ރައީސްގެ އަނބިކަބަލުން ފަޒުނާ ކޮވިޑް ފެސިލިޓީގައި ވޮލަންޓިއަރެއްގަ ގޮތުގަ

ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފަށްޓަވައިފި އެވެ. ފަޒުނާ ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދާކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނު( އެމްޖީޖީއޭ)ން ނެވެ. އެ އެސޯސިއޭޝަނުންވަނީ ފަޒްނާ ހަޒްމަތު ސޫޓް ތުރުކުރައްވައިގެން ހުންނެވި ފޮޓޯއެއް ވެސް އާންމުކޮށްފައެވެ. އެކަމަނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން އެމްޖީޖީއޭ އިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ  އެކަމަނާ މިހާރު ގެންދަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި […]

އަލަށް ދަޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ތަކެތި ދޫކުރަންފަށައިފި

  ރާއްޖޭގައި އަލަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ”ސްޓާޓް އަޕް“ ޕެކޭޖްގެ ދަށުން ދަނޑުވެރިންނަށް ތަކެތި ދޫކުރަން ފަށައިފިއެވެ. އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ބުނީ މި ޕެކޭޖް ނެގޭނީ އެކުންފުނިން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައި ބައިވެރިވެފައިވާ ދަނޑުވެރިންނަށް ކަމަށެވެ. ކޮންޓްރެކްޓް ފާމިންގ މަޝްރޫއު ރާއްޖޭގެ 44 ރަށެއްގައި ކުރިއަށްގެންދެއެވެ. އެގްރޯނެޓުން ބުނީ މި 44 ރަށުގެ  ދަނޑުވެރިން ތެރެއިން މިހާތަނަށް %50 އަށްވުރެ ގިނަ ރަށްރަށުން މި ޕެކޭޖް ބޭނުންވެގެން […]

ޅ. އަތޮޅުގައި އަލަށް ހެދި ރިސޯޓް އޮގަސްޓްގައި ހުޅުވަނީ

    ޅ. ތިލަމާފުށީގައި އެމެރިކާގެ މެރިއެޓް އިންޓަނޭޝަނަލް ކުންފުނިން ހެދި ރިސޯޓު އަންނަ އޯގަސްޓް މަހުގައި ހުޅުވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ. އާއިލީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މިރިސޯޓަކީ ލަ މެރީޑިއެން މޯލްޑިވްސް ރިސޯޓު އެންޑް ސްޕާގެ ނަމުގައި ބްރޭންޑް ކޮށްގެން ތަރައްގީ ކޮރި ރިސޯޓެކެވެ. އެއްކޮޓަރި އާއި ދެ ކޮޓަރީގެ ވިލާތަކުގެ އިތުރުން މޫދުގައި ތަރައްގީ ކޮށްފައިވާ ވޯޓާ ވިލާތަކާއި ބީޗް ވިލާތައް ވެސް ހުންނަ މި ރިސޯޓުގައި އެކި ފަންތީގެ 154 […]

ހަމަލާއަށްފަހު އިމްރާން މީޑިއާއަށް ހިއްސާކުރި މައުލޫމާތާމެދު އީވާގެ ނުރުހުން

  ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއަށް ފަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅުތަކާމެދު އީވާ ނުރުހުންފާޅުކޮށްފިއެވެ. ރައީސް ނަޝީދަށް ހަމަލާ ދިން ރޭ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ ރައީސް ނަޝީދުގެ ހަށިކޮޅަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާ ނަމަވެސް ފުރާނަފުޅަށް ނުރައްކާވާ ފަދަ އަނިޔާއެއް ލިބިވަޑައިގެންފައި ނުވާކަމށެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކަމާ ގުޅިގެން އެންމެ ފުރަތަމަ ސުވާލުކުރެއްވީ […]

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

ޓެރަރިޒަމަށް ތުހުމަތުކޮށް އައްޑު އަތޮޅުން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅު ވެއްޖެއެވެ. މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ އެފަދަ ތުހުމަތު އޮންނަ މީހުންގެ ހަރަކާތް ހުއްޓުވަން ފުލުހުން ކުރާ މަސައްކަތުގައި އައްޑޫއިން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ ތުހުމަތުގައި މީހުން […]

ގައްދޫ ކައުންސިލް ރައީސް އަނބުރާ ޖަލަށް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ. ހައިކޯޓުން އެގޮތަށް އަމުރުކުރީ  ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކުރިން އަމުރުކޮށްފައި ވަނިކޮށް އޭނާ ޖަލުން މިނިވަން ކުރަން މިމަހުގެ ތިންވަނަ ދުވަހު ގައްދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރުމާގުޅިގެން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވުމަށްފަހު، އޭނާ ދޫކޮށްލަން ކޯޓުން އަމުރުކުރުމުން، މައްސަލަ […]

ކޯވިޑް19: އިތުރު 1,559މީހުން ފައްސިވެއްޖެ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު1,559 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 401 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 20 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 1,135 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 55,924 އަށް އަރައިފައެވެ. އޭގެ ތެރޭގައި 23,464 އެކްޓިވް ކޭސް ހިމެނޭއިރު 290 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަން ހުށަހަޅަން ހުޅުވާލައިފި

  ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ހިންގަމުންއަންނަ ”އަހަރެންގެ ބޭންކް“ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ ބެންކުން ހުޅުވާލައިފިއެވެ. ބީއެމްއެލް އިން ބުނީ ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ މި ފަންޑަށް މިއަހަރުގެ ދެވަނަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް  ޕްރޮޕޯސަލް ހޮވުމަށް ހަމަޖައްސާފައިވާކަމަށެވެ. ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފައެވެ. އޭގެތެރޭގައި […]

ކޮވިޑް-19: ހާލަތާ ގުޅިގެން މަޖިލީހުން ހެލްތު މިނިސްޓަރަށް ސުވާލުތަކެއް

    ކޯވިޑް-19ގެ ބަލިމަޑުކަމުގެ މިހާލަތުގައި ގިނަ ކަންބޮޑުވުންތަކެއް ހުރުމާއެކު އެކަންކަމާގުޅޭ މާއުލޫމާތު ސާފުކޮށްދިނުމަށް އެދި މަޖިލީހުން ހެލްތު މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފިއެވެ. ހެލްތުމިނިސްޓަރުގެ އަރިހުން މައުލޫމާތު ސާފްކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމެވެ. ހައިތަމް ހުށަހެޅުއްވި ވަޒީރުންނާ ސުވާލުކުރުމުގެ ނޯޓިސްގައި އޭނާވަނީ ގިނަ ސުވާލުތަކެއް މިނިސްޓަރު ނަސީމްއާ ކުރައްވާފައެވެ. ހައިތަމް ވަނީ މިބަލީގައި 23 ދުވަހުގެތެރޭގައި 50އަށްވުރެމީހުން ނިޔާވެފައިވާތީ އާއި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 ބަލި ޖެހިފައިވާތީ އެކަމާ ކަންބޮޑުވުން […]

އިސްމާއިލް ފަތުހީ ކޮވިޑް ބަލީގައި އަވަހާރަވެއްޖެ

  ކުރީގެ އޮޑިޓާ ޖެނެރަލް އިސްމާއިލް ފަތުހީ ކޮވިޑް- 19 ބަލީގައި މިއަދު އަވަހާރަވެއްޖެ އެވެ. އިސްމާއީލް ފަތުހީ އަވަހާރަވީ ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ރާއްޖޭގެ އޮޑިޓް ދާއިރާގަ އާއި މާލީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ހިދުމަތްތަކެއް ކުރައްވާފައިވާ ފަތުހީ އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ. ރާއްޖޭގެ އޮޑިޓް އޮފީސް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ހިންގެވުމުގެ މޭސްތިރިއަކީ ފަތުހީ އެވެ. އަދި މީގެ އިތުރުން ފަތުހީ އަކީ ރާއްޖޭގެ އެކައުންޓިން […]