ސެލްފީއެއް ނަގަންޏާ މިނިސްޓަރަށް 100 ރުޕީސް: ސެލްފީން ލިބޭހާ ފައިސާއެއް ބޮޑުވަޒީރު މޯދީ ފަންޑަށް

Loading

Facebook
Twitter
WhatsApp

ސެލްފީ ނަގަން އެދޭ ފަރާތްތަކަށް އެ ފުރުސަތުދޭނީ 100 ރުޕީސް ދިނުމުންކަމަށް އިންޑިއާގެ ސްޓޭޓެއްގެ ވަޒީރަކު ވިދާޅުވެއްޖެއެވެ.

މަދިޔަ ޕްރަދޭޝްގައި ވެރިކަން ކުރަމުންދާ ހަރުކަށި ހިންދޫންގެ ޕާޓީ ބާރަތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ) ސަރުކާރުގެ މިނިސްޓަރ އޫޝާ ޓާކަރު ވިދާޅުވި ގޮތުގައި ސެލްފީ ނެގުމަށް ވަގުތުތަކެއް ހޭދަ ކުރަންޖެއެވެ. އެހެންވެ އޭނާއާއެކު ސެލްފީ ނަގަން މީހުންނަށް ފުރުސަތު ދޭނީ 100 ރުޕީސް ދިނުމުންނެވެ.

އޫޝާ ވިދާޅުވި ގޮތުގައި ސެލްފީ ނަގައިގެން ލިބޭ ފައިސާ އޭނާ ޖަމާ ކުރައްވާނީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ކެއާރ ފަންޑަށެވެ.

މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އޫޝާ ވިދާޅުވީ ސެލްފީ ނަގަން ގިނަ ވަގުތުތަކެއް ހޭދަވެގެންދާކަމަށާއި އެކަމުގެ ސަބަބުން އެކިއެކި ޕްރޮގްރާމުތަކުގައި ބައިވެރިވެވަޑައިގަތުމަށް ގަޑިއަށް ވަޑައެއްނުގެންނެވޭކަމަށެވެ. ނަމަވެސް ސެލްފީއަށް ވަގުތު ދެއްވުމުން ދެން ބީޖޭޕީގެ ޚަޒާނާއަށް ރުފިޔާ ޖަމާވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މަދިޔަ ޕްރަދޭޝްގެ ފަތުރުވެރިކަމާބެހޭ ވަޒީރު އޫޝާ ވިދާޅުވިގޮތުގައި އޭނާއަށް މަރުހަބާ ދަންނަވަން ކުރިއަށް އޮތްތަނުގައި މީސްމީހުން ދޭ މާމެލާމެލި އޭނާ ގަބޫލެއް ނުކުރައްވާނެއެވެ. ގަބޫލު ކުރައްވާނީ ހަމައެކަނި ފޮތްފޮތެވެ.

”ބޮޑުވަޒީރު ވެސް ވަނީ މަލުގެ ބަދަލުގައި ފޮތް ހޯދުމަށް ވިދާޅުވެފައި.“ އޭނާ ވިދާޅުވިއެވެ.

މަދިޔަ ޕްރްދޭޝްގައި އެންމެ ބޮޑަށް ކޮރޯނާ ވައިރަސް ފެތުރެމުން ދިޔަ ދުވަސްވަރުވެސް މިނިސްޓަރ އޫޝާ ތަންތަނަށް ދަތުރުކުރައްވައި މީސްމީހުންނާ ބައްދަލު ކުރައްވައި ހެއްދެވި އިރު މާސްކެއް ނާޅުއްވައެވެ. އަދި ވިދާޅުވަނީ އެކަމަނާއަށް ކޮރޯނާ ވައިރަހުގެ އަސަރެއް ނުކުރާނެކަމަށެވެ.

މިނިސްޓަރ އޫޝާ ގެންގުޅުއްވާ އާދަޔާ ޚިލާފު ”ބޯގަޅި“ ސިޔާސަތަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް