މިސް ޖާމަނީ 2021: ދެ ކުދީންގެ މަންމައެއް، އުމުރު 33 އަހަރު

Loading

Facebook
Twitter
WhatsApp

ދެކުދީންގެ މަންމައެއްކަމުގައިވާ އުމުރުން 33 އަހަރުގެ އެންޖާ ކެލިންބާޗް ”މިސް ޖާމަނީ“ގެ ޝަރަފުވެރި މަގާމު ހޯދައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ”މިސް ޖާމަނީ“ގެ މަގާމަށް ހޮވާއިރު ހަށިގަނޑުގެ ރީތިކަމަށްވުރެ ބޮޑަށް ބަލަނީ ޢަޒުމާއި އުއްމީދުތަކާއި ޝަޚްޞިއްޔަތުގައި އެކުލެވިފައިވާ ހަރުދަނާ ކަންތައްތަކާއި ޒިއްމާދާރުވުންފަދަ ކަންތައްތަކަށެވެ.

މުބާރާތުގައި ބައިވެރިވާ 18 އަހަރާއި 39 އަހަރާ ދެމެދުގެ އަންހެނުން މުސްތަގުބަލުގައި އެމީހުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކާ ގުޅޭ ގޮތުން ޚިޔާލުފާޅުކުރަންޖެހެއެވެ.

މިސް ޖާމަނީގެ މަގާމަށް ފަހުބުރުގައި 15 އަންހެނުން ވާދަކުރިއރު ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ކުޅިބަލަން އެންމެ މީހަކު ވެސް ނުވައްދައެވެ. އެ ޝޯ ބަލަން ޖެހުނީ ޔޫ ޓިއުބުންނެވެ.

”މިސް ޖާމަނީ“ގެ ޝަރަފު ހޯދި އަންޖާ އަކީ އޭނާގެ ސްޓޭޓު ތުރިންގިއާގެ ވެސް ރީތީގެ ރާނީއެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް