އިންޑޮނީޝިޔާގެ ވެރިރަށް ބަދަލު ކޮށްފި

Loading

Facebook
Twitter
WhatsApp

އިންޑޮނީޝިޔާގެ ވެރިރަށް ބަދަލުކޮށްފައިވާކަމަށާއި އައު ވެރިރަށުގެ ނަމަކީ ނުސަންތަރާ ކަމަށް އެގަމުން އަންގާރަ ދުވަހު އިއުލާން ކޮށްފިއެވެ. މިކަން ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވެސް ފާސް ކޮށްފައެވެ.

މިފަދަ ބަދަލެއް ގެންނަން އެގައުމުން ނިންމާފައި ވަނީ ކުރިން ވެރިކަން ކުރަމުން އައި ރަށް ޖަކާޓާގެ ބިންގަޑު ވަރަށް ބޮޑަށް އަޑިޔަށް ދާކަމަށް ފާހަގަ ކުރެވިފައިވާތީ އެވެ.

މީގެ އިތުރުން ވައިނުސާފުވުމުގެ މައްސަލައާއި ޓްރެފިކް ތޮއްޖެހުން ވެސް ޖަކާޓާއަށް ކުރިމަތިވެފައިވާ މައިގަޑު މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ. ޓްރެފިކްގެ ތޮއްޖެހުން ބޮޑުކަމުން ސަރުކާރުގެ އިސްބޭފުޅުން މުހިންމު ބައްދަލުވުންތަކަށް ގަޑިޔަށް ވަޑައިގަތުމަށް ޓަކައި ޕޮލިސް އެސްކޯޓު ބޭނުންކުރަން ޖެހުމަކީ ވަރަށް އާންމު ކަމެކެވެ.

އައު ވެރިރަށް ނުސަންތަރާ ގާއިމު ކޮށްފައި ވަނީ ޖަކާޓާއާ 1300ކިލޯ މީޓަރު ދުރުގައިވާ ބޯނިއޯ ޖަޒީރާގައެވެ.

މިބަދަލު ގެނައުމަށް ގާނޫނު ހަދާ މަޖިލީހަށް ފުރަތަމަ ހުށައަޅާފައި ވަނީ 2019 ވަނަ އަހަރުގައެވެ.

ދިހަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަކާޓާގެ ބިންގަޑު އަޑިޔަށް ދަމުން ގޮސް ބަޔެއް ހިސާބުތައް 4 މީޓަރު ވަރަށް ވެސް އަޑިޔަށް ގޮސްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މިހެންވާން ދިވާވާ އެންމެ ބޮޑު ސަބަބަކީ ބިމުގެ ފެން އާންމު ބޭނުންތަކަށްޓަކައި މާގިނައިން ނަގަމުން ދިއުމެވެ. އިންޑޮނީޝިޔާގައި ގިނަބަޔަކު ބުއިމަށާއި އާންމު ހުރިހާ ބޭނުންތަކަށް ވެސް ބޭނުން ކުރަނީ ބިމު އަޑިން ނަގާފެނެވެ.

އައު ވެރިރަށް ނުސަންތަރާގެ އާބާދީ އަކީ 3.7 މިލިއަންއެވެ. އެހެންކަމާއެކު މިއައު ބަދަލާ ގުޅިގެން ކުރީގެ ވެރިރަށަށް އޮތް ގޮންޖެހުންތައް ލުއިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް