ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރާ ބިލު ތަސްދީގު ކުރައްވައިފި
ސިވިލްސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެއްގެ ގޮތުގައި، ދިވެހި ރާއްޖޭގެ ފޮރިން ސާވިސް ގެ ނަމުގައި ވަކި ހިދުމަތެއް ގާއިމު ކުރަން ހިމަނައިގެން “ދިވެހި ރާއްޖޭގެ ފޮރިން ސާވިސް”ގެ ނަމުގައި ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ އޮކްޓޫބަރު މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަކީ ދިވެހިރާއްޖޭގެ […]
މަރުވެ، ކުނިވެފައި އޮއްވާ ފެނުނު މީހާ އަކީ ދިވެއްސެއް
މާލޭ ގެއެއްގެ ތެރޭގައި މަރުވެ، ކުނިވެފައި އޮއްވާ މިއަދު ފެނުނު ހަށިގަނޑަކީ ދިވެއްސެއްގެ ހަށިގަނޑުކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެ މީހާ ފެނިފައިވަނީ ބުރުޒުމަގުގައި ހުންނަ މ. އާފަލުގެ ތެރެއިންނެވެ. އޭނާގެ ހަށިގަނޑު ފެނުނީ ކުނިވަސްދުވާ ކަމުގެ މައުލޫމާތު ލިބިގެން މިއަދު 3:42 އެހާކަންހާއިރު ފުލުހުން އެ ގެއަށް ގޮސް ބެލިބެލުމުން ކަމަށް ވެސް ފުލުހުން ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ […]
ފަނޑިޔާރުންގެ އޯޑިއޯގެ މައްސަލައިގައި އިނދިކޮޅުން އަނެއްކާވެސް ފުލުހަށް
ކުރީގެ ރައީސް އަބްދުއްލާ ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ފަނޑިޔާރުންތަކެއް ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯތަކުގެ މައްސަލައިގައި އިނދިކޮޅުން އަނެއްކާވެސް ފުލުހަށް ގޮސްސިއެވެ. އޯޑިއޯ މައްސަލައިގައި މިއަދު އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ބައެއް އިސްވެރިން މިއަދު ވަނީ ފުލުހުންގެ އިދާރާއަށް ވަޑައިގެންނެވުމަށް ފަހު އެ އިދާރާއިން ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހާމަކުރި ގޮތުގައި ފުލުހުންގެ އިދާރާއަށް ވަޑައިގެންނެވީ އޯޑިއޯ މައްސަލައިގެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު […]
ޒިޔާދުގެ މައްސަލަ އިސްތިއުނާފް ކުރަނީ
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލްކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމަވައިފިއެވެ. ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ޑރ. ޒިޔާދުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އަންނަ ހަފްތާގެ ތެރޭގައި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރައްވާނެ ކަމަށެވެ. ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ […]
މަރުވެ، ކުނިވެފައި އޮތް މީހަކު މާލޭ ގެއަކުން ފެނިއްޖެ
މަރުވެ، ހަށިގަނޑު ކުނިވެފައި އޮތް މީހަކު މާލޭ ގެއެއްގެ ތެރެއިން ފެނިއްޖެއެވެ. ފުލުހުން މަރުވެފައިވާ މީހާގެ ހަށިގަނޑު ފެނުނީ މާލޭ މައްޗަންގޮޅީގައި ހުރި ފަޅު ގެއަކުންކަމަށެވެ. އެމީހާ ފެނުނީ ކުނިވަސްދުވާ ކަމުގެ މައުލޫމާތު ލިބިގެން މިއަދު 3:42 އެހާކަންހާއިރު ފުލުހުން އެ ގެއަށް ގޮސް ބެލިބެލުމުން ކަމަށް ވެސް ފުލުހުން ބުނެއެވެ. އެ ގޭގެ ތެރެއިން މަރުވެފައި އޮތީ ފިރިހެނެކެވެ. ނަމަވެސް އެއީ އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އަދި ސާފެއް […]
މުޒާހަރާގެ ބައިވެރިންގެ ސަބަބުން އިޒްރޭލުގެ ސަފީރު ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އިން ފިއްލަވައިފި
އިޒްރޭލުން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، ޓްޒިޕީ ހަޓޮވްލީއާ ދެކޮޅަށް ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް ގައި ކުރި މުޒާހަރާއެއްގެ ސަބަބުން އިޒްރޭލުގެ ސަފީރު އެ ސަރަހައްދުން ފިއްލަވައިފިއެވެ. އިޒުރޭލުގެ ސަފީރު އެސްކޫލަށް ވަޑައިގެންނެވީ އެ ސްކޫލުގެ ބަހުސް ކޮމިޓީން އިންތިޒާމުކޮށްގެން ހިންގަމުންދާ ބަހުސް މުބާރާތެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. މުޒާހަރާގެ ބައިވެރިންވަނީ އޭނާ ސްކޫލް ކޮމްޕައުންޑްގެ އެތެރެއަށް ވަދެވަޑައިގަތުމުގެ ކުރިން ސަރަހައްދު ވަށާލައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލައިފައެވެ. އެ ސަރަހައްދުގައި ތިބި ސެކިއުރިޓީ ގާޑުންގެ އެހީގައި ހޮޓޮވްލީ ކާރަށް […]
ގިނަ އަދެއްގެ މަސްތަކުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކޮށްފި
މާލެ ސިޓީން ގިނަ އަދަދެއްގެ މަސްތަވާތަކެއްޗާއެކު ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހަތް މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުން ބުނީ އެމީހުން ހަތްޔަރުކުރީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އަދި ވިޔަފާރިކުރަމުންދާކަމާއި މާލެއަށް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ބަނގުރާ އެތެރެކޮށް ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު […]
މިރޭ 3 ޖަހަންދެން ހއ އަތޮޅުން އދ އަތޮޅަށް ހުދު ސަމާލު ނެރެފި!
ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި […]
ފޯ ނޭޝަންސް ކަޕް: ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ!
މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި މިއަދު ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗުން 1-2 ގެ ނަތީޖާ އިން ބަންގްލަދޭޝް މޮޅުވެއްޖެއެވެ. މި ބައްޔާއެކު ރާއްޖެއަށް މުބާރާތުގައި ކުރިއަށް ދިއުމުގައި ބޮޑު ހުރަހަކާ ކުރިމަތިލާން ޖެހުނު އިރު، މި މެޗަކީ 2003 ވަނަ އަހަރަށްފަހު ބަންގަލްދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހެރެވެ. ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގައި މި ދެ ޓީމުވެސް ކުޅުނު ފުރަތަމަ މެޗުން ވަނީ އެއްވަރުވެފައެވެ. ރާއްޖެ […]
ކަރަންޓް ބިލަށް ފައިސާ ދައްކާނެ އާ އެޕްލިކޭޝަނެއް ތައާރަފްކޮށްފި
ކަރަންޓް ބިލަށް ފައިދައްކާނެ އާ އެޕްލިކޭޝަން ”ފެނަކަ ބިލް ޕޭ“ގެ ނަމުގައި ތައާރަފްކޮށްފި އެވެ. ބިލަށް ފައިފައިސާ ދައްކާނެ އާ އެޕްލިކޭޝަން ތައާރަފް ކުރުމަށް ގދ. ފަރެސް މާތޮޑާގައި މިއަދު ބޭއްވި ރަސްމިއްޔާޓުގައި މި އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވީ ހައުސިންމިނިސްޓަރު މުހައްމަދު އަސްލަމް އާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެވެ. ފެނަކައިން ބުނީ މި އެޕްލިކޭޝަން ތައާރަފްކުރީ އެކުންފުނިން ފޯރުކޮށްދޭ ހިދުމތަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދެވޭ ހިދުމަތަކަށް ހަދުމަށް ކުރަމުންއަންނަ މަސައްކަތުގެ ތެރެއިން […]