ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭކަމަށް އެއްބަސްވެއްޖެ
ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި މަތިންދާ ބޯޓް ދުއްވުމަށް ތިބޭކަމަށް އެމްއެންޑީއެފްން އެއްބަސް ވެއްޖެއެވެ. އެމްއެންޑީއެފުން އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަކުރީ ޑޯނިއާ އޮޕަރޭޓް ކުރުމަށް އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މައުލޫމާތު އޮޅުންފިލުވުމަށް ރޭ ޑިފެންސް މިނިސްޓަރު މާރިޔާ އާއި ސިފައިންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުދެއްވަމުންނެވެ. އެމްއެންޑީއެފްން ބުނީ ރާއްޖޭގައި ދުއްވާ އިންޑިއާގެ ޑޯނިއާ މަތިންދާ […]
ކުޑަރިކިލު ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި
ބ.އަތޮޅު ކުޑަރިކިލު ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ކުޑަރިކިލު ބަނދަރު ހެދުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ގައި ސަރުކާރުން ވަނީ އެމްޓީ ހޯގާޑާ ހަވާލުކޮށްފައެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 318 ދުވަސްތަރޭ މަސައްކަތް ނިންމާގޮތަށެވެ. މި ބަނދަރު މަޝްރޫއު ހަވާލުކޮށްފައި ވަނީ 33،215،485.13 ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ދަށުން ކުޑަރިލު ބަނދަރުގައި 246 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި 316 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ނިންމާފައެވެ. އަދި މީގެ […]
ވިއެމުގެ ތެރޭގައި ކޮނޑު ތާށިވެގެން ކުއްޖަކު މަރުވެއްޖެ
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލު ( އޭއީއެޗް)ގައި މާބަނޑު އަންހެނަކު ވިހެއުމުގެ ތެރޭގައި ކުޑަކުއްޖާގެ ކޮނޑު ތާށިވެގެން މިއަދު ފަތިހު މަރުވެއްޖެއެވެ. އޭއީއެޗްގައި ވިހެއި ކުޑަކުއްޖަކު މަރުވުމާއި ގުޅިގެން އެ ހޮށްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ ކުއްޖާ މަރުވީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވުން ( ޝޯލްޑާ ޑިސްޓޯޝިއާ)ގެ ސަބަބުން ދިމާވި މައްސަލަތަކާ ގުޅިގެން ކަމަށެވެ. މަދުން ނަމަވެސް ދިމާވާ ޝޯލްޑާ ޑިސްޓޯޝިއާގެ ހާލަތުގެ ސަބުބުން މައިމީހާއާ ކުއްޖާގެ ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު އޮވެ […]
އައްޑޫ ސިޓީއަށް ބޮޑުމަހެއް ލައްގައިފި
މަރުވެފައިއޮތް ބޮޑު މަހެއް އައްޑޫ ސިޓީއަށް ލައްގައިފި އެވެ. މި ބޮޑުމަސް ލައްގާފައިވަނީ މިއަދު ހެނދުނު އައްޑޫ ސިޓީ ހިތަދޫ ސްކޫލުގެ ފުއްޓަރު ފަރާތާ ދިމާއަށެވެ. މަސް ކައިރިން ދުށް މީހަކު ބުނީ މި މަސް އޮތީ ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށާ މަސް ލައްގާފައިވާ ސަރަހައްދުން ވަރަށް ބޮޑަށް ކުނިވަސް ދުވާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފްއާއި ގުޅިގެން މި މަސް އެތަނުން ނެގުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ.
މާލެ ސަރަޙައްދަށް ރައްޔިތުން ޖަމާނުކޮށް ރާއްޖޭގެ ބޮޑެތި ރަށްތައް ތަރައްގީ ކޮށް އާބާދު ކުރަންޖެހޭ!
ރާއްޖޭގައި ބިންބޮޑު ރަށްތައް ފަޅަށް ނުބަހައްޓައި އެރަށްތަކުގައި ރައްޔިތުން އާބާދުކޮށް ތަރައްގީ ކުރުމަކީ އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ޙައްލުވެގެން ދާނެ ކަމެކެވެ. ރާއްޖޭގައި ބިންބޮޑެތި ރަށްރަށާއި ބިމާއި ފަޅު ބޮޑެތި ރަށްރަށް ހުރި އިރު އެރަށްތައް ފަޅުވާން ދޫކޮށްލުމަށްފަހު މާލެ ސަރަހައްދަށް ރައްޔިތުން ޖަމާކުރުމުގެ ސަބަބުން މާލެ ސަރަހައްދު ވެގެން މިދަނީ އިންސާނީ މުޞީބާތަކަށެވެ. އިޖްތިމާޢީ މައްސަލަތަކުގެ ބިރުވެރި ހާއްޔަކަށެވެ. ވެރިކަން ކުރާ ސިޓީގެ ފަސޭހަ ދިރިއުޅުން މުޞީބާތަކަށް ބަދަލުވެގެން މިދަނީ ވެރިކަމުގެ […]
މެލޭޝިޔާގެ ބޯޑަރުތައް ހުޅުވާލަނީ
މެލޭޝިޔާގެ ބޯޑަރުތައް ފަތުރުވެރިންނަށް ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ހުޅުވައިލެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން އިއުލާނު ކޮށްފިއެވެ. މެލޭޝިޔާއިން ބޯޑަރު ހުޅުވުމުގެ މަސައްކަތް ކުރަމުން ދަނީ ކޮރޯނާ ވައިރަހުގެ ސަބަބުން ގައުމުގެ އިގުތިސާދު ވަރަށް ބޮޑަށް ހީނަރު ވެފައިވަނިކޮށެވެ. ފުރަ ބަންދުގައި އެތައް ދުވަހެއް ހޭދަ ކުރަން ޖެހުމާ ގުޅިގެން ގައުމުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި ފަތުރުވެރިކަމުގެ ޒަރިއްޔާއިން ގައުމުގެ އިގުތިސާދީ ހާލަތު އަލުން ރަނގަޅު ކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން […]
އީރާނުގެ ޑްރޯންތަކަކީ ދުޝްމިނުންނަށް ހުރި ބިރެއް
އީރާނުގެ އޭރޯ ސްޕޭސް ފޯސްގެ ބްރިގާޑިޔާ ޖެނެރަލް، އާމިރް ޢަލީ ހާޖީޒާދެހް ވިދާޅުވި ގޮތުގައި އީރާނުގެ ޑްރޯންތަކާއި ހަތިޔާރުތައް ފެނި ގައުމުގެ ދުޝްމިނުން މިހާރު ތިބެނީ ނުހަނު ބިރުންނެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެތައް ގޮތަކުން އީރާނުގެ ލަޝްކަރު ބަލިކުރުމަށް ދުޝްމަނުން މަސައްކަތް ކޮށްފައިވާކަމީ މިކަމުގެ ހެއްކެއް ކަމަށްވެސް ބްރިގޭޑިއަރ ވިދާޅުވިއެވެ. ބްރިގޭޑިއަރ ހާޖީ އީރާނުން ހޯދާފައިވާ ކުރިއެރުމާ ގުޅޭ ގޮތުން ވާހަކަފުޅުދެއްކެވީ ދާދި ފަހުން އަވަހާރަވި ޖެނެރަލް ހަސަން ޠަހްރާނީ މުގައްދަމްގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި […]
ތިލަފުށީގެ ބިންތައް ގަވާއިދާހިލާފަށް ބޭނުންކުރާނަމަ ފިޔަވަޅު އަޅާނަން: އެޗްޑީސީ
ކ. ތިލަފުށީގެ ބިން ގަވާއިދާ ހިލާފަށް ބޭނުން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ. އެޗްޑީސީން ބުނީ ތިލަފުށީގެ ބިމަކީ އެކި ވިޔަފާރިތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތައް ކަމަށާ އެރަށުން ވަގުތީ އަދި ދާއިމީ ގޮތެއްގައި ވެސް ބިން ދޫކުރަނީ އެ ވިޔަފާރިއަކާއި އެޗްޑީސީއާ ދެމެދު ހަދާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެޗްޑީސީން ބުނާގޮތުގައި އެ ކޯޕަރޭޝަނާ އެކުވާ އެއްބަސްވުމާ ހިލާފަށް ބައެއް ފަރާތްތަކުން އަންނަނީ އަމަލުކުރަމުންނެވެ. އަދި އެފަރާތްތަކުން އެއްބަސްވުމާއި […]
ޑައިވިންގައި ޑީކޯވާ މީހުންނަށް ފަރުވާދޭ ޗެމްބާ އެއް ކަނޑިންމައިގައި ގާއިމް ކޮށްފި
ފީނުމުގެ ތެރޭގައި ޑައިވިން ޑިކޮމްޕްރެޝަން ސިކްނެސް، (ޑީކޯ)ވާ މީހުންނަށް ފަރުވާ ދޭ ޑިކޮމްޕްރެޝަން ޗެމްބަރެއް ދ އަތޮޅުގެ ކަނޑިންމަ މޯލްޑިވްސް ރިސޯޓްގައިގާއިމްކޮށްފިއެވެ. މިއީ ޑީކޯވާ ފަރާތްތަކަށް ހާއްސަކޮށްގެން މާލޭގެ ދެކުނުގައި ގާއިމުކުރި ފުރަތަމަ ޗެމްބާއެވެ. ކަޑިންމަ ރިސޯޓުން ބުނީ އެ ރިސޯޓްގައި ގާއިމުކުރި މިޗެމްބަރަކީ އެސަރަހައްދުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށްވެސް އަދި ރިސޯޓުގެ ގެސްޓުންނާއި މުވައްޒަފުންނަށް ވަރަށް ފައިދާ ކުރުވަނިވި ތަނެއްކަމަށް ވެގެންދާނެ ކަމަށެވެ. އަދި އެ ޑިކޮމްޕްރެޝަން ޗެމްބަރު އޮޕަރޭޓު ކުރާނީ މިކަމުގެ […]
ކުޅުދުއްފުށީގައި ހުރި ގިނަ އަދަދެއްގެ ބޮނބި އޮޅުތައް ނަގަން އަންގައިފި
ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުގައި ހުރި ގިނަ އަދަދެއްގެ ބޮނބި އޮޅުތައް ނަގަން ކުޅުދުއްފުށީ ސިޓީ ކައުންސިލްން އަންގައިފިއެވެ. ގިނައަދަދެއްގެ ބޮނބި އޮޅުތައް ހުންނަ އެރަށުން ބޮނބި އޮޅުތައް ނަގަން އަންގައި އެ ސިޓީގެ ސިޓީކައުންސިލުން ވަނީ އިއުލާނެއް ނެރެފައެވެ. އެ އިއުލާނުގައި އަންގާފައިވަނީ އެރަށު އަމީރު އަމީން ސްކޫލްގެ އުތުރުން މަގާންމަގާއި ދޭތެރޭގައިވާ ބޮނބިފާ/އޮޅުފަދަ ތަންތަނާއި، ހިރަފުސް ދަނޑު އިރުމަތި އަދި އުތުރުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން އަދި ކުޅުދުއްފުށީ ކުޅީގެ ދެކުނުން ހުރި ގޯތިތަކުގެ […]