މުޒާހަރާގެ ބައިވެރިންގެ ސަބަބުން އިޒްރޭލުގެ ސަފީރު ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އިން ފިއްލަވައިފި

Loading

Facebook
Twitter
WhatsApp

އިޒްރޭލުން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، ޓްޒިޕީ ހަޓޮވްލީއާ ދެކޮޅަށް ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް ގައި ކުރި މުޒާހަރާއެއްގެ ސަބަބުން އިޒްރޭލުގެ ސަފީރު އެ ސަރަހައްދުން ފިއްލަވައިފިއެވެ.

އިޒުރޭލުގެ ސަފީރު އެސްކޫލަށް ވަޑައިގެންނެވީ އެ ސްކޫލުގެ ބަހުސް ކޮމިޓީން އިންތިޒާމުކޮށްގެން ހިންގަމުންދާ ބަހުސް މުބާރާތެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

މުޒާހަރާގެ ބައިވެރިންވަނީ އޭނާ ސްކޫލް ކޮމްޕައުންޑްގެ އެތެރެއަށް ވަދެވަޑައިގަތުމުގެ ކުރިން ސަރަހައްދު ވަށާލައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލައިފައެވެ. އެ ސަރަހައްދުގައި ތިބި ސެކިއުރިޓީ ގާޑުންގެ އެހީގައި ހޮޓޮވްލީ ކާރަށް އަރައިވަޑައިގެން އެ ސަރަހައްދުން ފިއްލެވުމަށް މަސައްކަތް ކުރެއްވި ވީޑިއޯތައް ދަނީ މީސްމީޑިޔާގައި ދައުރުވަމުންނެވެ.

އިނގިރޭސިވިލާތުގައި އިޒްރޭލާ ދެކޮޅަށް ކުރެވޭ މިފަދަ މުޒާހަރާތައް ވަނީ ފާއިތުވި މަސްތަކުގެ ތެރޭގައި އިތުރުވެފައެވެ. މިއީ އުންމީދީ މަންޒަރެކެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ މި މުސްލިމް ގައުމުތަކުން މިފަދަ މަންޒަރުތައް ނުފެންނާތީއެވެ. އިޒްރޭލަށް ތާއިދުކުރާ ސިޔާސީ ލީޑަރުން ފާޅުގައި އުޅެމުން ދާއިރުވެސް ކަމާބެހޭ ފަރާތްތަކުން އެފަދަ މީހުންނާ މެދު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް