ޑރ. ޢިޔާޟު ހައްޔަރުކުރަން ޢާޡިމް ގޮވާލެއްވުން: ދީނީ ޢިލްމުވެރިން ”އުލުބޭންދުން“

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޢިޔާޟު ޢަބްދުއްލަޠީފު ހައްޔަރުކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރކަން ކުރައްވާ، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ގޮވާލެއްވުމުން ވަރަށް ގިނަ ބަޔަކު އެކަން ސިފަކުރީ ވަރަށް މޮޔަ، ޖޯކު އަދި އަނިޔާވެރި ގޮވާލެއްވުމެއްގެ ގޮތުގައެވެ. ރާއްޖޭގައި އެންމެ މަތީ ފަންތީގައި ދީނީ ޢިލްމު ފެތުރުއްވުމަށް ޔުނިވަސިޓީގެ އިތުރަށް މީސްމީޑިއާގައި ބުރަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ތަފުސީރު ޢިލްމުވެރިޔާ ޑރ. ޢިޔާޟުު ހައްޔަރުުކުރުމަށް އެދިވަޑައިގެން ޢާޡިމް ކުރެއްވި ޓްވީޓުގައި ވެއެވެ. ”ދިވެހި މުޖުތަމިޢުގެ […]
ރިއާލް މެޑްރިޑުގެ ރަން 119 އަހަރު!

މުޅި ދުނިޔެއަށް މަޝްހޫރު، ސްޕެއިންގެ ފުޓުބޯޅަ ކްލަބެއް ކަމުގައިވާ ރިއާލް މެޑްރިޑަކީ ފުޓުބޯޅައަށް ލޯބިކުރާ އެއްވެސް ފަރާތަކަށް އައު ނަމަކަމަށް ނުވާނެއެވެ. ދުނިޔޭގައި އެކްލަބަށް ސަޕޯޓްކުރާ އެތައް މިލިއަން ސަޕޯޓަރުންނެއް އެބަތިއްބެެވެ. އަަޅުގަނޑުމެންގެ މިކުޑަ ކުޑަ ރާއްޖޭގައިވެސް އެކްލަބަށް ހިތުގައި ޚާއްސަ މަގާމެއް ދީފައިވާ އެތައް ހާސް ބަޔަކު އުޅެއެވެ. 1902 ވަނަ އަހަރުގެ މާރިޗް މަހުގެ 6 ވަނަ ދުވަހު ވުޖޫދަށް އައި ރިއާލް މެޑްރިޑަށް މިއަދަށް މިވަނީ 119 އަހަރު ފުރިފައެވެ. ގަރުނަކާއި 19 […]
ޑރ. އިޔާޒް އަކީ މުނާފިގެއްކަމަށް ބުނެ އޭނާ ހައްޔަރުކުރަން އާޒިމް ގޮވާލައްވައިފި

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ އިޔާޒް އަކީ މުނާފިގެއްކަމަށް ބުނެ އޭނާ ހައްޔަރުކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕު ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ގޮވާލައްވައިފިއެވެ. އިޔާޒް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން އިޔާޒް އަށް ނިސްބަތްކޮށް އާޒިމް ވިދާޅުވީ އެއީ ދިވެހި މުޖުތަމަމައުގެ އިތުރުން އިސްލާމީ އުއްމަތް ބައިބައި ކުރަން މަސައްކަތްކުރައްވާ ފަރާތެއްކަމަށެވެ. “ ދިވެހި […]
ކޯވިޑް19: މިއަދު ފެނުނީ އިތުރު 118 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 118 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 4 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 19 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 95 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 20,565 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,658 އެކްޓިވް ކޭސް ހިމެނޭއިރު، 167 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ […]
މާފަންނު ދެކުނަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް އައްލޯ ހައްޔަރުކޮށްފި

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް އިދިކޮޅު ޕީޕީއެމް އިން ވާދަކުރާ އަބްދުﷲ ނަސީރު (އައްލޯ) ވެސް މިއަދު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކޮށްފިއެވެ. މަންޒަރުދުއް މީހުން މައުލޫމާތުދޭ ގޮތުގައި އައްލޯ ހައްޔަރުކޮށްފައި ވަނީ ޕީޕީއެމްގެ މުޒާހަރާގައި އަޑުއުފުލަމުން ދަނިކޮށެވެ. ”އޭނާ ހައްޔަރުކޮށްފައި ވަނީ މަޖީދީ މަގު މަޒާޑާ ކެފޭ ސަރަހައްދުން. އައްލޯ އަކީ ޕީޕީއެމްގެ މުޒާހަރާތަކުގައި އާއްމުކޮށް ބައިވެރިވަމުންދާ ބޭފުޅެއް.“ މައުލޫމާތު ދިން މީހަކު ބުންޏެވެ. އައްލޯ […]
ރާއްޖެ އިން އިތުރު 1,703މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 1,703 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މިއަދު ވެކްސިން ދިން އެންމެނަށް ވެސް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން މިހާތަނަށް 84,891 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅު ތެރެއިން މިހާތަނަށް 53,936 މީހުންނަށް ވަނީ ވެކްސިނަދީފައެވެ. […]
ޑރ. އިޔާޒް ސަސްޕެންޑް ކޮށްފި

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން އިއްޔެ ސަސްޕެންޑް ކޮށްފި އެވެ. މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް، އިޔާޒަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ސީނިއާ ލެކްޗަރާ އެކެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ 14 ދުވަހުގެ މުއްދަތަކަށެވެ. ޑރ. އިޔާޒް ސަސްޕެންޑް ކުރީ އިއްޔެ ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ ކްލާސްތައް ތައްޔާރުވަމުން […]
ކުރީގެ ކަރުދާސް ނޫޓު އައު ނޫޓަށް ބަދަލުކުރުމުގެ ފަހު ފުރުސަތު 31 ޖުލައިގެ ނިޔަަލަށް

ކުރީގެ ކަރުދާސް ނޫޓު ފަހުގެ ނޫޓަށް ބަދަލުކުރެވޭނީ 31 ޖުލައިގެ ކުރިންކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ހާމަކޮށްފިއެވެ. ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، 2016 ވަނަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓު ވަނީ ނެރެފައެވެ. ކުރިން ބޭނުންކުރި ކަރުދާސް ނޫޓްތައް އަދިވެސް އެމްއެމްއޭ މެދުވެރިކޮށް ފަހުގެ ނޫޓްތަކަށް ބަދަލު ކުރެވެއެވެ. ނަމަވެސް ކުރީގެ […]
ޔަމަނުގެ ރައްޔިތުންނަށް ދިން އަނިޔާތަކުގެ ޒިންމާ އެމެރިކާއިން ނަގަން ޖެހޭނެ: އީރާން

ޒަމާނުއްސުރެ އަޑިއަޑިން ޔަމަނާދެކޮޅަށް ކުރަމުންއައި ނުބައި ރޭވުން ފަޅާއެރުމުން މަތިއޮމާންކޮށްލަން އެމެރިކާއިން މަސައްކަތް ކުރަމުންދާކަމަށްބުނެ އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސަޢީދު ޚާތިބްޒާދެޚް އެމެރިކާއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ތަރުޖަމާނު ސަޢީދު ވިދާޅުވިގޮތުގައި ޔަމަންނަށް މިއަދު ލިބިފައިވާ ނިކަމެތިކަން ދިނުމުގެ އަޑީގައި ތިބި ޙަޤީޤީ ރޭވުންތެރިން ކަމުގައި ފާހަގަކުރައްވައި، ފާއިތުވި 6 އަހަރު އެމެރިކާގެ ފަރާތުން ޔަމަނަށް ލިބުނު ގެއްލުން ތަކުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ޔަމަނުގެ ބިންތައް ފޭރިގަނެ […]
ކާށިދޫ ފަޅުތެރެއަށް ރޮނގުދެމި މަސްއައިނެއް ވަދެއްޖެ

ކާށިދޫ ފަޅުތެރެއަށް ވަދެ އުޅުނު ރޮނގުދެމި މަސް އައިނެއް މިއަދު ހަވީރު އެރަށު ރައްޔަތުންގެ ބަޔަކު ނުކުމެ ހިފައި ފިއެވެ. މަސްއައިން ކާށިދޫ ފަޅުތެރެއަށް ވަދެފައިވަނީ އަލަށް ކޮންނަމުންދާ އެރަށު އިރު އުތުރު ކަނޑިންމައިންނެވެ. މިމަސްއައިން ފަޅުތެރޭގައި އުޅޭކަން އެންމެ ފުރަތަމަ ފާހަގަކުރެވުނީ މިއަދު ހެނދުނުގެ ވަގުތެއް ގައެވެ. ރައްޔަތުންގެ ބަޔަކު ނުކުމެ ކުރި މަސައްކަތުން މިމަސްއައިނުން ސަތޭކަ ފަންސާހެއްހާ މަސް ވަނީ ހިފާފައެވެ. މިއީ، ފަހުގެ ތާރީޚެއްގައި ކާށިދޫގެ ފަޅަށް ވަން މިފަދަ އެންމެ ބޮޑު […]
