ކުޑަރިކިލު ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

Loading

Facebook
Twitter
WhatsApp

 

ބ.އަތޮޅު ކުޑަރިކިލު ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ކުޑަރިކިލު ބަނދަރު ހެދުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ގައި ސަރުކާރުން ވަނީ އެމްޓީ ހޯގާޑާ ހަވާލުކޮށްފައެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 318 ދުވަސްތަރޭ މަސައްކަތް ނިންމާގޮތަށެވެ.

މި ބަނދަރު މަޝްރޫއު ހަވާލުކޮށްފައި ވަނީ 33،215،485.13 ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ދަށުން  ކުޑަރިލު ބަނދަރުގައި 246 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި 316 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ނިންމާފައެވެ.

އަދި މީގެ އިތުރުން ނެރުބައްތި އަދި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބްލޮކްސް ޖެހުމާއި، ރިވެޓްމަންޓް ޖެހުމާއި، ޕޭވްމަންޓް ހެދުމާއި، ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

ކުޑަރިކިލު ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް އަބްދުލް ހަންނާނު ވިދާޅުވީ މިއީ ކުޑަރިކިލުގެ ތާރީހްގައި ހިންގާ އެންމެ ބޮޑު މަޝްރޫއުކަމަށެވެ. އަދި މި ބަނދަރު މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ފުރާ ލެފުމުގެ ދަތި އުދަގޫތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

ކުޑަރިކިލުގައި ކުރިން ހުރީ އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު އެރަށު ރައްޔިތުންގެ މަސައްކަތުން ހެދި ބަނދަރެކެވެ. އެ ބަނދަރު 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ހަލާކުވެގެން ދިއުމާ ގުޅިގެން ލަފާފުރުން ވެގެން ގޮސްފައިވަނީ ވަރަށްބޮޑު ދަތިކަމަކަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް