ދިވެހި މަސްވެރި ދޯނިފަހަރުގައި ބިދޭސީން ގެންގުޅުމުގެ ހުއްދަދިނުމަކީ ބޮޑު ގޯހެއް: އެމް.ޕީ. ސަޢުދު
ރާއްޖޭގެ މަސް ދޯނިފަހަރުގައި ބިދޭސީ މަސްވެރިންގެ ގޮތުގައި ގެންގުޅެން މިނިސްޓްރީ އޮފް ފިޝަރީޒް އިން ހުއްދަ ދިނުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސަޢުދު ހުސައިން ވިދާޅުވެއްޖެއެވެ. އެސް.އެމް.އީގެ ވިޔަފާރީގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، ޒުވާނުން މަސައްކަތެއް ނެތި މަގުމަތީގައި ތިބޭ ތިބުމަކީ މިވަގުތު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. އަދި ޒުވާނުންގެ ބޭނުންކުރެވޭ ގޮތަށް ކަންކަން ބަދަލުކޮށްގެން ނަމަވެސް […]
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ވެރިކަމަށް ކުރިމަތިލައްވާނެބާ؟
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަން ނިމުމާއެކު މުޅި އެމެރިކާގައި ސިޔާސީ ހަލަބޮލިކަން އިތުރުވެގެން ދިޔައެވެ. މި ހަލަބޮލިކަމުގެ ތެރެއިން ދެން އިވިގެންދިޔަ ވާހަކަ އަކީ 2024 ވަނަ އަހަރު އޮންނަ އިންތިޚާބުގައި ޓްރަމްޕް ބައިވެރިވެވަޑައިގަންނަވަން ގަސްތުކުރައްވާކަމުގެ ވާހަކަ އެވެ. ޓްރަމްޕްގެ ސިޔާސީ ޕާރޓީ، ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ސިޔާސީ ހަރަކާތްތައް އިތުރުވަމުންދާކަން އެ ގައުމުގެ މީހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި މައިކް ޕޮމްޕޭޔޯ […]
މާދަމާ ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ފަށަނީ!
ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާ މާލެ ސަރަޙައްދުގައި ދޭން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާ މާލެ ސަރަހައްދުގައި ދޭން ފަށާނީ މާޗު 22 އަދި 23 ވަނަ ދުވަހު، ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށެވެ. ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭނީ ޓްރީޓޮޕް ހޮސްޕިޓަލުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އެޗްޕީއޭއިން ބުނީ މާދަމާ ހެނދުނު […]
ކޯވިޑް19: މިއަދު ފެނުނީ އިތުރު 157 ވޭދަނަ!
ރާއްޖެއިން ކޯވިޑް19 އަށް އިތުރު 157 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 72 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 12މީހަކާއި ސިނާޢީ މަސައްކަތް ކުރާ ރަށްތަކުން 2 މީހަކުވަނީ ފައްސިވެފައެވެ. އަނެއް 71 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 26,505 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,735 އެކްޓިވް ކޭސް ހިމެނޭއިރު 68 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ […]
ކޮރޯނާ ވައިރަހުގެ ސަބަބުން އިނގިރޭސި ބޮޑު ވަޒީރުގެ އިންޑިއާ ދަތުރުފުޅު ކެންސަލް ކުރައްވައިފި
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން އިންޑިއާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކުރައްވައިފިއެވެ. ބައިނަލް އަގުވާމީ މީޑިއާތަކުން ޚަބަރު ދިން ގޮތުގައި ބޮރިސް ޖޯންސަންގެ ދަތުރުފުޅު ފަސްކުރެއްވީ އިންޑިއާގައި އާދަޔާ ޚިލާފަށް ބާރަށް ކޮރޯނާ ވައިރަސް ފެތުރެމުން ދިއުމުގެ ސަބަބުންނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބޮރިސް ޖޯންސަން ދެން އިންޑިއާއަށް ވަޑައިގަންނަވާނީ މިއަހަރުގެ ފަހުކޮޅުގައެވެ. އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ބޮރިސް ޖޯންސަން ޖެނުއަރީ މަހުގެ ފަހުކޮޅު އިންޑިއާއަށް ކުރައްވަން […]
ރައީސް ނަޝީދަކީ އިސްލާމީ ގައުމެއްގެ ވެރިޔަކަށް ކުފޫ ހަމަވާ ބޭފުޅެއްނޫން: ޝައިޚް ޒައިދު
ރައީސް ނަޝީދަކީ އިސްލާމީ ގައުމެއްގެ ވެރިޔަކަށް ކުފޫ ހަމަވާ ބޭފުޅެއްނޫން ކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚު ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. އިސްލާމް ދީނާއި ކީރިތި ރަސޫލާއާ ގުޅޭގޮތުން ރައީސް ނަޝީދު ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކާ ގުޅިގެން މީގެ ކުރިން ވެސް ދީނީ ޢިލްމުވެރިން ވަނީ ކުރީގެ ރައީސް ކެރެފާ މުޙައްމަދު ނަޝީދު (އައްނި)އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޝައިޚް ޒައިދު މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައި ވަނީ ލާދީނީ ޖަމްއިއްޔާ، އެމްޑީއެންއިން އިސްލާމްދީނަށް ފުރައްސާރަ ކުރުމުން […]
ކޯވިޑް19: މިއަދު ފެނުނީ އިތުރު 203 ވޭދަނަ!
ރާއްޖެއިން ކޯވިޑް19 އަށް އިތުރު 203 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 70 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 18 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 115 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 26,348 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,678 އެކްޓިވް ކޭސް ހިމެނޭއިރު 60 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް […]
އަނެއްކާވެސް ބޮޑު ޑުރަގް ބަސްޓެއް
މޯލްޑިވްސް ކަސްޓަމްސް ސަރވިސުން ބުނީ ކޮރިއަރ ސާރވިސް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ މި ބަސްޓްގެ އަގު 4.7 މިލިއަން އަށް އަރާނެކަމުގައެވެ. މި ތަކެތި އަތުލައިގެންފައިވަނީ އޭޕްރިލް 17 ވަނަ ދުވަހު ކޮރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. މި ބަސްޓް ގައި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ނައިޖީރިއާއިން އެތެރެކޮށްފައިވާ 1032 ގްރާމުގެ ކޮކެއިން އަދި ޖަމައިކާއިން އެތެރެކޮށްފައިވާ 547 ގްރާމުގެ ކޮކެއިން ކަމަށެވެ. އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ […]
އަހަރަކު ތިން ފަހަރު ވެސް ވެކްސިން ޖަހަންޖެހިދާނެ
ކޮރޯނާ ވައިރަސްއިން ރައްކާތެރިވާން އަހަރަކު ތިން ފަހަރުވެސް ވެކްސިން ޖަހަން ޖެހިދާނެކަމަށް އެމެރިކާގެ ފައިޒަރ ކުންފުނިން ބުނެފިއެވެ. ފައިޒަރ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްބަޓް ބޯރިއާ ވިދާޅުވިގޮތުގައި ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ދެޑޯޒު ޖަހައިގެން ތިބޭ މީސް މީހުން ހަ މަހާއި 12 މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އިތުރު ޑޯޒެއްވެސް ޖަހަން ޖެހިދާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަހުން އެންމެ ފުރިހަމައަށް ރައްކާތެރިވާން ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމާ ގުޅޭ ގޮތުން […]
ސުވާލުތަކެއް… މިއީވެސް އެބުނާ އެންމެ މޮޅު ގޮތް ހެއްޔެވެ؟
ކިތަންމެ ގިނަބަޔަކު އެއްބަސްވިޔަސް ނުވަތަ އެގޮތަކަށް ކަންތައް ކުރިޔަސް އެއީ އެންމެ މޮޅު ގޮތް ކަމުގައި ނުވެދާނެއެވެ. މޮޅު ގޮތް ވާނީ ހަމަ މޮޅު ގޮތްތަކަށެވެ. ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ކަމުދާ ގޮތަކަށް ވީމާ އެއީ މޮޅު ގޮތްކަމުގައި ވުން ލާޒިމެއްވެސް ނުކުރާނެއެވެ. އަޅުގަނޑު ލިޔަން ބޭނުންވަނީ ދާދި މިދާކަށްދުވަހު ހިނގާދިޔަ ހާދިސާއެއްގެ މައްޗަށެވެ. އެއީ ދިވެހިރާއްޖޭގައި ބޭއްވުނު އިންތިޚާބަކާ ގުޅޭގޮތުންނެވެ. ލިއުމުގައި ބޭނުންކުރެވިފައި ވާނީ އަޅުގަނޑުގެ ޚިޔާލެވެ. އަޅުގަނޑަށް ފެންނަ މޮޅު ގޮތެވެ. […]