ކްލައިމެޓް އިމަރޖެންސީ ބިލު ތަސްދީގު ކުރައްވައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ކްލައިމެޓް އިމަރޖަންސީ ބިލު މިއަދު ތަސްދީގު ކުރައްވައިފި އެވެ. މި ބިލަކީ މިދިޔަ މަހު 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ކުލައިމެޓް އެމަރޖެންސީގެ ޤާނޫނު މިއަދު ވަނީ ގެޒެޓް ކޮށްފައެވެ. ކްލައިމެޓް އިމަރޖަންސީ ގާނޫނަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖެއަށް ނުރައްކާވެފައިވާތީ، ދިވެހިންނާއި ދިވެހިރާއްޖެ ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި ތަންފީޒު ކުރަންޖެހޭ […]
އިޒުރޭލުން ހަމަލާދީ ޣައްޒާގެ އިސްލާމީ ޔުނިވަސިޓީގެ އިމާރާތެއް ފުނޑުފުނޑުކޮށްލައިފި
އިޒުރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކުގައި ޣައްޒާގެ އިސްލާމީ ޔުނިވަސިޓީގެ ޚަލީލު ޢިމާރާތަށް ބޮން އަޅައި އެތަން ފުޑުފުޑުކޮށްލައިފިއެވެ. އަރަބި މީޑިއާއިން ޚަބަރުދޭގޮތުގައި ޣައްޒާގެ އެކިތަންތަނަށް މެދުކެނޑުމެއްނެތި އިޒުރޭލުން އެއްގަމާއި ވައިގެ މަގުން ދަނީ ހަމަލާ ދެމުންނެވެ. އަދި މުސްލިމުންނަށް އަނިޔާވެރި އިޒުރޭލުގެ ބޮޑު ވަޒީރު ބިންޔާމީނު ނަތަންޔާހޫ މެދުކެނޑުމެއްނެތި ވިދާޅުވަމުން ގެންދަވަނީ ހުއްޓުމެއްނެތި ޣައްޒާއަށް ހަމަލާ ދެމުންދާނޭކަމަށެވެ. ހޯމަދުވަހުގެރޭ މެންދަމުން އަލިވީފަހުން އިޒުރޭލުން ޣައްޒާގެ ހުޅަނގު ސަރަހައްދަށް ދިން ހަމަލާތަކުގައި ހަތަރު ބުރީގެ […]
މަޖިލީހަށް ނުރައްކަލެއް އޮތްކަމަށް ބަލައި ސެކިއުރިޓީ ވަރުގަދަކޮށްފި
ރައްޔިތުންގެ މަޖިލީހަށް ނުރައްކަލެއް އޮތްކަމުގެ މައުލޫމާތު ލިބުމުން ކަމަށްބުނެ މަޖިލިސް އިދާރާ ހުންނަ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ން ބުނީ މަޖިލީސް އިދާރާއަށް ނުރައްކަލެއް އޮތްކަމުގެ މައުލޫމާތު ރޭ ލިބިފައިވާ ކަމަށާއި އެކަމާގުޅިގެން މަޖިލިސް އިމާރާތާއި އެ އިމާރާތް ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާކަމަށެވެ. މަޖިލީހުގެ ޖަލްސާ އެއް އިއްޔެ ކުރިއަށްދިޔަ ދަނިކޮށް އެ ޖަލްސާ ފޭސްބްކްން ލައިވް ކުރަމުން ދަނިކޮށް އެ އަށް ކޮމެންޓް […]
މިސް ޔުނިވާސް 2021: މެކްސިކޯގެ އެންޑްރިއާ މެޒާ
”މިސް ޔުނިވާސް 2021″ގެ ޝަރަފުވެރި ތާޖު މެކްސިކޯގެ ޒުވާން އެންޑްރިއާ މެޒް 26އ ހޯދައިފިއެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން މިދިޔަ އަހަރު ”މިސް ޔުނިވާސް 2020“ ނުބާއްވައެވެ. އެންމެ ފަހުން 2019ގައި ބޭއްވި މިސް ޔުނިވާސްގެ މަގާމު ލިބުނީ ދެކުނު އެފުރިކާގެ ޒޮޒިބިނި ޓުންޒީއަށެވެ. އޭގެ ކުރިން ކަޅު ނަސްލުގެ އަންހެނަކަށް މިސް ޔުނިވާސްގެ މަގާމެއް ނުލިބެއެވެ. އެމެރިކާގެ ފްލޮރިޑާގައި ބޭއްވި މުބާރާތުން ދުނިޔޭގެ ރީތީގެ ރާނީގެ މަގާމު އެންޑްރިއާ މެޒް ހޯދީ 73 ގައުމުގެ ރީތީގެ […]
ފަލަސްތީނަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް މާލޭ ސިޓީގެ އައު މޭޔަރު ޑރ. މުޢިއްޒު ކުށްވެރިކުރައްވައިފި
ފަލަސްތީނަށް އިޒުރޭލުން ދެމުންގެންދާ ޢުދުވާނީ ޙަމަލާތައް މާލޭ ސިޓީގެ އައު މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ. މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ ހުވާކުރެއްވުމަށްފަހު ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި މި ދަނޑިވަޅުގައި ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ދިމާވެފައިވާ ހާލު ހަނދާނަށް ގެންނަވައި ވިދާޅުވިއެވެ. ”ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް މާލޭ ސިޓީގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ކުށްވެރިކުރަން.“ މުޢިއްޒު އިތުރަށް ވިދާޅުވިއެވެ. ”އަޅުގަނޑުމެން މާލޭ ސިޓީގެ […]
މިއަދުގެ 560 ކޭސްތަކާއެކު އިތުރު 741 ކޭސް!
މިއަދު ފެނުން ކޭސްތަކުގެ ތެރޭގައި ހިމެނެނީ ފާއިތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި 560 ކޭސްއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 156 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 25 މީހަކު ފައްސިވެފައި ވާއިރު އަނެއް 560 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 44,523 އަށް އަރައިފައެވެ. އޭގެ ތެރޭގައި 15,958 އެކްޓިވް ކޭސް ހިމެނޭއިރު 262 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ […]
ކޮރޯނާ ވައިރަހަށް ވެސް ދިރި ހުރުމުގެ ފުރިހަމަ ހައްގު ލިބިގެންވާކަމަށް ބީޖޭޕީގެ އިސް ބޭފުޅަކު ވިދާޅުވެއްޖެ
ކޮރޯނާ ވައިރަހަށް ވެސް ދިރި ހުރުމުގެ ފުރިހަމަ ހައްގު ލިބިގެންވާކަމަށް އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަންތާ ޕާޓީގެ އިސް ބޭފުޅެއްކަމުގައިވާ ތުރިވެންދުރަ ސިންގް ވިރާތު ވިދާޅުވެއްޖެއެވެ. ވިރާތު ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަހަކީ އެހެނިހެން މަޚުލޫޤުން ފަދައިން ދުނިޔޭގައި އުޅޭ އެއްޗެކެވެ. އެހެންވެ ކޮރޯނާ ވައިރަހަށް ވެސް ދިރިއުޅުމުގެ ހައްގު ލިބިގެންވެއެވެ. އިންޑިއާގެ އުއްތަރު ކަންޑުގެ ކުރީގެ ޗީފް މިނިސްޓަރ ތުރިވެންދުރަ ސިންގް ވިރާތު ވިދާޅުވި ގޮތުގައި އަޅުގަނޑުމެން އިންސާނުން މަޚުލޫޤުންނަށް ވީފަދައިން ކޮރޯނާ ވައިރަހަކީ […]
މާލެ ސިޓީ ކައުންސިލްގެ ހުވާ ކުރުން އޮންލައިންކޮށް
މާލެސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެފައިވާ ފަރާތްތަކުގެ ހުވާކުރުމުގެ ރަސްމިއްޔާތު ސަލްޓަންޕާކުގައި ބޭއްވުމަށް އިއުލާން ކުރުމަށް ފަހު އެ ނިންމުން ބަދަލު ކޮށް އޮންލައިންކޮށް ބޭއްވުމަށް ނިންމައިފި އެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް މާލެ ސިޓީ ކައުންސިލުގެ މެންބަރުންގެ ހުވާ ކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިގްރާރުވުން ކުރިއަށް ދާނީ މާދަމާ ހެނދުނު އޮންލައިންކޮށް ކަމަށެވެ. މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް […]
ކޮވިޑް19: ޒުވާން އަންހެނަކު މަރުވެެއްޖެ!.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ 30 އަހަރުގެ ދިވެހި އަންހެނަކު މިއަދު މަރުވެއްޖެ އެވެ. 30 އަހަރުގެ ޒުވާން އަންހެން މީހާގެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 96 އަކަށް އަރައިފައެވެ. ރޭ ފަތިހު ވަގުތެއްގައި މަރުވެފައިވަނީ މާލޭ ދަފްތަރު އާއިޝަތު މިޒުނާ އެވެ. މިޒުނާ މަރުވިއިރު އޭނާގެ ދެ އަންހެން ކުދިންވެސް އެބަތިއްބެވެ. މިއީ، ކޮވިޑްގައި މިހާތަނަށް ރާއްޖެ އިން މަރުވި އެންމެ ޒުވާން ދިވެހި މީހާ […]
އިންޑިއާގެ ފިލްމީ ތަރި އަނގަގަދަ މިތުރު ކަންގަނާއަށް މުސްލިމުންގެ ނުރުހުމާއި ފާޑުކިއުން އަމާޒުވެއްޖެ
އިޒުރޭލުން ފަލަސްތީނަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ހިމާޔަތުގައި ވާހަކަދެއްކުމުން، ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު އަނގަގަދަ މިތުރު ކަންގާނާއަށް ގިނަބައެއްގެ ފާޑުކިއުމާއި ނުރުހުމާއި ރުޅިވެރިކަން އިންތިހާއަށް އަމާޒުވެއްއެވެ. އަދި އޭނާއަކީ ޓެރަރިސްޓު ހަމަލާތަކަށް ހިތްވަރުދޭ ހަރުކަށި ވިސްނުމުގެ އަންހެނެއްކަން މުޅި ދުނިޔެއަށް އިތުރަށް ހާމަވެގެން ހިނގައްޖެއެވެ. ކަންގަނާ ޓްވިޓާގައި ބޭނުން ކުރަމުން އައި ހަރުކަށި އަދި ނަފުރަތުން ފުރިގެންވާ ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން ދާއިމީކޮށް އޭނާ ވަނީ މި މަހު ޓުވިޓާއިން ބޭރުކޮށްލާފައެވެ. އެ ހިތާމައާއި […]