އީރާނާއި އޮމާނާ ދެމެދު އޮތް ގުޅުމަކަށް ބަދަލެއް ނާދޭ

މިދިޔަ އަންގާރަދުވަހު އީރާނުގެ ކަނޑުގެ ލަޝްކަރުގެ ކޮމާންޑަރ، ރިއާ އެޑްމިރަލް ޝަހްރާމް އިރާނީ (ފޮޓޯ) އާއި އޮމާންގެ އެސިސްޓެންޓް ޗީފް އޮފް ސްޓާފް ފޯ އޮޕަރޭޝަންސް އެންޑް ޕްލޭނިންގް، ބްރިގޭޑިޔާ ޢަބްދުލް ޢަޒީޒް ޢަބްދުﷲ އަލް މަންތްރީ ވަނީ ބައްދަލު ކުރައްވަވާފައެވެ. ދެ ގައުމުގެ އަސްކަރީ ގުޅުން ވަރުގަދަ ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި މި ބައްދަލުވުމުގައި އިރާނުން އޮމާން ސިފަކޮށްފައި ވަނީ ވަރަށް ގާތް އެކުވެރި ގައުމެއްގެ ގޮތުގައެވެ. އަދި ދީނީ، ސަގާފީ، އިގުތިސާދީ […]
ފުންކޮށް ވިސްނުމަށްފަހު މެނުވީ ގައުމަށް ވެރިޔަކު އިޚްތިޔާރު ނުކުރާށެވެ!

މި ގައުމުގައި މިވަގުތު ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ކޮރަޕްޝަނާއި ފަސާދައާއި އަނިޔާވެރިކަމުގެ ލިސްޓުން އިސްތިސްނާވާ ބޭފުޅަކަށް މެނުވީ ގައުމުގެ އެންމެ މަތީވެރިކަން ދީގެން ނުވާނެއެވެ. އަދި އެބޭފުޅަކު ވާންޖެހޭނީ ގައުމުގެ އިގުތިސާދު ފުޅާކޮށް ގައުމު ދަރާފައިވާ ދަރަނިތަކުން ސަލާމަތްކޮށް ދެވޭ ވަރުގެ އިގުތިސާދީ މާހިރަކަށެވެ. ވައްކަމާއި ފަސާދައާއި އިސްރާފު ބޮޑުވެ ގައުމުގެ ޚާޒާނާ ހުސްވުމުން އޭގެ ނޭދެވޭ އަސަރު ތަޙައްމަލް ކުރަން ޖެހެނީ ރައްޔިތުންނަށެވެ. ތަރައްގީގެ ނަމުގައި ހިންގާ މަޝްރޫޢުތަކަކީ ވެރިންގެ ޖީބުތައް ފުރާލުމަށް ޓަކައި […]
119 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

119 ކިލޯގެ މަސްތުވާތަކެތި ފާއިތުވެދިޔަ 48 ގަޑިއިރުތެރޭ އަތުލައިގެންފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ( ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. ސީޕީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ 28 ޕެކެޓްގެ މަސްތުވާތަކެތި އަތުލައިގެންފައި ކަމަށެވެެ. އަދި އޭގެ ފަހުން ހިންގި އޮޕަރެޝަނެއްގައި އިތުރު 91 ޕެކެޓް މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. ސީޕީ ވިދާޅުވީ ޕެކެޓް ތަކުގައި ބަންދުކޮށްފައި ހުރި މަސްތުވާތަކެތީގެ ބަރުދަނުގައި 119 ކިލޯ […]
ޕާކިސްތާނުގައި ޕޯލިއޯ ވެކްސިން ޖެހުމުގެ މަސައްކަތުގައި އުޅުނު ފުލުހެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި

ޕާކިސްތާނުގެ ފުލުހުންގެ ޖަމިއްޔާއިން މައުލޫމާތު ދޭގޮތުގައި އެގައުމުގައި ހިންގަމުންދާ ޕޯލިއޯ ވެކްސިން ކެމްޕޭންގައި ހަރަކާތްތެރި ވަމުންދިޔަ ޑޮކްޓަރުންގެ ސަލާމަތީކަންތައްތައް ބަލަހައްޓަން އުޅުނު ފުލުހެއްގެ ގަޔަށް ބަޑިޖަހައި އެމީހާ މިދިޔަ އާދިއްތަދުވަހު މަރާލައިފިއެވެ. މިހަމަލާ ދީފައިވަނީ ކޮންބައެއްކަން ސާފުކޮށް އެނގޭކަށް ނެތެވެ. ނަމަވެސް ބަޑިޖަހާފައި ވަނީ ސައިކަލަކުގައި ދަތުރު ކުރި ދެމީހުންނެވެ. މިދެމީހުން ނިސްބަތް ވަނީ ޕާކިސްތާން ޠާލިބާނުންގެ ޖަމާއަތެއް ކަމުގައިވާ ޓީޓީޕީއަށެވެ. އެޖަމާއަތުން ވަނީ މީގެ ދެ ދުވަސް ކުރިންވެސް ފުލުހަކަށް އަމާޒުކޮށް ހަމަ މިފަދަ ހަމަލާއެއް […]
މެންބަރު ހުސައިން ވަހީދު އަވަހާރަވެއްޖެ، ކަށުނަމާދު އިސްލާމީ މަރުކަޒުގައި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މަޖިލީސް މެންބަރު ހުސައިން ވަހީދު އަވަހާރަވެއްޖެ އެވެ. ހުސައިން ވަހީދު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ މެންދަމުގެވަގުތެއްގައެެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 53 އހަރެވެ. ހުސައިން ވަހީދުގެ މަށްޗަށް ކުރެވޭ ކަށުނަމާދު ބާއްވަނީ އިސްލާމީ މަރުކަޒުގައި މިއަދު މެންދުރުނަމާދުގެ ފަހުގައެވެ. ހުސެއިން ވަހީދު ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އަދި ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައިވެސް ގިނަ […]
އެމެރިކާގެ ކެންޓަކީއަށް އެރި ތޫފާނެއްގައި މަރުވި މީހުންގެ އަދަދު އަދިވެސް ދަނީ މައްޗަށް

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ކެންޓަކީ އަށް އެރި ތޫފާނަކީ މޭޖާ ފެޑަރަލް ޑިޒާސްޓާއެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. ރައީސް ބައިޑެން އެ ގޮތަށް ކަނޑައެޅުއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެއީ ތޫފާން އެސަރަހައްދަށް އެރިތާ ދެ ދުވަސް ފަހުންނެވެ. އެމެރިކާއަށް އެރި ތޫފާނުގައި 30 ނަގޫރޯޅި އެ ގައުމުގެ އެކި ސަރަހައްދުތަކަށް އަރާފައިވެއެވެ. އަދި މި ތޫފާނުން ލިބިފައިވާ ގެއްލުން އަދިވެސް ބަލައި ނުނިމޭކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ މައުލޫމާތު ދީފައެވެ. ތޫފާނުގައި މިހާތަނަށް މަރުވެފައިވާ […]
ކުޑަކުދިންނަށް ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށްގެން ހިންގުމަށް އަންގައިފި

ކުޑަކުދިންނަށް ކިޔަވައދޭ ތަންތަން ރަޖިސްޓްރީކޮށްގެން ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ. އުގަންނައިދޭ ތަންތަން ރަޖިސްޓްރީ ކުރުމަށް އަންގައި މިކަމާގުޅޭ ގަވާއިދު ”ސްކޫލްތައް ފިޔަވާ، ކިޔަވައިދޭ އެނޫންތަންތަން ރަޖިސްޓްރީ ކުރުމާއި ހިންގުމުގެ ގަވާއިދު“ ވަނީ މިހާރު ގެޒެޓްގައި އާއްމުކޮށްފައެވެ. މިގަވާއިދުގެ މަގްސަދަކީ، ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރުމާއި ހިންގުމުގައި އަމަލުކުރާނެ އެންމެހައި އުސޫލުތައް ބަޔާންކުރުމެވެ. މި ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭ ތަންތަން: ބޭބީ ނާސަރީއާއި ނާސަރީއަށް ކިޔަވައިދޭ ތަންތަން […]
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އެހީވާ ފަސް މަޝްރޫއު ހޮވައިފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މިއަހަރުގެ ހަތަރުވަނަ ކުއާޓާގައި އެހީ ފޯރުކޮށްދޭނެ ފަސް މަޝްރޫއު އިއުލާން ކޮށްފިއެވެ. ބީއެމްއެލް އިން ބުނީ، އެ ފަންޑުގެ އެހީތެރިކަމަށް އެދި މި އަހަރުގެ ހަތަރުވަނަ ކްއާޓާއަށް ޕްރޮޕޯޒަލް ހުށަހެޅި މަޝްރޫއުތަކުގެ ތެރެއިން ފަސް މަޝްރޫއު ކަނޑައަޅާފައިވާ ކަމަށެވެ. މި ގޮތުން ހޮވުނު ފަސް މަޝްރޫއަކީ: 1. ނ. ހެނބަދޫ ގައި ބާބެކިއު ބާއްވާ ސަރަހައްދެއް ގާއިމުކުރުން – ހާމިދު ރަޝީދު 2. ކ. މާފުށީގައި އައުޓްޑޯ ލައިބްރަރީއެއް ގާއިމުކުރުން – […]
ރިޔާސީ ދައުރު 10 އަހަރަށް ދަންމާލަން ޖާބިރު ހުށަހަޅުއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދައުރު 10 އަހަރަށް ދަންމާލަން ގާނޫނަށް އިސްލާހު ގެނައުމަށް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުއްލާ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ. ރިޔާސީ ދައުރަށް އިސްލާހު ގެނައުމަށް ޖާބިރު ހުށަހެޅި ބިލުގައި ވަނީ 2008 ވަނަ އަހަރު ފާސްކުރި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ތަސްދީގު ކުރި ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކާއި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލާއިރު، ރާއްޖޭގައި ވެރިކަން ހިންގުމުގައި އެތަކެއް ސިޔާސީ އަދި އިގްތިސޯދީ ހުރަސްތަކެއް ހުރި ކަމަށެވެ. […]
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މީހަކު 30 އަހަރަށް ޖަލަށް

ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހަކު 30 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ގިނ ައހަރުތަކަށް ޖަލަސް ލާން ހުކުމް ކޮށްފައިވަނީ، ވ. ގާތިފް، އުމުރުން 37 އަހަރުގެ ހަސަން އަތޫފްގެ މައްޗަށެވެ. އޭނާގެ މަށްޗަށް އެހުކުމް ކޮށްފައިވަނީ އިތބާރުކުރެވޭ މަގާމެއްގައި ހުރެ 2019 ވަނަ އަހަރުން ފެށިގެން އެކިދުވަސްމަތިން ކުޑަކުދިންތަކަކާމެދު ޖިންސީ ގޯނާ ކުރިކަމަށް ސާބިތުވުމާއި ގުޅިގެންނެވެ. ހަސަން އަތޫފް މިހަރުގެ މެއި މަހުގެ ތެރޭގައި ހައްޔަރުކޮށް […]