ސައުދީ އޮތީ އިޒުރޭލާއެކު ގުޅުން ބަދަހި ކުރުމަށް ތައްޔާރަށް

އަރަބި ގައުމުތަކުން 2002 ވަނަ އަހަރު ހުށައަޅާފައިވާ ޝަރުޠުތަކަށް އިޒުރޭލުން އެއްބަސްވާނަމަ އެގައުމާއެކު ގުޅުން ބަދަހި ކުރުމަށް ސައުދީ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުން ބުނެފިއެވެ. ސައުދީ ސަރުކާރުން އ.ދއަށް ކަނޑައަޅުއްވާފައިވާ މަންދޫބު އަލްމަޢުލޫމީ، އަރަބް ނޫސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ސައުދީ ސަރުކާރުން އަރަބި ގައުމުތަކުގެ މެދުގައި ސުލްހަވެރިކަން ބޭއްވުމަށް މަސައްކަތް ކުރާނެއެވެ. މިގޮތުން ސައުދީއިންވަނީ 1967 ވަނަ އަހަރު އިޒުރޭލުން ހިފާފައިވާ އަރަބި ބިންތައް އިޒުރޭލުން ދޫކޮށްލުމުގެ އިތުރުން، އިރުމަތީ ޖެރޫސަލެމްގައި […]
އެމްޕީއެލްގެ ޗެއާރމަން ކަމަށް ސެންކޯ ޝަރީފު ހަމަޖައްސައިފި

މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްގެ ޗެއާމަން ކަމަށް ކެޕްޓަން މުޙައްމަދު ޝަރީފް (ސެންކޯ) އައްޔަންކުރައްވައިފިއެވެ. އެމްޕީއެލްއަކީ ރާއްޖޭގެ ވިޔަފާރި ބަނދަރު ބަލަހައްޓާ ކުންފުންޏެވެ. މި ކުންފުނީގެ ޗެއަމަން ކަމަށް ސެންކޯ ހަމަޖައްސާފައި ވަނީ އެމަގާމުގައި ކުރިން ހުންނެވި މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) ފާއިތުވި އަހަރުގެ ނޮވެމްބަރު މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެމްޕީއެލްގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ތަނުގެ އިސްވެރިންނަށް ދެންނެވުމުން އެކަން ހުއްޓުވުމަށް […]
ކުލަބު ހައުސް ބުލޮކް ކޮށްފި

ދިވެހި ރާއްޖޭގެ ރިވޮލޫޝަނަރީ މޫވްމަންޓުން ބުނީ މިއަދު ހެދުނުންފެށިގެން ދިވެހި ސަރުކާރު ކުލަބް ހައުސް ބުލޮކް ކޮށްފައިވާ ކަމަށެވެ. އެކަން ކުރުވައިފާވަނީ ދިރާގާއި އޫރިދޫ މެދުވެރިކުރުވައިގެން ކަމުގައެވެ. އެގޮތުން ރިވޮލޫޝަނަރީ މޫވްމަންޓްގެ ވެރިޔާ ފުރަހަނި ޝުޢެއިބް ވިިދާޅުވީ މިއީ ކަނޑައެޅިގެން ދިވެހިންގެ މިނިވަން އަޑު ކަނޑުވާލުމަށް މި ސަރުކާރުން ހިންގި ޖަރީމާއެއް ކަމަށެވެ. ޔަގީނުންވެސް އެނގޭކަމަކީ ދިވެހިން އިންޑިއާގެ އަޅުވެތިކަމަށް ދިއުމަށް ބޭނުންނުވާކަން ސަރުކާރަށް އަޑުއިިއްވައި ދެވިއްޖެ: ސަރުކާރަކަށް ހަޖަމެއްނުވި: މިމީހުންނަކީ މިނިވަންކަމަށް ދަޢުވާކޮށް އަޑުގަދަކުރި […]
ނަރުހުގެ މަރާއި ގުޅިގެން ދިވެހި އަންހެނެއް ހައްޔަރުކޮށްފި

އައިޖީއެމްއެޗްގައި މަސައްކަތްކުރަމުން އައި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައާއި ގުޅިގެން އޭނާގެ ފިރިމީހާގެ ދިވެހި ލޯބިވެރިޔާ މިއަދު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ނަރުސް މީހާގެ މަރާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 24 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އަންހެން މީހާ އާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މޭރީ މަރުވި ވަގުތު އޭނާގެ ދަރިފުޅު ހުރީ ދިވެހި އަންހެންމީހާގެ ކައިރީގައެވެ. މި […]
އިންޑިއާގެ 11 ސްޓޭޓަކަށް އޮމިކްރޯން ފެތުރިއްޖެ

ކޮރޯނާ ވައިރަސްގެ އެންމެ ނުރައްކާތެރި ވައްތަރު، އޮމިކްރޯން އިންޑިއާގެ 11 ސްޓޭޓަކަށް ފެތުރި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ. އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހަމަކުރާ ގޮތުގައި 73 މީހުންނަށް މިހާރު ވަނީ އޮމިކްރޯން ޖެހިފައެވެ. ބަލި ޖެހިފައިވާ އެންމެ ގިނަ މީހުން ތިބީ މަހާރާޝްޓްރާގައެވެ. އެ ސްޓޭޓުން މިހާތަނަށް ބަލިޖެހިފައިވާ 32 މީހުން ވަނީ ފެނިފައެވެ. މަހާރާޝްޓްރާއަކީ ކޮވިޑް-19 އިންޑިއާއިން އެންމެ ގިނަ މީހުންނަށް ޖެހުނު އެއް ސަރަހައްދެވެ. މީޑިއާ ރިޕޯޓުތަކަށް ބަލާއިރު […]
އިދިކޮޅުން ނެރޭ ބަޔާންތަކުގައި “ އިންޑިއާ އައުޓް“ ސްޓޭމްޕް ބޭނުންކުރަނީ

އިދިކޮޅު ޕީޕީއެމް/ޕީއެންސީނ ނެރޭ ރަސްމީ ބަޔާންތަކުގައި ”އިންޑިއާ އައުޓް“ ސްޓޭމްޕް ބޭނުން ކުރަންފަށައިފިއެވެ. އިދިކޮޅުން ބުނީ އެ ޕާޓީން ރަސްމީ ބަޔާންތަކުގައި މީގެ ފަހުން އިންޑިއާ އައުޓް ބޭނުންކުރާނެ ކަމަށާ ރެއިން ފެށިގެން އެ ސްޓޭމްޕް ރަސްމީ ބަޔާންތަކުގައި ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އެ ގޮތުން މިއަދުގެ މަޖިލީހުގެ ޖަލްސާ ބޮއިކަޓް ކުރިކަން ހާމަކޮށް ރޭ އިދިކޮޅުން ނެރުނު ބަޔާނުގައިވެސް ވަނީ ”އިންޑިއާ އައުޓް“ ސްޓޭމްޕް ބޭނުންކޮށްފައެވެ. އިދިކޮޅު ލީޑަރު ރައީސް ޔާމިން […]
އައްޑޫސިޓީގެ މިސްކިތަކަށް ބޮޑުކަމުދިޔަކަމުގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި

އައްޑޫސިޓީ ފޭދޫގެ މިސްކިތަކަށް ބޮޑުކަމު ދިޔަކަމުގެ ތުހުމަތު ކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބަޔަކު ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ފޭދޫގެ މަސްޖިދުލް އަމާނީ އާއި މަސްޖިދުލް ނަސްރި އަށް ވަދެ އެތަންތަނުގެ ހުރުމަތް ކަނޑާފައެވެ. އެގޮތުން އެމީހުންވަނީ ބޮޑުކަމު ދިއުމުގެ އިތުރުން މިސްކިތުގައި ހުރި ހަތިމްތައް އުކާލާފައިވާ ކަމަށް ވެއެވެ. […]
119 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

މާލެ ސިޓީގައި މި ހަފްތާތެރޭގައި ހިންގި އޮޕަރޭޝަނުގައި ފުލުހުން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެއްޗާއި ގުޅިގެން ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ފުލުހުން ބުނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅިގެން ތިން ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ 51 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ […]
ގައުމު ބަނގުރޫޓު ވެއްޖެ : ކުރީގެ ޗެއާރމަން އެފްއާރު، ޝައްބިރު ޒައިދީ

ގައުމު ބަނގުރޫޓު ވެފައިވާކަމަށް ޕާކިސްތާނުގެ ފެޑެރަލް ބޯޑު އޮފް ރެވެނިއު (އެފްބީއާރު)ގެ ކުރީގެ ޗެއާމަން ޝައްބިރު ޒައިދީ ވިދާޅުވެއްޖެއެވެ. ”ގައުމުގެ ކަންތައް ހިންގަމުން ދަނީ ވަރަށް ރަނގަޅަށް. އަޅުގަނޑުމެން ވަރަށް ގިނަ ކާމިޔާބީތައް ހާސިލުކޮށްފިން. އަޅުގަނޑުމެން ހެއު ބަދަލުތަކެއް ގެނެސްފިން. މިހެން ކިޔައިގެން ދައްކާ ވާހަކަތައް ރަނގަޅެއް ނޫން.“ އޭނާ ވިދާޅުވިއެވެ. ”އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގައުމު ބަނގުރޫޓު ވެއްޖެ.“ އިގުތިސާދީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިގުތިސާދީ މާހިރެއްކަމުގައިވާ ޝައްބިރު ޒައިދީ ވިދާޅުވީ ގައުމުގެ ކަންތައްތައް ވަރަށް […]
ދަތި ފިލާވަރަށް ފައިސާ ދީފިނަމަ ދިވެހި މުސްލިމުން އެބައި މީހުންގެ ދުލިބާލާނެ

މިހާރަކަށް އައިސް ދިވެހި ބައެއް މުސްލިމުންގެ ޢަޤީދާ ބަލިކަށިވެ، ފައިސާއަށް ޓަކައި އިސްލާމް ދީން މަނާކުރާ އެތައް ކަމެއް ކުރަމުން އެބަގެންދެއެވެ. އެގޮތުން ރިޝްވަތު ހިފުމާއި ވައްކަން ކުރުމާއި ހުއްދަނޫން ގޮތްގޮތަށް ފައިސާ ހޯދުން ފަދަ ޙަރާމް ކަންކަން މިވަނީ ޢާންމު ވެފައެވެ. ކިތަންމެ ފައިސާއެއް ތިމާގެ އަތުގައި ހުއްޓަސް މަރުގެ ކުރިމަތީގައި އެފައިސާއިން ކުރާނެ އެއްވެސް މަންފާއެއް ނެތެވެ. މަރުވެގެން ދާހިނދު އެންމެ ފައިސާ ފޮއްޗެއް ވެސް ނުގެންދެވޭނެ އެވެ. ކަން މިހެން ހުރިނަމަވެސް ގިނަ […]