ތަހުގީގީ މައުލޫމާތު ސީދާ ނަޝީދަށް ދެއްވުމަށް އެމްޑިޕީން އެދިއްޖެ
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅޭ ތަހުގީގުގެ މައުލޫމާތު ރައީސް ނަޝީދާއި ހިއްސާކުރުމަށް އެމްޑީޕީން ފުލުހުންގެ އިދާރާގައި އެދިއްޖެ އެވެ. ތަހުގީގުގެ މައުލޫމާތު ރައީސް ނަޝިދަށް ހިއްސާކުރުމަށް އެދިފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ސޮއިކުރައްވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އިއްޔެ ފޮނުއްވި ސިޓީއެއްގައެވެ. ރޭ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފް ވިދާޅުވީ ފުލުހުން ހިންގާ ތަހުގީގުގެ […]
ހުޅުމާލޭގައި ފްލެޓް އިމާރާތެއް އެޅުމަށް އާރުސީސީ އާ ހަވާލުކޮށްފި
ހުޅުމާލޭގައި ފްލެޓް އިމާރާތެއް އެޅުމަށް އެޗްޑިސީން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ މި ފްލެޓް އިމާރާތަކީ އެކިފަންތީގެ މީހުންނަށް ހާއްސަކޮށްގެން އިމާރާތްކުރާ ތަނެއްކަމަށް އެޗްޑިސީން ބުނެއެވެ. ފްލެޓްތައް ވިއްކުމަށް ”ބްލޫ ހެވަން“ ނަމުގައި އެޅުމަށް ހަމަޖައްސާފައިވާ މި ޓަވަރުގައި ދެ ކޮޓަރި އާއި ތިންކޮޓަރި އަދި ޕެންޓްހައުސް ހުރެއެވެ. ޖުމްލަ 24،098.22 އަކަފޫޓް ހުންނަ ބިމެއްގައި 116 ޔުނިޓް އިމާރާތް ކުރަން […]
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ސިޓީކައުންސިލުން އެދިއްޖެ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި 6،000 ރުފިޔާއަށް ވުރެ ކުޑަކޮށް ދޭން މާލެ ސިޓީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިއްޖެއެވެ. މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ ރައީސް ސޯލިހާއި ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމަށްފަހު ރޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވީ ރައީސް އާއި އެކީ ބޭއްވި ބައްދަލުވުމުގައި ހިޔާ ފްލެޓްތަކުގެ އަގު ކުޑަކޮށް […]
ޣައްޒާ ފުނޑާލަން އިޒުރޭލަށް ހިތްވަރު ދިނުމަށް ފަހު އެމެރިއާއިން ފަލަސްތީނަށް އެހީވަނީ
ޣައްޒާ ފުނޑާލަން އިޒުރޭލަށް ހިތްވަރު ދިނުމަށް ފަހު އެމެރިކާއިން ފަލަސްތީނަށް 350 މިލިއަން ޑޮލަރުގެ އެހީއެއް ވުމަށް ނިންމައިފިއެވެ. ފަލަސްތީނަށް އެމެރިކާއިން ދޭން ނިންމި އެހީއަކީ އިޒުރޭލުން ދާދި ފަހުން ފަލަސްތީނަށް ދިން ހަމަލާތަކުގައި ގެއްލުން ލިބުނު ރައްޔިތުންނަށް އެހީ ތެރިވުމަށާއި ފަލަސްތީނުގެ އިމާރާތްތަކަށާއި އެކިއެކި އިދާރާތަކަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް ރަނގަޅު ކޮށް ދިނުމުގެ ގޮތުން ދޭ އެހީއެކެވެ. މި އެހީގެ ކަންތައް ހިންގައި ބަލަހައްޓާނީ އެމެރިކާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ޔޫއެސް […]
އެމްޑަބްލިއުއެސްސީން ފެނާއި ކަރަންޓުން ޑިސްކައުޓް ދޭން ނިންމައިފި
އެމްޑަބްލިއު އެސްސީން އިން ހިދުމަތްދޭ ރަށްރަށުގައި، މި މަހުގެ ފެން އަދި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ނިންމައިފައިވާކަމށް އެކުންފުނިން ބުނެފިއެވެ. އެމްޑބްއެސްސީން ބުނީ އެކުންފުނިން ޑިސްކައުންޓްދޭން ނިންމީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެކުންފުނީގެ ހިދުމަތް ހޯދައިގަންނަ ފަރާތްތަަކަށް ލުޔެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އެމްޑަބްލިޔު އެސްސީން ބުނީ ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ. ދުވާފަރު، ކ.މާފުށި އަދި ހދ. ކުޅުދުއްފުށީގެ ކޮންމެ ގޭބީސީ އެއްގެ […]
އިންޑިޔާގެ ކޯވިޑް ކޭސްތައް ކޮންޓްރޯލް ނުކުރެވޭތީ ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކޮށްފި
ކޯވިޑް 19 ޖެހިފައިވާ 17537 ބަލިމީހުން ހިމަނައިގެން އިންޑިޔާއިން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި މި ބަލީގެ ސަބަބުން ސެކަންޑްރީ އިންފެކްޝަނެއް އުފެދުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި މިގޮތަށް ސެކަންޑްރީ އިންފެކްޝަނެއް އުފެދުނު ބަލި މީހުންގެ ތެރެއިން %60 މީހުން މި ބަލީގައި ވަނީ މަރުވެފައެވެ. ސެކަންޑްރީ އިންފެކްޝަންގެ ސަބަބުން ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވެގެންދެއެވެ. މި ސެކަންޑްރީ އިންފެކްޝަންއަށް ފަރުވާ ދިނުމުގެ ގޮތުން ޑޮކްޓަރުން ބޭނުންކޮށް އުޅެނީ އެންޓިބަޔޮޓިކްސްއެވެ. އަދި އެންޓި ބަޔޮޓިކްސް ބޭނުންކޮށްގެންވެސް […]
މެލޭޝިޔާ: އެންމެ 90 މިނިޓުގެ ތެރޭގައި ތިން ލައްކައަށް ވުރެ ގިނަ މީހުން ވެކްސިން ޖަހަން އެދުނު
އުމުރުން 60 އަހަރުން ދަށުގެ މީހުން އެސްޓްރާޒެނެކާ ވެކްސިން ޖެހުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މެލޭޝިޔާގެ ކޯވިޑް-19 އިމިއުނައިޒޭޝަން ޓާސްކްފޯސް ( ސީ.އައި.ޓީ.އެފް) އިން ހުޅުވާލާފައިވަނީ ބުދަދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ތިން ލައްކައަށް ވުރެ ގިނަ މީހުން ވެކްސިން ޖެހުމަށްއަށް އެދި ފޯމު ހުށަހަޅާފައިވާކަމަށް އެތަނުން ވަނީ މައުލޫމާތު ދީފައެވެ. އަދި ފޯމު ލުމުގެ ފުރުސަތު ހުޅުވާލިތާ 90 މިނެޓުގެ ތެރޭގައި ވެކްސިން ޖެހުމަށް ކަނޑައެޅިފައިވާ އަދަދު ހަމަވެފައި ވާކަމަށް ވެސް އެތަނުން ވަނީ މައުލޫމާތު […]
މާލޭގެ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ
މާލޭގެ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. އެމްއެންޑިއެފުން ބުނީ އަލިފާން ރޯވެފައިވަނީ މއ. މޯނިންގެ ވިއުގެ ތިންވަނަ ފަންގިފިލާގައި ކަމަށާ މި ހާދިސާ ހިނގީ ފަތިހު ފަހެއް ޖެހި ހާއިރުކަމަށެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި ވަގުތު އެގޭގައި މީހުން ތިބިކަމަށާއި އަލިފާނުގެ ހާދިސާ ހިންގުމުން ގޭގެ އެކި ފްލޯތަކުން މީހުން ނުކުންނަން އުޅުމުގެ ތެރޭގައި އެކިވަރުގެ ކުދި އަނިޔާ ލިބިފައިވާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިގޭގައި ގާތްގަޑަކަށ 40 ހަކަށް މީހުން […]
ހިޔާ ފްލެޓްތަކުގެ ކުއްޔަކީ 8500 ރުފިޔާ
ހިޔާފް ފްލެޓްތަކުގެ ކުއްޔަކީ 8500 ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީން) ކަނޑައަޅައިފިއެވެ. އެޗްޑީސީން ނެރެފައިވާ އިއުލާނުގައި ވާގުތުން އިންސްޓޯލްމަންޓްގެ ގޮތުގައި 7500ރ ދައްކަންކަން ޖެހޭއިރު މެއިންޓަނެންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1000ރ ނަގާގޮތަށް ވަނީ ހަމަގައްސާފައެވެ. ހިޔާ ފްލެޓްތަކަށް ފައިސާ ދައްކާ ނިންމަން ޖެހެނީ 25 އަހަރު ދުވަހަށް ބަހާލައިގެންނެވެ. އެޗްޑީސީން ބުނީ ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކުން ޑައުން ޕޭމަންޓްގެ ގޮތުގައި […]
މާލޭގައި ނުރައްކާތެރި އެކްސިޑެއް ހިނގާ މީހަކު މަރުވެއްޖެ
މާލޭ ސިޓީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނަކު މަރުވެއްޖެ އެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ މަގުމަތީ ބާއްވާފައި އޮތް ގާޑިއަލެއްގައި ޖެހިގެންކަމަށެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ރޭ 10:00 ޖެހިއިރު ކަމަށާ އކްސިޑެންޓްގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާ އަކީ ސައިކަލްގެ ފަހަތުގައި އިންމީހާކަމަށް ވެސް ފުލުހުން ބުނެއެވެ. އޭނާ މަރުވީ ލިބުނު އަނިޔާތަކަށް […]