ކުލަބު ހައުސް ބުލޮކް ކޮށްފި

Loading

Facebook
Twitter
WhatsApp

 

ދިވެހި ރާއްޖޭގެ ރިވޮލޫޝަނަރީ މޫވްމަންޓުން ބުނީ މިއަދު ހެދުނުންފެށިގެން ދިވެހި ސަރުކާރު ކުލަބް ހައުސް ބުލޮކް ކޮށްފައިވާ ކަމަށެވެ. އެކަން ކުރުވައިފާވަނީ ދިރާގާއި އޫރިދޫ މެދުވެރިކުރުވައިގެން ކަމުގައެވެ. އެގޮތުން ރިވޮލޫޝަނަރީ މޫވްމަންޓްގެ ވެރިޔާ ފުރަހަނި ޝުޢެއިބް ވިިދާޅުވީ މިއީ ކަނޑައެޅިގެން ދިވެހިންގެ މިނިވަން އަޑު ކަނޑުވާލުމަށް މި ސަރުކާރުން ހިންގި ޖަރީމާއެއް ކަމަށެވެ.

ޔަގީނުންވެސް އެނގޭކަމަކީ ދިވެހިން އިންޑިއާގެ އަޅުވެތިކަމަށް ދިއުމަށް ބޭނުންނުވާކަން ސަރުކާރަށް އަޑުއިިއްވައި ދެވިއްޖެ: ސަރުކާރަކަށް ހަޖަމެއްނުވި: މިމީހުންނަކީ މިނިވަންކަމަށް ދަޢުވާކޮށް އަޑުގަދަކުރި މީހުން. ދިވެހިރާއްޖޭގެ ގާނޫނުން ދިވެހިންނަށް ޚިޔާލުފައުޅުކުރުމުގެ ޙައްގު މިވަނީ ދެވިފައި. އެފަދަ ދުވަސްވަރެއްގައި އިންޓަރނެޓް ބުލޮކްރުމަކީ ވަރަށް ދަށުޖަރަޖައިގެ ޢަމަލެކެވެ. ކޮބާތޯ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާ. ކުލަބު ހައުސްގައި އައްބާސް ޢަދިލް ރިޒާ ސުވާލުކުރެއްވިއެވެ.

މިއަދަކީ މުޅިދުނިޔޭގައި މިނިވަންކަމާއިއެކު ވާހަކަ ދެއްކެވުމާއި ލިޔެކިޔުމުގެ މިންވަންކަން ކޮންމެ މީހަކަށްވސް ލިބިގެންވާ ދުވަސްކަމަށް ވެފައި މިފަދަ ނާތަހުޒީބު ޢަމަލު ހިންގީތީ މިސަރުކާރު އިންޑިއާގެ އަޅުވެރިވެފައިވާ މިންވަރު އެނގިގެން ހިގައްޖެއެވެ. ދިވެހިން މިނިވަންކަމާއިއެކު އެބައިމީހުންގެ ޚިޔާލު ފައުޅުކުރުން ހުއްޓުވާލަން ކެރުނުކަމާއިމެދު ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރެއްވިއެވެ.

ރިވޮލޫޝަނަރީ މޫވްމެންޓުން ވިދާޅުވީ މިހާރު ރާއްޖެއިން ކުލަބް ހައުސްއަށް ވަދެވޭނީ ވީޕީއެން މެދުވެރިކޮށްގެން ކަމަށެވެ. ދިވެހިންނަކީ އެހާގަމާރު ބައެއްނޫންނެވެ. ޝުއެއިބް ވިދާޅުވިއެވެ. އެގޮތުން މިސަރުކާރުން ކުލަބް ހައުސް ބްލޮކްކޮށްފައި ވަނިކޮށްވެސް މިރޭގެ 3 ގަޑިއިރު ތެރޭގައި 500 އަށްވުރެ ގިނަ މީހުން ކުލަބްހައުސްއަށް ވަދެފައިވާކަމުގައި ވިދާޅުވިއެވެ.

 

 

 

Loading

One Response

  1. އަހާ، ޑިމޮކްރެސީގެ ބާނީން ހަޖަމް ނުވީތާ؟؟ ސަޅި ބަައިސާ ކެނޑިދާނެ. ފެންވަރެއް ހަމަ ނެތުނީމާ ކަންކަން މެނޭޖްކުރަން ނޭގުނީމާ ރައްޔަތުންގެ އަޑު ކަނޑުވާލަން ދިމާކުރީ. މިއީ 2021 އެވެ. 1988 ނޫނެވެ. ވާނީ ފެއިލް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް