​ރާއްޖޭން ބޭރުން އައިސް މިހާރު ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުން ދޫކުރުމަށް ނިންމައިފި!

މި މަހުގެ 23 ވަނަ ދުވަހުގެ ކުރީން ރާއްޖެ އައި މީހުންގެ ތެރެއިން ކޮވިޑް-19ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުން ކަރަންޓީންގައި ހަތް ދުވަސް ވެފައިވާނަމަ އެމީހުން ކަރަންޓީނުން ދޫކޮށްލަން އެޗްޕީއޭ އިން ނިންމައިފިއެވެ. ​އެޗްޕީއޭ އިން ނެރުނު އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސްވެ ރާއްޖެ އައިސްފައިވާތާ ހަތް ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުން ދޫކޮށްލަން އަންގާފައިވާ ކަމަށެވެ. އަދި އެ މީހުންނާ އެކުގައި […]

ހަމަލާ ދިނުމުގައި ބައިވި ކަމަށް ތުހުމަތުކުރެވޭ އިތުރު ބައެއްގެ ވަނަވަރު ހާމަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން މޭ ހަވަނަދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިތިބި އިތުރު މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީސް ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ހިމެނޭ ގޮތަށް ފުލުހުން ވަނީ އެމީހުންގެ ވަނަވަރު އާންމުކޮށްފައެވެ. […]

ނަޝީދަށް ހަމަލާދިނުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކުރީ އައްޑޫސިޓީން

  ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަމަލަދޭން އިރުޝާދު ދީ އެކަމަށް ވިސްނައި ދިނުމުގައި އިސްކޮށް ހުރި މީހާ ކަމަށް ތުހުމަތު ކުރެވޭ މީހާ މިއަދު ހައްޔަރުކުރީ އައްޑޫސިޓީންކަމަށް ފުލުހުން ބުނެފިއެވެ. ރައީސް ނަޝީދަށް ދިން ބޮ،ުމުގެ ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގެ މައުލޫމާތު ދިނުމަށް މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މުހައްމަދު ނަޝީދަށް ހަމަލާދީ އަވަހާރަކޮށްލަން ޖެހޭ ކަމަށް މިވަގުތު ހައްޔަރުކޮށްފައިވާ މީހުންނަށް […]

ސެލްފީއެއް ނަގަންޏާ މިނިސްޓަރަށް 100 ރުޕީސް: ސެލްފީން ލިބޭހާ ފައިސާއެއް ބޮޑުވަޒީރު މޯދީ ފަންޑަށް

ސެލްފީ ނަގަން އެދޭ ފަރާތްތަކަށް އެ ފުރުސަތުދޭނީ 100 ރުޕީސް ދިނުމުންކަމަށް އިންޑިއާގެ ސްޓޭޓެއްގެ ވަޒީރަކު ވިދާޅުވެއްޖެއެވެ. މަދިޔަ ޕްރަދޭޝްގައި ވެރިކަން ކުރަމުންދާ ހަރުކަށި ހިންދޫންގެ ޕާޓީ ބާރަތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ) ސަރުކާރުގެ މިނިސްޓަރ އޫޝާ ޓާކަރު ވިދާޅުވި ގޮތުގައި ސެލްފީ ނެގުމަށް ވަގުތުތަކެއް ހޭދަ ކުރަންޖެއެވެ. އެހެންވެ އޭނާއާއެކު ސެލްފީ ނަގަން މީހުންނަށް ފުރުސަތު ދޭނީ 100 ރުޕީސް ދިނުމުންނެވެ. އޫޝާ ވިދާޅުވި ގޮތުގައި ސެލްފީ ނަގައިގެން ލިބޭ ފައިސާ އޭނާ ޖަމާ ކުރައްވާނީ […]

ފުލުހުން ސައިކަލެއް ޓޯ ކުރުމުގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާ ވެއްޖެ

  ނ. ވެލިދޫގައި ފުލުހުން ސައިކަލެއް ޓޯ ކުރުމުގެ ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ ކަމަށް އެކުއްޖާގެ އާއިލާ އިން ބުނެފިއެވެ. އެކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފުލުހުން ޓޯކުރުމުގެ ތެރޭގައި އޭނާގެ ހަ އަހަރުގެ ދަރިފުޅަށް އަނިޔާ ލިބިފައިވާ ކަމަށެވެ. އޭނާ ބުނީ ދަރިފުޅު ގޮވައިގެން އީދު ކުޅިވަރު ބަލަން ނުކުތް ގަޑީގައި ފުލުހުން ޖިޕްގައި ބާރު ސްޕީޑްގައި އައިސް ސައިކަލް ކައިރިއަށް މަޑުކޮށް ސައިކަލަށް ފުލުހަކު އެރި ކަމަށާ، އެވަގުތު […]

މިނިމަމް ވޭޖް ކަނޑައެޅުން ބޮނޑު ނަގުލަށް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މެނިފެސްޓޯއިން ވަޒީފާއަދާ ކުރާފަރާތްތަކަށް ވަރަށް ފޮނި އުންމީދު ތަކެއް އާވެގެން ދިޔައެވެ. އެހެނަސް ވެރިކަމަށް ތިން އަހަރު ފުރެމުންދާއިރު އަދިވެސް ފެންނަނީ ކޮންމެވެސް ބަހަނާއަކުން އެންމެ ކުޑައުޖޫރަ ކަނޑައެޅުން މެނިފެސްޓޯގައި އޮތް ގޮތަށް ހަގީގަތަކަށް ނުވެ، ލަސްކުރަމުންދާ ތަނެވެ. ކަނޑަނޭޅިގެންދާތަނެވެ. އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލު މިނިމަމް ވޭޖޭ ވިދާޅުވެ ދޭތެރެދޭތެރެއިން ކޮންމެވެސް އެއްޗެކޭ ވިދާޅުވާނެއެވެ. ކޮންމެ ފަހަރަކުވެސް ކޮންމެވެސް ބަހަނާއެއްގެ ވާހަކައެވެ. ނުކުރެވި ހުރި ގިނަ ކަންތައްތައް ކޮވިޑް-19އަށް […]

ކޮވިޑަށް ފަރުވާދޭ ތަންތަނަށް ގިނަ އަދަދެއްގެ ވަގުތީ ނަރުހުން ހޯދަނީ

    ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުނަށް ފަރުވާދޭ ފެސިލިޓީތަކަށް ވަގުތީ ގޮތުން މަސައްކަތްކުރާނެ ގިނަ އަދަދެއްގެ ރެޖިސްޓާޑް ނަރުހުން ހޯދަން އިއުލާންކޮށްފިއެވެ. މި ކަމާގުޅިގެން އައިޖީއެމްއެޗުން ނެރުނު އިއުލާނެއްގައި ކޮވިޑް-19 އަށް ފައްސިވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އަދި ކޮވިޑް ބައްޔަށް ފަރުވާދޭ އެހެނިހެން ތަންތަނުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ ރެޖިސްޓަރޑް ނަރުހުން ބޭނުންވާކަމަށެވެ. އެގޮތުން 36 ނަރުހުން ބޭނުންވާ ކަމަށް އެ އިއުލާނުގައި ބުނެ އެވެ. އެއް އަހަރުދުވަހުގެ މުއްދަތަށް ހޯދާ މި ނަރުހުން […]

ދިިއްލޭ ކުލަބޮކިތަކުން ޖަރީކުރި މޫދު އީދުހަރަކާތް

  ކޮވިޑް-19ގެ މިހާލަތުގައި ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަފާތު ގޮތްތޮތަށް އީދު ހަރަކާތްތައް ބާއްވަމުން އަންނަ އިރު ކުޅުދުއްފުށި ސިޓީން ދެއްކީ ކޮވިޑުން ރައްކާތެރިވެ ތިބެ، އާދަޔާހިލާފު ރީތި ފަރި އަދި އެހާމެ ހިތްގައިމު ހަރާކާތްތަކެކެވެ. ކުލަކުލައިން ޖަރީކޮށްފައިވާ މޫދު އީދު ހަރަކާތެކެވެ. ގިނަ ބަޔަކު މި ޝޯބަލަން އެއްވިއިރު، އެސަރަހައްދުގެ އިންތިޒާމު ހަމަޖައްސާފައި ހުރީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ސަލާމަތީ ފިޔަޅުތަކަށް އަމަލުކުރެވޭނެހެންނެވެ. އެއް ބަޔަކު އަނެއްބަޔަކު ބޮޑި ނުވެ ގައިދުރުކަން ބަހައްޓައިގެން ކުޅުދުއްފުށީ ރައްޔިތުން […]

ޑެލްޓާ ވޭރިއަންޓް: ނުރައްކާ ބޮޑު ވޭރިއަންޓެއް!

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ފަހުން، އެ ބަލި ޖައްސާ ވައިރަސްގެ ވޭރިއަންޓްތައް ގިނަވެ ނުރައްކާތެރި 4 ވޭރިއަންޓެއް ފެނިފައިވާއިރު އޭގެ ތެރެއިންވެސް އެންމެ ނުރައްކާތެރި ވޭރިއަންޓަކަށް ފެތުރެމުން އަަަންނަނީ ޑެލްޓާ ވޭރިއަންޓެވެ. ​ޑެލްޓާ ވޭރިއަންޓަކީ ކޮވިޑް 19 ގެ އަސްލު ކަމަށްވާ 2-SARs-COV ވައިރަހުން މިއުޓޭޓް ވެފައިވާ ވޭރިއަންޓެކެވެ. ކޮވިޑްގެ އަސްލުން މިއުޓޭޓް ވެފައިވުމުން، މިވޭރިއެންޓުން ތަފާތު، ބަލީގެ އަލާމާތްތައް ފާހަގަ ކުރެވޭނެއެވެ. […]

އައްޑޫގައި ޗައިނާ ނުވަތަ ސްރީ ލަންކާގެ ކޮންސިއުލޭޓެއް ގާއިމްކުރެވޭތޯ މަސައްކަތްކުރަން: އައްޑޫ މޭޔަރު

  އައްޑޫސިޓީގައި އިންޑިއާ ކޮންސިއުލޭޓެއް އަޅަން އުޅުމުން އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުން ދަނިކޮށް،  އެ ސިޓީގައި އިންޑިއާ ކޮންސިއުލޭޓެއް އެޅުމުގެ ކުރިން ޗައިނާ ނުވަތަ ސްރީ ލަންކާގެ ކޮންސިއުލޭޓެއް ގާއިމްކުރެވޭތޯ ބަލަމުން އަންނަ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ ”ފަލަސުރުހީ“ ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ އައްޑޫގައި ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް ގާއިމް ކުރެވިއްޖެ ނަމަ، އެ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމުގެ މައްސަލަ […]