ޅ. އަތޮޅުގައި އަލަށް ހެދި ރިސޯޓް އޮގަސްޓްގައި ހުޅުވަނީ

Loading

Facebook
Twitter
WhatsApp

 

 

ޅ. ތިލަމާފުށީގައި އެމެރިކާގެ މެރިއެޓް އިންޓަނޭޝަނަލް ކުންފުނިން ހެދި ރިސޯޓު އަންނަ އޯގަސްޓް މަހުގައި ހުޅުވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އާއިލީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މިރިސޯޓަކީ ލަ މެރީޑިއެން މޯލްޑިވްސް ރިސޯޓު އެންޑް ސްޕާގެ ނަމުގައި ބްރޭންޑް ކޮށްގެން ތަރައްގީ ކޮރި ރިސޯޓެކެވެ.

އެއްކޮޓަރި އާއި ދެ ކޮޓަރީގެ ވިލާތަކުގެ އިތުރުން މޫދުގައި ތަރައްގީ ކޮށްފައިވާ ވޯޓާ ވިލާތަކާއި ބީޗް ވިލާތައް ވެސް ހުންނަ މި ރިސޯޓުގައި އެކި ފަންތީގެ 154 ވިލާ ހުރެ އެވެ.

ގާތްގަނޑަކަށް ނުވަ ހެކްޓަރުގެ މި ރަށުގައި ”ތިލަމާފުށި ވިލާ“ ގެ ނަމުގައިވެސް ހާއްސަ ވިލާއެއް ހަދާފައިވެ އެވެ. އަދި މި ރިސޯޓުގައި އެކި ކެއުންތައް ހިމެނޭ ގޮތަށް ހަ ރެސްޓޯރެންޓެއް ހަދާފައިވެ އެވެ.

ޅ. އަތޮޅުގައި މިހާރުވެސް ނުވަ ރިސޯޓެއް ހިންގަ އެވެ.

މި އަހަރު ރާއްޖޭގައި މުޅިން އަލަށް 18 ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް