​މާދަމާ ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ފަށަނީ!

Loading

Facebook
Twitter
WhatsApp

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާ މާލެ ސަރަޙައްދުގައި ދޭން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާ މާލެ ސަރަހައްދުގައި ދޭން ފަށާނީ މާޗު 22 އަދި 23 ވަނަ ދުވަހު، ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށެވެ.

ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭނީ ޓްރީޓޮޕް ހޮސްޕިޓަލުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އެޗްޕީއޭއިން ބުނީ މާދަމާ ހެނދުނު 10:00-12:00އަށް ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒު ޓްރީޓޮޕް ހޮސްޕިޓަލުން ޖަހައިދޭނެ ކަމަށެވެ.ހަމަ އެއާއެކު މާދަމާ ރޭ 20:30 – 23:00އަށް ވެެސް ވެކްސިން ދިނުން ކުރިއަށް ދާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 21:00 – 23:30 އަށެވެ.

​ސިނޮފާމްގެ ފުރަތަމަ ޑޯޒު ޖަހައިދެމުންދަނީ ޓްރީ ޓޮޕް ހޮސްޕިޓަލުންނެވެ. އެއީ ކޮންމެ ރެއަކު 21:00 – 23:00 އާ ހަމައަށެވެ.

ވެކްސިން ޖަހަން ދާއިރު، ވެކްސިން ކާޑާއެކު އައިޑީ ކާޑް ނުވަތަ ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑް ގެންދަން ޖެހޭނެއެވެ.​

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް