15 އަހަރު ކުރިން ގެއްލުނު ބުޅާ ވެރިމީހާއަށް ލިބިއްޖެ

ވަރަށް ގިނަ މީހުން ޖަނަވާރާއި ދޫނި އޮޅުކޮށްގެން ގެންގުޅޭއިރު ގިނަބަޔަކަށް ކުރިމަތިވާ އެންމެ ބޮޑު ބިރަކީ ނުހަނު ލޯބިން ގެންގުޅޭ ޖަނަވާރާއި ދޫނި ސޫފާސޫފި ގެއްލުމެވެ. ނޫންނަމަ ކޮންމެ ވެސް ބަޔަކު ވަގަށް ގެންދިއުމެވެ. އެކަމަކު ވެސް ބައެއް މީހުން އަނބިދަރިން ގެން ގުޅޭހެން ޖަނަވާރާއި ދޫނި ސޫފާސޫފި އޮޅުކޮށްގެން ގެންގުޅެއެވެ. އިންސާނުން ދެކެ ލޯބިވާހެން ޖަނަވާރާއި ދޫނިދެކެ ލޯބިވެއެވެ. ދާދިފަހުން އެމެރިކާގެ ލޮސްއެންޖެލްސްގައި ހައިރާންވާފަދަ ކަމެއް ހިނގައިފިއެވެ. މީހަކު ގެންގުޅުނު ބުޅަލެއް ގެއްލުނުތާ 15 އަހަރު […]

ދޮޅުމަސް ފަހުން އަނެއްކާވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށައިފި 

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދަށަށް ދަމުން އަންނަތާ ހަތް ހަފްތާ ފަހުން އަނެއްކާވެސް ދުނިޔެ އިން ކޮވިޑް ޖެހޭ މީހުންގެ ޢަދަދުއިތުރުވެއްޖެއެވެ. ދުނިޔޭގައި މިހާތަނަށް 114 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި 2.5 މިލިއަން މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުންވަނީ ދުނިޔޭގައި ކޮވިޑް ޖެހޭ މީހުންގެ ޢަދަދު ވިދިވިދިގެން ހަތް ހަފުތާވަންދެން ދަށަށް ގޮސްފައިވާކަމަށް ދައްކާފައެވެ. އެއާއިއެކު ކޮވިޑްގެ ސަބަބުން ދުނިޔެއަށް […]

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް ފަށައިފި

  ހުޅުމާލޭ ދެ ވަނަ ފިޔަވަހިއަށް ބޭނުންވާ މުވާސަލާތީ ހިދުމަތްތައް ގުޅުމަށްޓަކައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފިއެވެ. އެޗްޑީސީން ބުނީ ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް އަންނަ މަހަށް ނިނުމުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. މި މަސައްކަތް ނިމުމުން ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން މި ޔުނިޓްތަކަށް ބޭނުންވާ ހުރިހާ މުވާސަލާތީ ހިދުމަތްތަކެއް އެއް ނެޓްވޯކަކުން ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނީ […]

މިޔަންމާއަށް ހިތާމަވެރި ދުވަހެއް! މުޒާހަރާތަކުގައި 18 މީހުން މަރުވެއްޖެ

އދ.ގެ ހިއުމޭނެޓޭރިއަން އޮފީހުން މައުލޫމާތު ދިން ގޮތުގައި އިއްޔެ މިޔަންމާގެ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުން ތަކުގައި ޖުމްލަ 18 މީހުން ވަނީ މަރުވެފައެވެ. އަދި 30 މީހުންނަށް ވަނީ ބޮޑެތި ޒަހަމުތައް ލިބިފައެވެ. ސުލުހަވެރި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް މިޔަންމާގެ ސިފައިންނާއި ފުލުހުން ދަނީ ނަހަމަގޮތުގައި ބާރުގެ ބޭނުން ކުރަމުންނެވެ. މިގޮތުން ސްޓަން ގްރެނޭޑްއާއި ކަރުނަގޭހުގެ އިތުރުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ސިފައިން ވަނީ ބަޑިވެސް ޖަހާފައެވެ. ޔަންގޮން ސިޓީގައި ސިފައިން މުޒާހަރާގެ […]

މިސް ޖާމަނީ 2021: ދެ ކުދީންގެ މަންމައެއް، އުމުރު 33 އަހަރު

ދެކުދީންގެ މަންމައެއްކަމުގައިވާ އުމުރުން 33 އަހަރުގެ އެންޖާ ކެލިންބާޗް ”މިސް ޖާމަނީ“ގެ ޝަރަފުވެރި މަގާމު ހޯދައިފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ”މިސް ޖާމަނީ“ގެ މަގާމަށް ހޮވާއިރު ހަށިގަނޑުގެ ރީތިކަމަށްވުރެ ބޮޑަށް ބަލަނީ ޢަޒުމާއި އުއްމީދުތަކާއި ޝަޚްޞިއްޔަތުގައި އެކުލެވިފައިވާ ހަރުދަނާ ކަންތައްތަކާއި ޒިއްމާދާރުވުންފަދަ ކަންތައްތަކަށެވެ. މުބާރާތުގައި ބައިވެރިވާ 18 އަހަރާއި 39 އަހަރާ ދެމެދުގެ އަންހެނުން މުސްތަގުބަލުގައި އެމީހުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކާ ގުޅޭ ގޮތުން ޚިޔާލުފާޅުކުރަންޖެހެއެވެ. މިސް ޖާމަނީގެ މަގާމަށް ފަހުބުރުގައި 15 އަންހެނުން ވާދަކުރިއރު […]

ރައްޔިތުންގެ މަޖިލީހުން ކޮމިއުނިކޭޝަން މިނިސްޓަރ މަލީޙުގެ އިތުބާރެއްނެތޭ ބުނެ ކެބިނެޓުން ބޭރުކޮށްފި

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙު ޖަމާލުގެ އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މަގާމުން ވަކިކޮށްފިއެވެ. މިނިސްޓަރ މަލީހުގެ މައްޗަށް އިތުބާރުއޮތްތޯ ބަލަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެތެރެއިން އޭނާ ވަކިކުރަން ފެންނަކަމަށް ވޯޓު ދެއްވީ 59 މެންބަރުންނެވެ. އެއް މެންބަރަކު މަލީޙު ވަކިކުރަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓުދެއްވިއެވެ. ހަތަރު މެންބަރަކު ވަކިގޮތަކަށް ވޯޓު ނުދެއްވައެވެ. ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި މިނިސްޓަރަ މަލީޙު މަގާމުން ވަކިކުރެއްވީ މަލީޙުގެ އިތުބާރު ނެތް ކަމުގެ […]

މުލީ އެއަރޕޯޓް އެޅުމަށް އެމްޓީސީސީ އާ ހަވާލުކޮށްފި

    މ. މުލީގައި އެއާޕޯޓެއް ހެދުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީ އާއި ހަވާލު ކޮށްފި އެވެ. މުލީގައި ހަދާ އެއާޕޯޓުގެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ […]

ޕްރިމިއަރ ލީގް: ޗެލްސީއާއި ޔުނައިޓެޑްގެ މެޗް އެއްވަރުވެއްޖެ

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީއާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗް 0-0ގެ ނަތީޖާއިން އެއްވަރުވެގެން ނިމިއްޖެއެވެ. މެޗްގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ދެޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި މެޗް ނިމިގެން ދިޔައީ ބެލުންތެރިންނަށް ’ފޫހި‘ މެޗެއްގެ ގޮތުގައެވެ. ޕްރިމިއަރ ލީގުގައި ރޭ ވަނީ ވާދަވެރި މެޗްތަކެއް ކުޅެފައެވެ. މިގޮތުން ޝެފީލްޑް ޔުނައިޓެޑްގެ މައްޗައް ލިވަޕޫލުންވަނީ 2-0 އަކުން ކުރި ހޯދާފައެވެ. ހަމައެއާއިއެކު ޓޮޓެންހަމް އިން ބާންލޭގެ މައްޗައް […]

ހުޅުމާލެ ގޮނޑުދޮށުގައި ހުރި ކެފޭއެއްގައި އަލިފާން ރޯވެ އަނދައިފި

ހުޅުމާލެ ގޮނޑުދޮށުގައި ހުންނަ ވައިޓް ބީޗް ކެފޭ އާއި ގުޅިގެން ހުރި ގުދަނެއްގައި ރޯވެ އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި އެތަނުގައި ހުޅުހިފާފައިގެން ރިޕޯޓް ލިބިފައިވަނީ ރޭ މެންދަމު 2:43 ހާއިރުއެވެ. އަދި މެންދަމު 3:00 ވީއިރު އެތަނުގައި ވަރަށް ބޮޑަށް ހުޅުހިފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދެއެވެ. އަލިފާން ރޯވުމާއި އެކު ފުލުހުންނާއި ސިފައިން އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވެއެވެ. އެގޮތުން އަލިފާންގަނޑު ނިއްވުމުގެ އިތުރުން ކައިރި ގޭގޭގެ […]