އިޓަލީން އިންޑިޔާއަށް އަނެއްކާވެސް "ބޯޓެއްގެ ފުރާ" ކޮވިޑް

Loading

Facebook
Twitter
WhatsApp

ދެދުވަހުގެ ތެރޭ އިޓަލީން އިންޑިޔާއަށް ދިޔަ ދެވަނަ ފްލައިޓަކުން ދަތުރުކުރި ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ކޮވިޑްޖެހިފައި ތިބިކަން ހާމަވެއްޖެ އެވެ.

ޚަބަރު ލިބިފައިވާގޮތުގައި ހުކުރު ދުވަހު އިޓަލީގެ ރޯމުން އިންޑިޔާގެ އަމްރިތުސަރުއަށް ދަތުރުކުރި ފްލައިޓަކުން ދަތުރު ކުރި 173މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަން މިހާރު ވަނީ ޔަގީންވެފައެވެ.

ބުދަދުވަހު އިޓަލީގެ މިލާނުން އަމްރިތުސަރުއަށް ދަތުރުކުރި ބޯޓަކުންވެސް ސަތޭކައަށް ވުރެގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ހާމަވެފައި ވެއެވެ.

އިޓަލީ އާއި އިންޑިޔާ އަކީ މިހާރު އަނެއްކާވެސް ކޮވިޑް ކޭސްތައް ބޮޑުތަނުން ގިނަވަމުން އަންނަ ދެގައުމަށް ވާއިރު އިންޑިޔާގައި ހުކުރު ދުވަހު އެކަނިވެސް އެއްލައްކަޔަށް ވުރެގިނަ ކޮވިޑް ކޭސް ރިޕޯޓް ކޮށްފައިވެއެވެ. އެންމެ ހާލަތު ގޯސް އެއް ސްޓޭޓް ކަމަށްވާ އަމްރިތުސަރުގެ އިތުރުން މުމްބާއި އަދި ނިއުދިއްލީގައި މިހާރު ވަނީ ރޭގަޑު ކާފިއު ހިންގައި އަދި ސްކޫލްތަކާއި ކޮލެޖްތައް ބަންދު ކޮށްފައެވެ.

އަނެއްކޮޅުން ޚަބަރުލިބޭ ގޮތުގައި ބުދަދުވަހުގެ ފްލައިޓުން ދަތުރުކުރި މީހުންގެ ތެރޭން ކޮވިޑަށް ޕޮޒިޓިވް ވެގެން ކަރަންޓީން އަށް ލެވުނު 13 މީހުން ވަނީ ފެސިލިޓީންނާއި ހޮސްޕިޓަލުން ފިލާފައި ކަމަށް އޮފިޝަލުން ހާމަ ކުރައްވާފައިވެއެވެ. ނަމަވެސް މި އެންމެންނާމެދު ފިޔަވަޅުއެޅޭނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އިންޑިޔާގައި މިހާތަނަށް 35 މިލިއަން ކޮވިޑްކޭސް ރިޕޯޓް ކޮށްފައިވެއެވެ.

 

 

 

Loading

One Response

  1. އިންޝާﷲ ދިވެހި ރާއްޖެއަށް ދެން ކޮވިޑްގެ އައު މުސީބާތެއް ކުރިމަތި ނުކުރަށްވާންދޭވެ. އިންޑިއާއިން ޕީސީއާރު ނެގެޓިވް ޓެސްޓް ގަނެވޭއިރު މި އިންޑިއާގެ ޗަމްޗާ ސަރުކާރުން އެބައިމީހުނަށް ރާއްޖެއައުމަށް ދޫ ނުދިނުން އެދި އާދޭސްކުރަމެވެ. އެއަރޕޯޓުން ޓެސްޓްކުރެވިގެން އާދެވޭނެގޮތް އިންޑިއާ، އިޓަލީ އަދި އެހެނިވެސް ރިސްކުބޮޑު ގައުމުތަކުން ރާއްޖެއަންނަ ފަތުވެރީނަށް ހަދައިދެއްވާށެވެ. އެމީހުން އެފައިސާ ދޭނެ ނޫންތޯއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް