ކުޅުދުއްފުށީގައި ހުރި ގިނަ އަދަދެއްގެ ބޮނބި އޮޅުތައް ނަގަން އަންގައިފި

Loading

Facebook
Twitter
WhatsApp

 

ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުގައި ހުރި ގިނަ އަދަދެއްގެ ބޮނބި އޮޅުތައް ނަގަން ކުޅުދުއްފުށީ ސިޓީ ކައުންސިލްން އަންގައިފިއެވެ.

ގިނައަދަދެއްގެ ބޮނބި އޮޅުތައް ހުންނަ އެރަށުން ބޮނބި އޮޅުތައް ނަގަން އަންގައި އެ ސިޓީގެ ސިޓީކައުންސިލުން ވަނީ އިއުލާނެއް ނެރެފައެވެ.

އެ އިއުލާނުގައި އަންގާފައިވަނީ އެރަށު އަމީރު އަމީން ސްކޫލްގެ އުތުރުން މަގާންމަގާއި ދޭތެރޭގައިވާ ބޮނބިފާ/އޮޅުފަދަ ތަންތަނާއި، ހިރަފުސް ދަނޑު އިރުމަތި އަދި އުތުރުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން އަދި ކުޅުދުއްފުށީ ކުޅީގެ ދެކުނުން ހުރި ގޯތިތަކުގެ އިމުން ފެށިގެން 50 ފޫޓްގެ ސަރަހައްދުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން ހުސްކުރާށެވެ.

ސިޓީ ކައުންސިލުން ބުނެފައި ވަނީ މިމަސް ނިމުމުގެ ކުރިން  އެ ސަރަހައްދުތަކުގައި ހުރި އަމިއްލަ ފަރާތްތަކުގެ ތަކެތި ނެގުމަށް އެދިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި މި ތަކެތި ނުނަންގަވައިފިނަމަ އެއީ ވެރިޔަކު ނެތް ތަކެތި ކަމަށް ބަލާ ނައްތާލެވޭނެ ކަމަށްވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައި ވެއެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް