މަރުވެ، ކުނިވެފައި އޮތް މީހަކު މާލޭ ގެއަކުން ފެނިއްޖެ

Loading

Facebook
Twitter
WhatsApp

 

 

މަރުވެ، ހަށިގަނޑު ކުނިވެފައި އޮތް މީހަކު މާލޭ ގެއެއްގެ ތެރެއިން ފެނިއްޖެއެވެ.

ފުލުހުން  މަރުވެފައިވާ މީހާގެ ހަށިގަނޑު ފެނުނީ މާލޭ މައްޗަންގޮޅީގައި ހުރި ފަޅު ގެއަކުންކަމަށެވެ.

އެމީހާ ފެނުނީ ކުނިވަސްދުވާ ކަމުގެ މައުލޫމާތު ލިބިގެން މިއަދު 3:42 އެހާކަންހާއިރު ފުލުހުން އެ ގެއަށް ގޮސް ބެލިބެލުމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ ގޭގެ ތެރެއިން މަރުވެފައި އޮތީ ފިރިހެނެކެވެ.  ނަމަވެސް އެއީ އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އެ މީހާ ފެނިފައިވަނީ ބުރުޒުމަގުގައި ހުންނަ މ. އާފަލުގެ ތެރެއިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި  އެ ގެ ފަޅަށް ހުންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ.

ފުލުހުންގެ ހާއްސަ ޓީމެއް މިހާރު އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް