މެލޭޝިޔާގެ ބޯޑަރުތައް ހުޅުވާލަނީ

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ ބޯޑަރުތައް ފަތުރުވެރިންނަށް ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ހުޅުވައިލެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން އިއުލާނު ކޮށްފިއެވެ.

މެލޭޝިޔާއިން ބޯޑަރު ހުޅުވުމުގެ މަސައްކަތް ކުރަމުން ދަނީ ކޮރޯނާ ވައިރަހުގެ ސަބަބުން ގައުމުގެ އިގުތިސާދު ވަރަށް ބޮޑަށް ހީނަރު ވެފައިވަނިކޮށެވެ.

ފުރަ ބަންދުގައި އެތައް ދުވަހެއް ހޭދަ ކުރަން ޖެހުމާ ގުޅިގެން ގައުމުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި ފަތުރުވެރިކަމުގެ ޒަރިއްޔާއިން ގައުމުގެ އިގުތިސާދީ ހާލަތު އަލުން ރަނގަޅު ކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން މިހާރު ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ގާތްގަނޑަކަށް 32 މިލިއަން މީހުންގެ އާބާދީއެއްގެ މައްޗަށް އެކުލެވޭ މެލޭޝިޔާގެ އާބާދީގެ ބޮޑު އިންސައްތައެއްގެ މީހުން މިހާރު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު، އަދި މިހާރު ކޮވިޑްގެ ސަބަބުން ގައުމުގެ އިގްތިސާދަށް ލިބުނު ހީނަރުކަން ފޫބެއްދުމުގެ މަސައްކަތާ ހަވާލުވެ ހުންނެވި، ޓާން ސިރީ މުހީއްދީން ވިދާޅުވި ގޮތުގައި ގައުމުގެ ބޯޑަރުތައް ހުޅުވާލެވުނަސް ކޮވިޑް ޕްރޮޓޮކޯލްސްތަކަށް އަދިވެސް ތަބާވާން ޖެހޭނެއެވެ. މާސްކް އެޅުމާއި ކޮވިޑް ޓެސްޓު ހެދުން އަދިވެސް ކުރައަށް ދާނެއެވެ.

ބޯޑަރުތައް ހުޅުވާލެވޭނެ ދުވަސް ރަސްމީކޮށް އަދި އިއުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް ގޮތެއް ނިންމުމާ މެދު ކަމާ ބެހޭ ފަރާތްތަކުން މަޝްވަރާ ކުރަމުން ދާ ކަމަށް އެ ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް