އަންހެންކުއްޖެއްގެ މައްސަލައެއްގައި ބޮޑު މާރާމާރީއެއް

Loading

Facebook
Twitter
WhatsApp

 

ފ. ނިލަންދޫގައި އަންހެންކުއްޖެއްގެ މައްސަލައިގައި އަރައިރުންވެ ބޮޑު މާރާމާރީއެއް ހިގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ހިންގި މި މާރާމާރީގައި ކުއްޖެއްގެ ބޮލަށް ޒަހަމްތަކެއް ލިބި އިތުރުފަރުވާއަށް އެ ކުއްޖާ ވަނީ މާލެ ގެނެސްފަރުވާ ދޭން ފަށާފައެވެ.

މި މާާރާމާރީގައި ބައިވެރިވެފައިވަނީ އުމުރުން 17 އަހަރުގެ ކުޑަކުދިންތަކެއް ކަމަށް ވެއެވެ. އަދި މާރާމާރީގައި ޒަހަމްވެގެން އިތުރު ފަރުވާއަށް މާލެ ފޮނުވީވެސް އުމުރުން 17 އަހަރުގެ ކުއްޖެކެވެ.

ރަށުން ވާހަކަދެއްކި މީހަކު ބުނީ އެ ކުއްޖާއަށް އަނިޔާ ކޮށްފައިވަނީ ގަަލުން ކަމަށާ އެ ކުއްޖާގެ ބޮލުގެ ފަސްވަރަކަށް ތަނެއް ފަޅައިގެން ގޮސްފައިވާއިރު އޭނާގެ ހަށިގަނޑުގެ އެކިތަންތާގައި ވެސް ޒަހަމްތައް ހުއްޓެވެ.

ރަށުކައުންސިލާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ މާރާމާރީ ހިންގާފައިވަނީ ހަތް ކުއްޖަކު ވެގެން ކަމަށައީ އޭގެ ތެރެއިން އަނިޔާ ދިނީ ހަތަރު ކުއްޖަކު އަދި އަނެއް ތިން ކުދިން މަސައްކަތް ކުރީ ހުއްޓުވަން ކަމަށް ވެސް ކައުންސިލާއި ހަވާލާދީ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ރިޕޯޓް ކޮށްފައިވާކަމަށާ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ. ަ

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް