އިޓަލީން އިންޑިޔާއަށް ދިޔަ ފްލައިޓެއްގައި ކޮވިޑު ޖެހިފައިވާ 125 މީހުން

Loading

Facebook
Twitter
WhatsApp

އިޓަލީން އިންޑިޔާގެ އަމްރިޓްސާއަށް ދަތުރުކުރި ފްލައިޓަކުން 125 ފަސިންޖަރުން ކޮވިޑް-19 އަށް ފައްސި ވެފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

މިބޯޓުން ކުޑަކުދިންނާއެކު 179 ފަސިންޖަރުން ދަތުރުކޮށްފައިވާއިރު، ކޮވިޑަށް ޓެސްޓް ކޮށްފައިވަނީ ހަމަ އެކަނި ބޮޑެތި މީހުން ކަމަށް އިންޑިޔާގެ ސިއްހީ އޮފިޝަލުންނާ ހަވާލާ ދީ ޚަބަރުތައް ބުނެއެވެ.

އިންޑިޔާގައިވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވެއެވެ. މިގޮތުން ހަ ގުނައިގެ އިތުރު ވުމަކަށްގޮސް ބުރާސްފަތި ދުވަހު އެކަނިވެސް 90 ހާހަށް ވުރެގިނަ މީހުން ކޮވިޑަށް ފައްސި ވެފައި ވެއެވެ.

ބުރާސްފަތި ދުވަހު 325 މީހުން ކޮވިޑްގައި މަރުވެފައި ވާއިރު މީގެތެރޭގައި އައު ވޭރިއަންޓް އޮމިކްރޮން އަށް ފައްސިވެ މަރުވި ފުރަތަމަ މީހާވެސް ހިމެނެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް