އީރާނުގެ ޑްރޯންތަކަކީ ދުޝްމިނުންނަށް ހުރި ބިރެއް

Loading

Facebook
Twitter
WhatsApp

އީރާނުގެ އޭރޯ ސްޕޭސް ފޯސްގެ ބްރިގާޑިޔާ ޖެނެރަލް، އާމިރް ޢަލީ ހާޖީޒާދެހް ވިދާޅުވި ގޮތުގައި އީރާނުގެ ޑްރޯންތަކާއި ހަތިޔާރުތައް ފެނި ގައުމުގެ ދުޝްމިނުން މިހާރު ތިބެނީ ނުހަނު ބިރުންނެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އެތައް ގޮތަކުން އީރާނުގެ ލަޝްކަރު ބަލިކުރުމަށް ދުޝްމަނުން މަސައްކަތް ކޮށްފައިވާކަމީ މިކަމުގެ ހެއްކެއް ކަމަށްވެސް ބްރިގޭޑިއަރ ވިދާޅުވިއެވެ.

ބްރިގޭޑިއަރ ހާޖީ އީރާނުން ހޯދާފައިވާ ކުރިއެރުމާ ގުޅޭ ގޮތުން ވާހަކަފުޅުދެއްކެވީ ދާދި ފަހުން އަވަހާރަވި ޖެނެރަލް ހަސަން ޠަހްރާނީ މުގައްދަމްގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުޝްމިނުން އީރާނުގެ ހަތިޔާރުތައް ދެކެ މިހާ ބިރު ގަންނަ ކަމީ އީރާނު ޢަސްކަރީ ދާއިރާއިން ކުރިއަރާފައިވާ މިންވަރު ހާމަވެގެންދާ ކަމެއްކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެ ގައުމަށް ޢަސްކަރީ ގޮތުން ލިބިފައިވާ ކުރިއެރުންތަކުގެ ފަހަތުގައި ވަނީ ޠަހްރާނީ މުގައްދަމް ފަދަ ހިތްވަރުގަދަ ބަތަލުންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ވާހަކަފުޅު ނިންމާލައްވަމުން ބްރިގޭޑިއަރ ހާޖީ ވަނީ އީރާނަށް މިވަގުތު ކުރިމަތިވެފައިވާ ބައެއް ނުރައްކާތަކަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން އިޒްރޭލުގެ ފަރާތުން އީރާނަށް ކުރިމަތިވަމުންދާ ދަތިތައް ހުއްޓުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. އަދި އިޒްރޭލުން ކުރަމުންދާ ކަންކަން ހުއްޓުމަކަށް ނާންނަ ނަމަ އެކަމާމެދު ފިޔަވަޅު އެޅުމަށް އެ ގައުމުން ފަސް ނުޖެހޭނެ ކަމަށްވެސް އޭނާ ވަނީ އިންޒާރުދެއްވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް