މިޔަންމާއަށް ހިތާމަވެރި ދުވަހެއް! މުޒާހަރާތަކުގައި 18 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އދ.ގެ ހިއުމޭނެޓޭރިއަން އޮފީހުން މައުލޫމާތު ދިން ގޮތުގައި އިއްޔެ މިޔަންމާގެ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުން ތަކުގައި ޖުމްލަ 18 މީހުން ވަނީ މަރުވެފައެވެ. އަދި 30 މީހުންނަށް ވަނީ ބޮޑެތި ޒަހަމުތައް ލިބިފައެވެ.

ސުލުހަވެރި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް މިޔަންމާގެ ސިފައިންނާއި ފުލުހުން ދަނީ ނަހަމަގޮތުގައި ބާރުގެ ބޭނުން ކުރަމުންނެވެ. މިގޮތުން ސްޓަން ގްރެނޭޑްއާއި ކަރުނަގޭހުގެ އިތުރުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ސިފައިން ވަނީ ބަޑިވެސް ޖަހާފައެވެ.

ޔަންގޮން ސިޓީގައި ސިފައިން މުޒާހަރާގެ ބައިވެރިންނަށް ދިން ބަޑީގެ ހަމަލާއެއްގައި މުޒާހަރާގެ ބައިވެރިއަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން ޑަވޭއީ ގައިވެސް ސިފައިންގެ ބަޑީގެ ޝިކާރައަކަށްވެ ތިން މީހުންވަނީ މަރުވެފައެވެ. މަންޑެލޭގައިވެސް މީހަކު މަރާލާފައިވާކަމަށް އިރާވާދީ އޮންލައިން މީޑިއާގައި ލިޔެފައިވެއެވެ.

ސިފައިންގެ މި ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ޔޫއެންގެ ތަރުޖަމާނު ވަނީ މިޔަންމާގެ ސިފައިން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުން ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް