ރައީސް ޔާމީން ކޮމަންޑޫއަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދު  ޔާމީން ކޮމަންޑޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ރައީސް ޔާމީން ކޮމަންޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އެ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު، މޫސާ ފަތުޙީގެ ކެމްޕެއިނުގައި ބައިވެރިވެ ވަޑައިގަތުމަށެވެ. ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ކޮމަންޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ހުކުރު ދުވަހުއެވެ. އެމްޑީޕީއިން ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ލޯންޗު ކުރުމަށް އެޕާޓީއިން ބާއްވާ ޖަލްސާގައި […]

އިޓަލީން އިންޑިޔާއަށް ދިޔަ ފްލައިޓެއްގައި ކޮވިޑު ޖެހިފައިވާ 125 މީހުން

އިޓަލީން އިންޑިޔާގެ އަމްރިޓްސާއަށް ދަތުރުކުރި ފްލައިޓަކުން 125 ފަސިންޖަރުން ކޮވިޑް-19 އަށް ފައްސި ވެފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ. މިބޯޓުން ކުޑަކުދިންނާއެކު 179 ފަސިންޖަރުން ދަތުރުކޮށްފައިވާއިރު، ކޮވިޑަށް ޓެސްޓް ކޮށްފައިވަނީ ހަމަ އެކަނި ބޮޑެތި މީހުން ކަމަށް އިންޑިޔާގެ ސިއްހީ އޮފިޝަލުންނާ ހަވާލާ ދީ ޚަބަރުތައް ބުނެއެވެ. އިންޑިޔާގައިވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވެއެވެ. މިގޮތުން ހަ ގުނައިގެ އިތުރު ވުމަކަށްގޮސް ބުރާސްފަތި ދުވަހު އެކަނިވެސް 90 ހާހަށް ވުރެގިނަ މީހުން ކޮވިޑަށް ފައްސި […]

ޗައިނާއިން ފަގީރު ގައުމުތަކަށް ދޭ ލޯން ތަކުގެ ސަބަބުން އެގައުމުތަކަށް ނުއުފުލޭފަދަ ދަރަންޏަށް ހުށައެޅެނީތަ؟

ދުނިޔޭގެ ފަގީރު ގައުމުތަކަށް ޗައިނާއިން ލޯން ދޫކުރުމުގައި ލުއި އުސޫލުތަކެއް ގެންގުޅޭއިރު މިކަމުގެ ސަބަބުން އެގައުމުތަކުން ލޯން އަނބުރައި ދެއްކުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ އެކިފަރާތްތަކުން ޗައިނާއާ ދެކޮޅަށް ފާޑު ކިއުންތައް އަމާޒު ކުރަމުން ދާކަމުގެ އަޑުތައް ފެތުރިފައި ވެއެވެ. ޗައިނާއިން ބުނާ ގޮތުގައި އެއީ ހަގީގަތެއް ނޫނެވެ. އެއީ ހުޅަގުގެ ބައެއް ގައުމުތަކާއި އެމީހުންނނާއި ގުޅުން ބަދަހި ފަރާތްކުން ޗައިނާގެ އަބުރު ކަތިލުމަށް ކުރާ މަސައްކަތެކެވެ. އަދި ޗައިނާއިން ލޯން ނެގުމުގެ […]

ރާއްޖޭގެ ހަގީގީ އިގުތިސާދީ މާހިރަކީ ގާސިމް އިބްރާހީމް

އޮނަރަބްލް ގާސިމް އިބްރާހީމް ރާއްޖޭގެ ފިނޭންސް މިނިސްޓަރަކަށް ވަޑައި ގެންނެވި އިރު އާމުދަނީގެ ގޮތުގައި ރާއްޖެއަށް ލިބެނީ 7 ބިލިއަން ރުފިޔާއެވެ. މި މިންވަރަކީ ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ޖެހޭ އަސާސީ ހައްގުތައް ފުއްދައި ދެވޭވަރުގެ އާމުދަނީއެއް ނޫނެވެ. އެހެންކަމާއެކު އެމަނިކުފާނު ފިނޭންސް މިނިސްޓަރު ކަމުގައި އެކިގޮތް ގޮތުން ރާއްޖޭގެ އިގުތިސާދީ ދުވެލި ބާރު ކުރުމުގެ ޢަމަލީމަސައްކަތް ފައްޓަވައި ދެއްވިއެވެ. ޓޫރިޒަމް ދާއިރާއިންނާއި ވައިގެ ދަތުރުފަތުރު ކުރާ ފަރާތްތަކުން ޓެކްސް ނެންގެވުމަށް ނިންމަވައި ގާނޫނުތަކާއި ގަވާއިދުތައްތައް ހެއްދެވިއެވެ. […]

ދުނިޔޭގެ އެންމެ މުއްސަނދިން އިތުރަށް މުއްސަނދި ވަނީ

ފާއިތުވި އަހަރު ދުނިޔޭގެ އެންމެ މުއްސަދި 500 މީހުންގެ ޖުމްލަ އާމުދަނީއަށް އިތުރަށް އެއްޓްރިލިއަން ޑޮލަރު ލިބި ބޮޑުތަނުން އެމީހުން މުއްސަނދި ވެއްޖެއެވެ. ބްލޫމްބާރގްގެ ބިލިއަނަރ އިންޑެކްސް އާ ހަވާލާދީ ”ސީ އެން އެން ބިޒްނަސް“ އިން ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެންމެ މުއްސަދި މީހާކަމަށް ރިކޯޑްކުރެވިފައިވާ އެލޮން މަސްކް (ފޮޓޯ) އަށް އެކަނިވެސް ފާއިތުވި ބާރަ މަސް ދުވަހުގެ ތެރޭގައި 118 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. ފާހަގަކޮށްލެވޭހާ ބޮޑަށް މުއްސަނދިކަން އިތުރުވި އެހެން ބިލިއަނަރުންގެ ތެރޭގައި […]

އުއިޣޫރު މުސްލިމުން ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް ދައުވާ އުފުލައިފި

ޗައިނާގެ އުއިޣޫރު މުސްލިމުންގެ ބަޔަކު ޗައިނާގެ ބަޔަކާ ދެކޮޅަށް ތުރުކީގެ ޕްރޮސެކިއުޓަރަކަށް ޖިނާޢީ މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލައިގައި ގިނަ އަދަދެއްގެ މީހުން މެރުމުގެ އިތުރުން އަނިޔާކުރުމާއި ރޭޕްފަދަ އަމަލުތަކުގެ ތުހުމަތު ވަނީ ޗައިނާ އޮފިޝަލުންގެ ބޮލުގައި އަޅުވާފައެވެ. ތުރުކީގެ ލޯޔަރެއް ކަމަށްވާ ގުލްޑެން ސޮންމެޒް އަންގާރަ ދުވަހު ބުނި ގޮތުގައި ބައިނަލްއަގުވާމީ ފަރާތްތަކުން ފިޔަވަޅު އަޅާފައި ނުވުމުގެ ސަބަބުން މިއީ، ކުރިޔަށް ގެންދަން ޖެހޭ މައްސަލައެކެވެ. ޗައިނާގެ ސަރުކާރުން އަންނަނީ 2016ވަނަ އަހަރުއްސުރެ މިލިއަނެއްހާ އުއިޣޫރު […]

އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްއެއްކަމަށް ބެލެވޭ މިސައިލްއެއް ޓެސްޓު ކޮށްފި: ޖަޕާން، ދެކުނު ކޮރެއާ

އުތުރު ކޮރާއިން ބުދަ ދުވަހު ބެލިސްޓިކް މިސައިލެއް ކަމަށް ބެލެވޭ އެއްޗެއް އެ ގައުމުގެ އިރުމަތީ ފަރާތު ގޮނޑުދޮށުން ފޮނުވާފައި ވާކަމަށް ޖަޕާނާއި ދެކުނު ކޮރެއާއިން ބުނެފިއެވެ. ޖަޕާނާއި ދެކުނު ކޮރެއާއިން ހާމަކުރިގޮތުގައި މިއީ ނިއުކްލިއާ ހަތިޔާރު ގެންގުޅޭ އުތުރު ކޮރެއާއިން މި އާ އަހަރު އެމީހުންގެ ބާރު ދެއްކުމުގެ ގޮތުން ކުރި މިފަދަ ފުރަތަމަ ޓެސްޓެވެ. މި ރޮކެޓް ފޮނުވާފައިވާކަން ފުރަތަމަ ރިޕޯޓް ކޮށްފައިވަނީ ޖަޕާނު ކޯސްޓް ގާރޑުންނެވެ. އެމީހުން ބުނެފައިވާ ގޮތުގައި ބެލިސްޓިކް މިސައިލެއް […]

ގެރެންޓީއަކާ ނުލައި ދައުލަތުގެ މަޝްރޫއުތަކަށް އެޑްވާންސް ދެން ފައިސާ ދެވޭނެ.

ދައުލަތުގެ ބައެއް މަޝްރޫއުތަކުގައި ގެރެންޓީއަކާ ނުލައި އެޑްވާންސަށް ފައިސާ ދެވޭ ގޮތަށް މާލިއްޔަތު ގަވއިދަށް ސަރުކާރުން ބަދަލު ގެންނަވައިފިއެވެ. މި ބަދަލު ގެނައުމުގެ ކުރިން މާލިއްޔަތު ގަވައިދުގައި އޮންނަނީ، އެޑްވާންސް ކޮށް ފައިސާ ދެވޭ މަޝްރޫއުތަކަށް ވެސް އެޑްވާންސް ފައިސާ ދޫކުރެވޭނީ ދޫކުރާ ފައިސާއާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދުމަށްފަހުގައި ކަމަށެވެ. އެއީ ދައުލަތަށް އެފައިސާ ދިނުމުގެ ރިސްކް ކުޑަކުރުމުގެ ގޮތުންނެވެ. އެހެނީ އެފަދައިން ދޫކުރާ ފައިސާ ނެގުމަށްފަހު ކޮންޓްރެކްޓަރ އެފަދަ ޕްރޮޖެކްޓްތަކުގެ މަސައްކަތްނުނިންމާ ޚިޔާނާތްތެރިވާތީއެވެ. މާލިއްޔަތު […]

ލޯބީގެ މަންޒިލު-16

/https://sandhaanu.today/17568/  އާ ގުޅޭ މެންދުރުން އަނބުރާ ދޭއް ޖެހިއިރު ސަރޫޕާއި އޭނާގެ ބައްޕަ ރާމް ގެއަށް އަތުވެއްޖެއެވެ. މިއަދަކީ ސުޝީލާގެ އުފަން ދުވަސްކަމަށް ވުމުން މެންދުރު ކާގަޑި ޖެހުމުން ހުރިހާ މުއައްޒިފުން ގެއަށް ފޮނުވާލައިފި އެވެ. އެ ދެ ބަފައިން ގެއަށް އައީއްސުރެ ގޭތެރޭގައި މީހުން އޮތީ ފުރިބާރުވެފައެވެ. ނިރޯތަމް ދާސްގެ އަންހެން ދަރިފުޅު ސުޝީލާގެ އުފަންދުވަހުގެ މުނާސަބާ ފާހަގަކުރުމަށްޓަކައި ބާއްވާ ޕާޓީއަށް ރާމްއާއި ސަރޫޕަށް ދައުވަތު ލިބުނުކަން މުޅި އަވަށުގެ އެންމެންނަށް އެނގިއްޖެއެވެ. ލާނެ ރަނގަޅު […]

މާވިން އާއި ލަމްހާގެ މައްޗަށް ދަޢުވާ އުފުލައި މައްސަލަ ކުރިމިނަލް ކޯޓަށް!

އައިޖީއެމްއެޗް ގައި ހީމޯ ޑަޔަލަސިލް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ފިލިޕިންސްގެ ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ޕީޖީއިން މާވިން އާއި ލަމްހާގެ މައްޗަށް ދަޢުވާ އުފުލައި ކުރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މާވިން އާއި ލަމްހާގެ މައްޗަށް ޕީޖީއިން ދަޢުވާކޮށްފައި ވަނީ ދުރާލައި ރާވައިގެން އޮކްޓޯބަރު 21، 2021 ގައި މޭރީ ދިރިއުޅެމުންދިޔަ މއ. އުދުހޭ ކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި އޭނާ މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައެވެ. އޮކްޓޯބަރު […]