ރައީސްގެ އަނބިކަބަލުން ފަޒުނާ ކޮވިޑް ފެސިލިޓީގައި ވޮލަންޓިއަރެއްގަ ގޮތުގަ

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފަށްޓަވައިފި އެވެ.

ފަޒުނާ ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދާކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނު( އެމްޖީޖީއޭ)ން ނެވެ.

އެ އެސޯސިއޭޝަނުންވަނީ ފަޒްނާ ހަޒްމަތު ސޫޓް ތުރުކުރައްވައިގެން ހުންނެވި ފޮޓޯއެއް ވެސް އާންމުކޮށްފައެވެ.

އެކަމަނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން އެމްޖީޖީއޭ އިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ  އެކަމަނާ މިހާރު ގެންދަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންކަމަށާ އެކަމަނާ އަކީ ޒުވާނުންނާއި ކަނބަލުންނަށް ނަމޫނާއެއް ކަމަށެވެ. ޓްވީޓް ނިންމާލައިފައިވަނީ އެކަމަނާ ކުރައްވަމުން ގެންދަވާ ޚިދުމަތްތަކަށް އެމްޖީޖީއޭއިން ޝުކުރު އަދާކުރަމުންނެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކޮވިޑް އަށް ޕޮޒިޓިވްވެފައެވެ. ބަލިން ރަނގަޅުވުމަށްފަހު އެކަމަނާ ވަނީ ކޮވިޑުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

އަދި އެ ފުރުސަތު ލިބިޑައިގެންފިނަމަ އެންމެ ބޮޑަށް ބޭނުންވާ ދިމާލެއްގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވެސް ރައީސްގެ އަނބިކަބަލުން ފަޒްނާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި މީގެ ކުރިންވެސް ފަޒްނާވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެގޮތުން އެހީތެރިކަން ބޭނުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވައި، މީހުން ހޭލުންތެރިކުރުމަށް އެޗްއީއޯސީއާއި ޔުނިސެފުން ކުރި މަސައްކަތުގައި މުހިއްމު ދައުރެއް އެކަމަނާ ވަނީ އަދާކުރައްވާފައެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯހަށް ދިއުމާއި ގުޅިގެން ބަލި މީހުންނަށް ފަރުވާ ދިނުމުގައާއި ކޯވިޑް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ވޮލެންޓިއަރކޮށް މަސައްކަތްކުރާނެ ފަރާތްތައް މިހާރުވެސް އަންނަނީ ހޯދަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް