ނޭޕާލްގައި އެއްދުވަހުގެ ތެރޭގައި ކޮވިޑްގެ އެގާރަހާސް މަރު

Loading

Facebook
Twitter
WhatsApp

ނޭޕާލްގައިވެސް ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އަންގާރަ ދުވަހު އެކަނިވެސް 10,258

އައު ކޭސް ރިކޯޑް ކުރެވިފައިވާ ކަމަށް އެގަމުގެ ރަސްމީ ހިސާބު ތަކުން ދައްކައިފި އެވެ. އަދި މި އަދަދު ޖަނަވަރީ މަސްނިމޭއިރު ދެގުނަ އަށް އިތުރުވާނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައި ވެއެވެ.

ދިހަހާހަށްވުރެ ގިނަ މީހުންނަށް އަލަށް ކޮވިޑް ޖެހިފައިވާއިރު ކޮވިޑްބަލީގައި އަންގާރަ ދުވަހު އެކަނި 11,624 މީހުން މަރުވެފައިވެސް ވެއެވެ.

ނޭޕާލްގައި ކުރިން އެއްދުވަހު އެންމެ ގިނައިން ކޮވިޑްބަލީގައި މީހުން މަރުވެފައިވަނީ މިދިޔަ އަހަރުގެ މޭމަހުއެވެ. އެއީ 9,483 މީހުންނެވެ.

ނޭޕާލްގައި ކޮވިޑް ކޭސްތައް ދުވާލަކު ރެކޯޑް ކުރެވޭ އަދަދު މިހާ ބޮޑުތަމުން މައްޗަށް ގޮސްފައިވުމާއެކު ސިއްހީ ނިޒާމަށް ވަނީ ވަރަށް ބާރު ބޮޑުވެފައެވެ. ނަމަވެސް ސިއްހީ އިދާރާ ތަކުން ބުނަމުން ދަނީ މިދިޔަ އަހަރު މޭމަހު ދިމާވި ގޮތަށް އޮކްސިޖަން ނުލިބިގެން މީހުން މަރުވާވަރު މިފަހަރު ނުވާނެ ކަމަށެވެ.

ނޭޕާލްގައި 30 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިރު އާބާދީގެ 40.6 އިން ސައްތައަށް ވަނީ ވެކްސިން ޖަހާފައެވެ. އަދި މިހަފްތާގެ ހޯމަ ދުވަހު ވަނީ ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޫސްޓަރ ޑޯޒް ޖަހަން ފަށާފައެވެ.

ނޭޕާލްގެ ހާލަތު މިގޮތަށް އޮތްއިރު އަވަށްޓެރި ބޫޓާންގެ ހާލަތުވެސް ގޯސްވެ 141 ކޮވިޑް ކޭސް އަލަށް ރިޕޯޓް ކޮށްފައި ވެއެވެ. މިއީ ކޮވިޑްގެ ޕެންޑަކިކް ފެށުނު ފަހުން އެންމެ ގިނައިން އެއްދުވަހު އެގައުމުގައި ރެކޯޑް ކުރެވުނު އަދަދު ކަމަށް ވެއެވެ.

 

 

 

 

Loading

One Response

  1. ސުބުހާނަﷲ، ހާދަ ދެރައޭ. ނިކަމެތި ފަގީރު ގައުމެއް ނޭޕާލަކީވެސް. އެންމެނަށް އަވަސް ޝިފާއަކަށް އެދެމެވެ. ﷲގެ އިރާދަފުޅާއިއެކު އަވަހަށް ކޮވިޑްގެ މިނުރައްކާއިން އެންމެން ސަލާމަތް ކުރަށްވާށިއެވެ. އާމީން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް