މިއަދުގެ 560 ކޭސްތަކާއެކު އިތުރު 741 ކޭސް!

Loading

Facebook
Twitter
WhatsApp

މިއަދު ފެނުން ކޭސްތަކުގެ ތެރޭގައި ހިމެނެނީ ފާއިތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި 560 ކޭސްއެވެ.

މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 156 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 25 މީހަކު ފައްސިވެފައި ވާއިރު އަނެއް 560 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 44,523 އަށް އަރައިފައެވެ. އޭގެ ތެރޭގައި 15,958 އެކްޓިވް ކޭސް ހިމެނޭއިރު 262 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 98 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 28,459 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް