ބޮޑަށް އަޑިޔަށް ދާކަމަށް ފާހަގަ ކުރެވިފައިވާތީ އެވެ. މީގެ އިތުރުން ވައިނުސާފުވުމުގެ މައްސަލައާއި ޓްރެފިކް ތޮއްޖެހުން ވެސް ޖަކާޓާއަށް ކުރިމަތިވެފައިވާ މައިގަޑު މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ. […]

​ގްރެފިޓީތައް އަލުން ކުރަހާ މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅަނީ!

​ފާރުތަކުގައި ގްރެފިޓީތައް އަލުން ކުރުހާ މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ​މާލޭގެ އެކި މަގުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމަށް ފުލުހުންނާއި ގުޅިގެން ސިޓީ ކައުންސިލުން މަސައްކަތް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ މަސައްކަތުގެ ތެރެއިން މާލޭގެ ގިނަ ސަރަހައްދުގައި ކުރަހާފައިވާ ގްރެފިޓީތައް ކައުންސިލް ވަނީ ފޮހެލާފައެވެ. އެ މަސައްކަތުގެ ތެރެއިން މާލޭގެ ގިނަ ސަރަހައްދުގައި ކުރަހާފައިވާ ގްރެފިޓީތައް ކައުންސިލް ވަނީ ފޮހެލާފައެވެ. ގިނަ ސަރަހައްދުގައި ހުރި ގްރެފިޓީތައް ފޮހުނުތާ މަދު […]

މުޣަލް އެމްޕަޔަރ-19

https://sandhaanu.today/18059/  އާއި ގުޅޭ ސިކުންގެ އިސްވެރިންގެ އިދާރީހިންގުމުގައި މުޣަލްގެ ގިނަ އާދަކާދަތަކެއް ހިފޭއްޓިއެވެ. އޭގެ ތެރޭގައި ސިކުންގެ ވެރިންނާ ގުޅުންހުރި މީހުންނަށް އިސް މަގާމުތައް ޚާއްސަ ކުރުމާއި ސަރުކާރު ހިންގުމުގެ އޮނިގަނޑުގައި މުޣަލުންގެންގުޅުނު ފަދައިން ފާރިސީންގެ ނިޒާމުތައް ހިފާއްޓަމުން ގެންދިޔައެވެ. ސިކުންގެ އެންމެބޮޑެތި އިލްމުވެރިން ކަމުގައި ހިމެނޭ ގިނަ މީހުން ޚަތުރީންގެ ނަސްލަށް ނިސްބަތް ކުރެވޭނަމަވެސް ސިކުންގެ ވެރިންކަމުގައި ގިނައީ ޖަޓުންގެ ނަސްލަށް ނިސްބަތްކުރެވޭ މީހުންނެވެ. ބައެއް ލިއުންތެރިން ފާހަގަކުރާގޮތުގައި ޖަޓުންނަކީ ސިކުންގެ ހަތަރު ނަސްލުގެ ތެރެއިން […]