ޕާކިސްތާނަށް ފޭބި ސްނޯގެ ތޫފާނުގައިމަރުވި މީހުންގެ އަދަދު 21 އަށް

ޕާކިސްތާނުގެ އުތުރުގެ ބައެއް ހިސާބުތަކަށް ކުރިމަތިވެގެން އުޅޭ ސްނޯގެ ތޫފާނުގައި މަރުވި މީހުންގެ އަދަދު 21އަށް އަރައިފިއެވެ. މީހުން މަރުވާން ދިމާވީ ވެހިކަލްތަކުގެ މައްޗަށް ސްނޯ ގިނަ އަދަދަކަށް ފައިބައި ކުރިޔަށް ދެވޭގޮތް ނުވެ ވެހިކަލްތަކުގައި މީހުން ބަންދު ވުމުގެ ސަބަބުންނެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް މިހާރު ސިފައިން ނެރެފައިވާއިރު މިހާތަނަށް ތިންސަތޭކަ އެއްހާ މީހުންސަލާމަތް ކުރެވިފައިވާ ކަމަށް އިމަރޖެންސީ ރެސްކިއު ސަރވިސަސް އިން ހާމަ ކޮށްފައިވެއެވެ. ޕާކިސްތާންގެ ދާޚިލީ ވަޒީރު ޝޭއިޚް ރަޝީދު ވިދާޅުވީ […]

މިއޮތީ ފޮތް ކިއުމަށް މާފަސޭހަ ގޮތެއް

    ފޮތް ކިއުމަކީ އަޅުގަޑުމެންގެ ތެރެއިން ގިނަ ބަޔަކު ވަރަށް ކުރާހިތްވާ ކަމެކެވެ. އަދި ގެޔަކަށް ނިސްބަތްކޮށް ބުނާނަމަވެސް އެގެއެއްގައި ފޮތް ހަރުގަޑެއް ނެތް ގެޔަކީ ފަޅު ތަނެއްގެ ގޮތުގައި ބަޔެއް ފަރާތްކުން ސިފަ ކުރެއެވެ. ދުނިޔޭގެ މަޝްހޫރު ކާމިޔާބު އެކި ފަރާތްތަކުން އެމީހުންގެ ކާމިޔާބީގެ ފަހަތުގައި ވަނީ ފޮތްކިއުން ކަމަށް ބުނެފައި ވެއެވެ. މިގޮތުން އެމެރިކާގެ މަޝްހޫރު މަހުޖަނު، ބިލިއަނަރ ވޮރެން ބަފެޓްގެ ކާމިޔާބީގެ ސިއްރަކީ ވެސް ފޮތް ވިދާޅުވުންކަމަށް ހާމަކުރައްވާފައި ވެއެވެ. ބަފެޓް […]

ރާއްޖޭގެ ސިއްހީ ނިޒާމު ވަނީ ވަރަށް ބޮޑަށް ފެއިލު ވެފައި

ރާއްޖޭގެ ވެރިރަށް މާލެ ހިމެނޭ ސަރަޙައްދުގައި ސަރުކާރުން ހިންގާ ހަސްފަތާލުތަކުން އާންމު ބަލިތަކަށް މެނުވީ ގިނަ ފަހަރަށް ފަރުވާ ލިބުން އޮންނަނީ ދަތި ކަމަކަށްވެފައެވެ. މާލެ ސަރަޙައްދުގައި ރާއްޖޭގެ އާބާދީގެ ބޮޑު ބައި ދިރި އުޅެމުން އަންނަ އިރު ތޮއްޖެހިފައި ވާ މިފަދަ ބޮޑު އާބާދީ އާ އެކަށޭނެ މިންވަރަށް ޑޮކްޓަރުން ނެތުމަކީ މިސަރަޙައްދުގެ ސިއްހީ ދުޅަ ހެޔޮކަމަށް ހުރި ގޮންޖެހުމެކެވެ. ރާއްޖޭގެ އެތަން މިތަނުން ޑޮކްޓަރަށް ދައްކަން މާލެ އައިސް ކިޔޫގައި ތިބެން ޖެހުމުން އެރައްޔިތުންނަށް […]

ކޮވިޑް 19: އަދަދުތައް މައްޗަށް!

ކޮވިޑް-19 ގެ އާ ވޭރިއަންޓް އާއި އެކު ހަލުވިކަމާއެކު ކޮވިޑް ފެތުރި، އަދަދުތައް މައްޗަށް ދާން ފަށައިފިއެވެ. މިއަދު ރާއްޖެއިން ކޯވިޑް19 އަށް ފައްސިވެފައިވަނީ 337 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 129 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 99 މީހަކާއި ސަފާރީތަކުން 2 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 101 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 97,668 އަށް އަރައިފައެވެ. […]

އަންހެންކުއްޖެއްގެ މައްސަލައެއްގައި ބޮޑު މާރާމާރީއެއް

  ފ. ނިލަންދޫގައި އަންހެންކުއްޖެއްގެ މައްސަލައިގައި އަރައިރުންވެ ބޮޑު މާރާމާރީއެއް ހިގައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ހިންގި މި މާރާމާރީގައި ކުއްޖެއްގެ ބޮލަށް ޒަހަމްތަކެއް ލިބި އިތުރުފަރުވާއަށް އެ ކުއްޖާ ވަނީ މާލެ ގެނެސްފަރުވާ ދޭން ފަށާފައެވެ. މި މާާރާމާރީގައި ބައިވެރިވެފައިވަނީ އުމުރުން 17 އަހަރުގެ ކުޑަކުދިންތަކެއް ކަމަށް ވެއެވެ. އަދި މާރާމާރީގައި ޒަހަމްވެގެން އިތުރު ފަރުވާއަށް މާލެ ފޮނުވީވެސް އުމުރުން 17 އަހަރުގެ ކުއްޖެކެވެ. ރަށުން ވާހަކަދެއްކި މީހަކު ބުނީ އެ ކުއްޖާއަށް އަނިޔާ […]

އިންސާނީ ވަގުފާރީގެ މައްސަލައަކާ ގުޅިގެން ދެ ދިވެއްސަކު ހައްޔަރުކޮށްފި

    އިންސާނީ ވަގުފާރީގެ މައްސަލައަކާ ގުޅިގެން ދެ ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފިއެވެ. އިންސާނީ ވަގުފާރީގެ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ ރޯޝަނީމާގޭ މޫސާ ފަތުހީ ( 35)  އާއި ހ. ސީސްޕީޑް މުހައްމަދު ވަހީދު ( 65) އެވެ. މި މައްސަަލައިގައި އެ ދެ މީހުން ހައްޔަރުކޮށް އެމީހުން ހައްޔަރުކޮށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ މިދެމީހުންނަށް 10 ދުވަހުގެ ބަންދެއް ޖަހާފައެވެ.   ކޯޓް އަމުރުގައި ބުނެފައިވަނީ […]

އިޓަލީން އިންޑިޔާއަށް އަނެއްކާވެސް ”ބޯޓެއްގެ ފުރާ“ ކޮވިޑް

ދެދުވަހުގެ ތެރޭ އިޓަލީން އިންޑިޔާއަށް ދިޔަ ދެވަނަ ފްލައިޓަކުން ދަތުރުކުރި ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ކޮވިޑްޖެހިފައި ތިބިކަން ހާމަވެއްޖެ އެވެ. ޚަބަރު ލިބިފައިވާގޮތުގައި ހުކުރު ދުވަހު އިޓަލީގެ ރޯމުން އިންޑިޔާގެ އަމްރިތުސަރުއަށް ދަތުރުކުރި ފްލައިޓަކުން ދަތުރު ކުރި 173މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަން މިހާރު ވަނީ ޔަގީންވެފައެވެ. ބުދަދުވަހު އިޓަލީގެ މިލާނުން އަމްރިތުސަރުއަށް ދަތުރުކުރި ބޯޓަކުންވެސް ސަތޭކައަށް ވުރެގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ހާމަވެފައި ވެއެވެ. އިޓަލީ އާއި އިންޑިޔާ އަކީ މިހާރު އަނެއްކާވެސް […]

މިނިވަން ނޫސްވެރިކަމަކީ ނަމެއް، އެއީ ބަލައިގަންނަން އުނދަގޫ ކަމެއް

ބައިނަލްއަގުވާމީ ދުނިޔޭގައި އަބަދުވެސް އެންމެ އަޑުހަރުކޮށް ދެކެވޭ އެއްވާހަކައަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކައެވެ. ދުނިޔޭގައި ނަގާކިޔާ ހުރިހާ ގައުމަކުންވެސް އަންނަނީ ނޫސްވެރިކަން ކުރިއަރުވައި އެ ގައުމަކުން ނޫސްވެރިކަމަށް އިސްކަންދޭ މިންވަރު އެހެން ގައުމުތަކަށް އަންގައިދިނުމަށް މަސައްކަތްކުރަމުންނެވެ. އަދި އެހެން ގައުމަކުން ނޫސްވެރިކަމަށް ހުރަސްއަޅައިފި ކަމުގެ ޚަބަރެއް ފެތުރިއްޖެނަމަ އެ ކަމެއް ކުށްވެރި ކުރުމަށްވެސް މިފަދަ ގައުމުތަކުން އިސް ސަފުގައި ބައިވެރިވެއެވެ. ނަމަވެސް މިއަދު ވިސްނާލަންޖެހޭ އެންމެ މުހިންމު އެއް ސުވާލަކީ މިފަދަ ގައުމުތަކުގެ ބަހާއި އަމަލާ ދިމާވޭތޯއެވެ. […]

ދުނިޔެއަށް ކޮވިޑް-19ގެ ސުނާމީއެއް

ކޮވިޑް-19ގެ އައު ވޭރިއަންޓް އޮމިކްރޯން ގެ ސަބަބުން ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ގިނަ އަދަދަކަށް މީހުން މަރުވަމުން އެބަ ދާކަމަށާއި އެހެން ކަމުން އައުވޭރިއަންޓަކީ ވަކި ބާރު ދެރަ ވައްތަރެއް ކަމަށްސިފަ ނުކުރުމަށް ޑަބްލިއު އެޗްއޯ އިން އަންގައިފިއެވެ. ޑެލްޓާ ވޭރިއަންޓަށް ވުރެ އޮމިކްރޯން ބާރު ދެރަ ކަމަށްތަހުލީލުތަކުން ދެއްކި ނަމަވެސް ބަލިޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރު ވަމުންދާތީ ސިއްހީ ނިޒާމުތަކަށް ބުރަބޮޑުވެ ނުތަކާވަރުވެފައިވާ ކަމަށާއި އެހެން ކަމުން އައު ވޭރިއަންޓަކީ ބާރުދެރަ ވައްތަރެއް […]

އިންޑިޔާގައި އެއްދުވަހުގެ ތެރޭގައި ލައްކައަކަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިއްޖެ

ކޮވިޑް-19 ޖައްސާ ވައިރަސްގެ އައު ވޭރިއަންޓް ”އޮމިކްރޮން“ އަކީ މާހަލުވިކޮން ފެތުރޭ ވޭރިއަންޓެއްކަން އެގިފައިވާއިރު، އިންޑިޔާގައިވެސް ބަލިފެތުރޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެ، 117,100އިތުރު މީހުންނަށް ކޮވިޑް ޖެހިއްޖެ ކަމަށް ހުކުރު ދުވަހުގެ ރިޕޯޓް ތައް ބުނެފިއެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހަށް ފަހު އެއްދުވަހާ މިހާ މަތިން ކޭސްތައް ރިޕޯޓް ކުރެވުނު ފުރަތަމަ ފަހަރެވެ. ހުކުރު ދުވަހު 302 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާއިރު ކޮވިޑް ބަލީގައި އިންޑިޔާއިން މިހާތަނަށް 483,178 މީހުން […]