ޔަމަނުގެ ރައްޔިތުންނަށް ދިން އަނިޔާތަކުގެ ޒިންމާ އެމެރިކާއިން ނަގަން ޖެހޭނެ: އީރާން

Loading

Facebook
Twitter
WhatsApp

ޒަމާނުއްސުރެ އަޑިއަޑިން ޔަމަނާދެކޮޅަށް ކުރަމުންއައި ނުބައި ރޭވުން ފަޅާއެރުމުން މަތިއޮމާންކޮށްލަން އެމެރިކާއިން މަސައްކަތް ކުރަމުންދާކަމަށްބުނެ އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސަޢީދު ޚާތިބްޒާދެޚް އެމެރިކާއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ތަރުޖަމާނު ސަޢީދު ވިދާޅުވިގޮތުގައި ޔަމަންނަށް މިއަދު ލިބިފައިވާ ނިކަމެތިކަން ދިނުމުގެ އަޑީގައި ތިބި ޙަޤީޤީ ރޭވުންތެރިން ކަމުގައި ފާހަގަކުރައްވައި، ފާއިތުވި 6 އަހަރު އެމެރިކާގެ ފަރާތުން ޔަމަނަށް ލިބުނު ގެއްލުން ތަކުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ޔަމަނުގެ ބިންތައް ފޭރިގަނެ ޔަމަނުގެ ރައްޔިތުން ނިކަމެތިކޮށް ސައުދީ ކޯލިޝަނާ ގުޅިގެން އެމެރިކާއިން މަސައްކަތް ކޮށްފައިވާކަން ޔަމަނުގެ ރައްޔިތުންގެ ހިތްތަކަކުން ފިލައިގެން ނުދާނެކަމަށްވެސް ވެސް ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ޚާތިބްޒާދެޚް އެމެރިކާއަށް ފާޑުވިދާޅުވެ ވާހަކަފުޅުދެއްކެވިއިރު، އެމެރިކާގެ އައު ސަރުކާރުން ޔަމަނުގެ ދާޚިލީ ހަނގުރާމައަށް ނިމުމެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ފެބްރުއަރީ މަހު ވަނީ ބުނެފައެވެ.

ސައުދީ ކޯލިޝަނުން ޔަމަނާ ދެކޮޅަށް ހިންގި އަނިޔާވެރި ޢަސްކަރީ ހަރަކާތްތަކުގައި އެމެރިކާއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެކަމުގެ ސަބަބުން ޔަމަނަށް ވަރަށް ބޮޑެތި ގެއްލުން ލިބި ރައްޔިތުން ވަނީ ބަނޑަށްޖެހި ބިކަވެފައެވެ.

އީރާނު ފޮރިން މިނިސްޓްރީގެ ތަރުޖަމާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ގޮތުގައި ޔަމަނުގެ މައްސަލަ ހަތިޔާރުގެ ބޭނުންކޮށްގެން ހައްލެއް ނުކުރެވޭނެއެވެ.

އޭނާ ވިދާޅުވިގޮތުގައި ޔަމަނުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ޔޫއެންއާ ގުޅިގެން އީރާނުން އަބަދުވެސް މަސައްކަތް ކުރަމުންދާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް