މެލޭޝިޔާ: އެންމެ 90 މިނިޓުގެ ތެރޭގައި ތިން ލައްކައަށް ވުރެ ގިނަ މީހުން ވެކްސިން ޖަހަން އެދުނު

Loading

Facebook
Twitter
WhatsApp

އުމުރުން 60 އަހަރުން ދަށުގެ މީހުން އެސްޓްރާޒެނެކާ ވެކްސިން ޖެހުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މެލޭޝިޔާގެ ކޯވިޑް-19 އިމިއުނައިޒޭޝަން ޓާސްކްފޯސް ( ސީ.އައި.ޓީ.އެފް) އިން ހުޅުވާލާފައިވަނީ ބުދަދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ތިން ލައްކައަށް ވުރެ ގިނަ މީހުން ވެކްސިން ޖެހުމަށްއަށް އެދި ފޯމު ހުށަހަޅާފައިވާކަމަށް އެތަނުން ވަނީ މައުލޫމާތު ދީފައެވެ. އަދި ފޯމު ލުމުގެ ފުރުސަތު ހުޅުވާލިތާ 90 މިނެޓުގެ ތެރޭގައި ވެކްސިން ޖެހުމަށް ކަނޑައެޅިފައިވާ އަދަދު ހަމަވެފައި ވާކަމަށް ވެސް އެތަނުން ވަނީ މައުލޫމާތު ދީފައެވެ. އެހެންކަމުން މެންދުރު 1:27 ގައި ވަނީ ފޯމު ހުށަހެޅުމަށް ތައްޔާރު ކޮށްފައިވާ އޮންލައިން ޕޯޓަލް ބަނދުކޮށްފައެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެހާ ގިނަ މީހުން އެއްފަހަރާ ފޯމު ހުށަހެޅުމަށް މަސައްކަތް ކުރުމުގެ ސަބަބުން ވަރަށް ގިނަ މައްސަލަތައް ކުރިމަތިވެފައި ވާތީ ގިނަ ރައްޔިތުން ވަނީ ޝަކުވާ ކޮށްފައެވެ.

މި ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ މެލޭޝިޔާގެ ކުއަލަ ލަމްޕޫރާއި، ޕެނަންގް، ސަރަވަކް އަދި ސެލެންގޯރގައި ދިރިއުޅެމުންދާ އުމުރުން 18 އާއި 60 އަހަރާ ދެމެދުގެ މީހުންނަށް އެކަންޏެވެ. މީގެ ކުރިން މި ވެކްސިން ޖެހުމުގެ ފުރުސަތު އެ ގައުމުގައި ހުޅުވާލެވިފައިވަނީ 60 އަހަރުން މަތީގެ މީހުންނަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް