ކޮވިޑް-19: ހާލަތާ ގުޅިގެން މަޖިލީހުން ހެލްތު މިނިސްޓަރަށް ސުވާލުތަކެއް

Loading

Facebook
Twitter
WhatsApp

 

 

ކޯވިޑް-19ގެ ބަލިމަޑުކަމުގެ މިހާލަތުގައި ގިނަ ކަންބޮޑުވުންތަކެއް ހުރުމާއެކު އެކަންކަމާގުޅޭ މާއުލޫމާތު ސާފުކޮށްދިނުމަށް އެދި މަޖިލީހުން ހެލްތު މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފިއެވެ.
ހެލްތުމިނިސްޓަރުގެ އަރިހުން މައުލޫމާތު ސާފްކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމެވެ.

ހައިތަމް ހުށަހެޅުއްވި ވަޒީރުންނާ ސުވާލުކުރުމުގެ ނޯޓިސްގައި އޭނާވަނީ ގިނަ ސުވާލުތަކެއް މިނިސްޓަރު ނަސީމްއާ ކުރައްވާފައެވެ.

ހައިތަމް ވަނީ މިބަލީގައި 23 ދުވަހުގެތެރޭގައި 50އަށްވުރެމީހުން ނިޔާވެފައިވާތީ އާއި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 ބަލި ޖެހިފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ސުވާލުތައް ކުރައްވާފައެވެ.

އެގޮތުން ކޮވިޑް މިހާ ހަލުވިކޮށް ފެތުރެމުންދާތީ މި ބައްޔަށް ފަރުވާދެވޭނެ ކިތައް ހެލްތް ޕްރޮފެޝަނަލުން ތިބި ތޯއާއި ބަލިމީހުންނަށް ހުރި އެދުގެ ތަފްސީލް އާއި ކޮވިޑް ބަލީގައި ފަރުވާދޭނެ ބޭނުންކުރާ އާލާތްތަކުގެ ތަފްސީލް ހޯދުމަށްވެސް ހައިތަމްވަނީ އެދިވަޑައިގެންފައެވެ.
އަދި މިސުވާލުތަކުގެ ޖަވާބު ލިޔުން ދެއްވުމަށް ހެލްތު މިނިސްޓަރަށް އަހްމަދު ނަސީމަށް އަންގަވާފައެވެ.

ކޮވިޑް-19އާއި ގުޅިގެން ރައްޖޭގެ ހާލަތު ގޯސްވަމުންދާތީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ސަރުކާރުން މިހާރުވަނީ  ނިންމަވާފައެވެ.

މިހާރުވެސް މާލޭގެ އިތުރުން އަތޮޅުތެރޭގައި ކާފިއުގެ ގަޑިތއް ކަނޑައަޅާ އަންނަނީ ތަންފީޒުކުރަމުންނެވެ. އަދި 70 ރަށް އޮތީ އަރައިފޭބުން މަނާކޮށްފައެވެ.

މިވަގު ރާއްޖޭގައި ކޮވިޑް-19 ބަލި ތަހައްމަލުކުރަމުންދާ 66919 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް